ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން އާންމުންގެ އެއްބާރުލުން ބޭނުން: މިނިސްޓަރު

ސްޓެލްކޯގެ މެނޭޖާސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ތެލަށް ބަރޯސާވާ ވަރު ކުޑަކުރަން އާއްމުންގެ އެއްބާރުލުން ބޭނުންކަމަށް. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖާސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ތެލަށް ބަރޯސާވާ ވަރު ކުޑަކުރަން އާއްމުންގެ އެއްބާރުލުން ބޭނުންކަމަށް. ފޮޓޯ: ސްޓެލްކޯ

ކަރަންޓް އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން ރާއްޖޭގައި ކުރާ މަސައްކަތަަށް އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ އިންޖީނުގެތަކުގެ ހިންގުން ހަރުދަނާކުުރުމަށްޓަކައި މެނޭޖަރުން ތާޒާކުރަން ކުރިއަށް ގެންދާ "ޕަވާހައުސް މެނޭޖާސް ޑިވެލޮޕްމެންޓް ޕްރޮގްރާމް" ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުުކުރެވޭނީ ވެސް އާންމުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

އެކަމުގައި އާންމުންނަށް އެހީތެރިވާން ސަރުކާރުން ކަނޑައަޅާފައިވާ ޕްރޮގްރާމެއް ވެސް އެބަ އޮތެވެ. އޭނާ ވިދާޅުވީ ގޭބީސީތަކުގައި އާންމުކޮށް ބޭނުންކުރާ ބައެއް ތަކެތި، ރަނގަޅު މިންގަނޑަށް ބަދަލުކޮށްލިޔަސް ކަރަންޓު ބޭނުންވާ މިންވަރު އެތައް ގުނައަކަށް ދަށަށް ދާނެ ކަމަށެވެ.

Advertisement

"ހަމައެކަނި ފްރިޖާއި ދޮންނަ މެޝިނާއި އޭސީއަށް އަޅުގަނޑުމެން ޓާގެޓްކޮށްގެން، ކުރިއަށް މިއޮތް ދެ އަހަރު ތެރޭގައި، އަޅުގަނޑުމެން ހަކަތެރި ޕްރޮގްރާމްގައި އަޅުގަނޑުމެން މި ބަޔާންކުރާ މިންގަނޑުތަކަށް، އަޅުގަޑުމެންނަށް މި ތިން ޕްރޮޑަކްޓް ބަދަލުކުރެވިއްޖެ ނަމަ 2023 ވަނަ އަހަރު އަންނަ އިރު، ކަރަންޓް ބޭނުންކުރާ ވަރު އަޅުގަނޑުމެނަށް އެބަ ދަށް ކުރެވޭ 10 މެގަވޮޓް،" ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވި ގޮތުގައި އާންމުންގެ އެއްބާރުލުން ބޭނުންވަނީ އެފަދަ އުފެއްދުންތަކަށް ބަދަލުވުމުގަ އެވެ.

ހަކަތައިގެ ދާއިރާއިން ބޭނުންވާ ތަރައްގީ ހާސިލުކުރެވޭނީ ހަކަތައަށް އޮންނަ ޑިމާންޑް ދަށްކޮގެން ކަމަށާއި އެ ދާއިރާގެ މީހުންގެ ގާބިލުކަން ވެސް އިތުރުކޮށްގެން ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox