މަހުމޫދުގެ ގާތިލް މަރަން ހުކުމްކޮށްފި

މަހުމޫދުގެ ގާތިލް، ސާލިމް ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި އިންދާ: އޭނާ ވަނީ މަހުމޫދު މަރާލިކަމަށް ތަހުގީގުގައިވީ އިއުތިރާފް ޝަރީއަތުގައިވެސް ދަމަހައްޓާފައި --

މަހުމޫދުގެ ގާތިލް، ސާލިމް ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި އިންދާ: އޭނާ ވަނީ މަހުމޫދު މަރާލިކަމަށް ތަހުގީގުގައިވީ އިއުތިރާފް ޝަރީއަތުގައިވެސް ދަމަހައްޓާފައި --

އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ އަނިޔާވެރި ގޮތަކަށް މަރައިލި ކަމަށް އަމިއްލަ އިއުތިރާފުން ސާބިތުވެފައިވާ ޝާ އޮލަމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަހްމޫދް، 57، މަރާލުމަށްފަހު ފަޅު ގޯއްޗެއްގެ ފެންވަޅު ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އެ ގަތުލުގެ ތުހުމަތުގައި އޭގެ ތިން ދުވަސް ފަހުން ސާލިމް ހައްޔަރުކޮށްފައި ވާއިރު، މަހްމޫދުގެ ޖަނާޒާގައި ވެސް އޭނާ ބައިވެރިވި އެވެ.

މަހުމޫދު ނިޔާވިއިރު ވާރިސުންގެ ގޮތުގައި ތިބީ އޭނާގެ އަންހެން ދަރިން ކަމަށްވާ މަރިޔަމް ނައުމާއާއި، މަރިޔަމް މިޒްނާ އެވެ. އަދި ފިރިހެން ދަރިންގެ ތެރެއިން ފިޒާންއާއި، އަހުމަދު ފިރުޝާން އަދި އިބްރާހިމް ފަރުޝާންގެ އިތުރުން މަހުމޫދުގެ އަންހެނުންނާއި މަންމަ އެވެ. އޭނާގެ ބައްޕަ ދުނިޔެއަކު ނެތެވެ.

ވާރިސުންގެ ތެރެއިން އެންމެ މީހަކު ގިސޯސް ހިފަން ބޭނުން ނުވިޔަސް، މަރުގެ އަދަބެއް ނުދެވޭނެ އެވެ. ނަމަވެސް އެ އަނިޔާވެރި ގަތުލަށް ވާރިސުންގެ ތެރޭގައި ހިމެނޭ އެކަކުވެސް މާފު ނުކުރި އެވެ. އެންމެންވެސް ބޭނުންވީ އިސްލާމީ ޝަރީއަތުގައިވާ ފަދައިން ގިސޯސް ހިފުމަށެވެ.

ސާލިމް މަރަން ހުކުމް ކުރިޔަސް، މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ނުކުރާތާ 60 އަހަރު ވެއްޖެ އެވެ. ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒު ކުރަން ބޭނުންވާ ވަސީލަތްތައް ވެސް ގާއިމްކުރި އެވެ. ނަމަވެސް މިހާތަނަށް ތިން މީހެއްގެ މައްޗަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައިވާއިރު، އަދިވެސް ހުކުމް ތަންފީޒު ނުކުރެ އެވެ.

ގަތުލުގެ ފަސްފަހަތް

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި، މަހުމޫދު ގެއްލިގެން ހޯދަނިކޮށް އޭނާ ފެނުނީ އަތް ފައި ބަނދެ، ބޮލާއި ފައި ގޯންޏަކަށްލައި، ވަޅަލަކަށް އެއްލާލާފައި އޮއްވަ އެވެ. މަހުމޫދު މަރާލާފައި ވަނީ އޭނާގެ ބޮލަށާއި ކަރަށާއި މެޔަށް ވަޅިއަކާއި، ކޮޅު ތޫނުކޮށްފައިވާ ދަގަނޑެއް ހަރާލައިގެންނެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ރަށު ރައްޔިތުން ނިކުމެ ދެ މީހަކު އަތުލައިގަނެ ފުލުހުންނާ ހަވާލު ކުރި އެވެ. އުމުރުން ދުވަސްވެފައިވާ މީހަކު ބެލުމަށް ދަނގެއްޗަށް ގެންގޮސްފައި ހުރި ސާލިމަށް އެއިރު އެއްވެސް މީހަކު ތުހުމަތެއް ނުކުރެ އެވެ.

މަހްމޫދުގެ ގާތިލަކީ ސާލިމު ކަމަށް ބެލެވެން ފެށީ ފުލުހުންގެ ހާއްސަ ޓީމެއް ދަނގެއްޗަށް ގޮސް އެ ޓީމުގެ ތަހުގީގު ސީރިއަސްކޮށް ފެށުމާ ހަމައިންނެވެ. ސާލިމް ދިރިއުޅޭ ގެއިން އެ މައްސަލައާ ގުޅޭ ވަރުގަދަ ހެކިތަކެއް ވެސް ފުލުހުން ހޯދި އެވެ. އޭނާ ވަނީ މަހުމޫދު މަރާލި ގޮތް ވެސް ތަހުގީގަށް ކިޔައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox