ޖޫން އިން ފެށިގެން ކުނި ވަކިކުރުން ލާޒިމްކޮށް، ނުކުރާ ކޮންމެ ފަހަރަކަށް ޖޫރިމަނާ!

ޖޫން އިން ފެށިގެން ކުނި ވަކިކުރުން ލާޒިމްކޮށް، ނުކުރާ ކޮންމެ ފަހަރަކަށް ޖޫރިމަނާ!

ގޭބިސީތަކުން މިހާރު ކުނި ނެރެނީ ހުރިހާ ބާވަތެއްގެ ކުންޏެއް މަސްހުނިކޮށެވެ. ނަމަވެސް އަންނަ ޖޫން މަހުން ފެށިގެން އެގޮތަށް ކުނި ނުނެރެވޭނެ ކަމަށް ކަނޑައަޅައި، އެ އުސޫލު ތަންފީޒު ކުރުމުގެ ގޮތުން، ކުނި ވަކިނުކޮށް ނެރޭ ކޮންމެ ފަހަރަކަށް ޖޫރިމަނާއެއް ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ ނިންމައިފަ އެވެ.

ކުނީގެ މައްސަލަ ހައްލުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން، ކުނީގެ ބާވަތްތައް ވަކިކޮށްފައި ނެރެން ލާޒިމްކުރާ ގަވާއިދެއް މިދިޔަ އަހަރު ތެރޭގައި ގެޒެޓް ކޮށްފައިވާއިރު، އެ އުސޫލަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަތޮޅު ތެރޭގެ ރަށްތަކުން ވަނީ އަމަލު ކުރަން ފަށައިފަ އެވެ.

މިގޮތަށް ކުނީގެ ބާވަތްތައް ވަކިކުރުމުގެ ސަގާފަތެއް، ގާނޫނަކުން އެކަން ލާޒިމް ކުރުމުގެ ކުރިންވެސް ގިނަ ރަށްރަށުގައި އޮތެވެ. ނަމަވެސް މިއީ މިފަދަ އުސޫލެއް މާލޭގައި ގާއިމްކުރެވޭ ފުރަތަމަ ފަހަރެވެ.

މިހެން ކުނި ވަކިކުރުމުގައި މާލެ ސަރަހައްދާއި، އެ ނޫން މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުން ވަކިކުރަން ޖެހޭ ކުނީގެ ބާވަތްތަކުގައި ކުޑަ ތަފާތެއް އުޅެ އެވެ.

އެގޮތުން މާލެ ސަރަހައްދުން ކުނި ވަކިކުރާ އިރު މައުދަނާއި ބިއްލޫރި ވަކިކުރަން ނުޖެހުނު ނަމަވެސް، އެހެން ހުރިހާ ރަށެއްގައި މައުދަނާއި ބިއްލޫރި ވަކިކުރަން ޖެހެ އެވެ. ގަވާއިދު ބުނާ ގޮތުން، ވަކިނުކޮށް ހުންނަ ކުނި ބަލައިނުގަތުމުގެ އިހުތިޔާރު ކުނި މެނޭޖްކުރުމާ ހަވާލުވެގެން އުޅޭ ފަރާތަށް ލިބެ އެވެ.

މި ގަވާއިދުގައި ބުނާ ގޮތަށް ކުނި ވަކި ނުކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބުތައް ގިންތިކޮށްފައިވަނީ ގޭބިސީތަކާއި، ކައުންސިލް އަދި ވިޔަފާރިތަކާއި، ސިނާއީ ރަށްރަށާއި ޓޫރިސްޓު ރިސޯޓުތައް ވަކީންނެވެ.

ކުނި ވަކިނުކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބު

  • ގޭބިސީތައް: ފުރަތަމަ ފަހަރު 300ރ.، ދެވަނަ ފަހަރު 500ރ.، އޭގެ ފަހުން ތަކުރާރުކުރާ ކޮންމެ ފަހަރަކު 500ރ. އިން ޖޫރިމަނާކުރުން
  • ކައުންސިލާއި، ވިޔަފާރިތަކާއި، ލިވްއެބޯޑް ނުވަތަ ސަފާރީތައް: ފުރަތަމަ ފަހަރު 500ރ.، ދެވަނަ ފަހަރު 700ރ.، އޭގެ ފަހުން ތަކުރާރުކުރާ ކޮންމެ ފަހަރަކު 1000ރ. އިން ޖޫރިމަނާކުރުން.
  • ސިނާއީ ރަށްރަށާއި ރިސޯޓުތައް: ފުރަތަމަ ފަހަރު 1000ރ.، ދެވަނަ ފަހަރު 1500ރ.، އޭގެ ފަހުން ތަކުރާރުކުރާ ކޮންމެ ފަހަރަކު 2000ރ. އިން ޖޫރިމަނާކުރުން.

އެއްވެސް ކުންޏެއް ބާކީނުވެ ވަށާއިޖެހޭނެ ނިޒާމަކުން ނަފާ

"ގްރޭޓާ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ މުޅި މަޝްރޫއު ޑިޒައިންކޮށްފައިވާ ގޮތަށް ބަލާއިރު، ކުންޏަކީވެސް އޭގެ ނަފާ ހޯދައި، އިގްތިސާދީ މަންފާ ނެގޭނެ ވަސީލަތަކަށް ވެގެން ދާނެ ކަމަށް ސަރުކާރުން ތަސައްވަރު ކުރެ އެވެ.

އެގޮތުން ކޮންސްޓްރަކްޝަން ކުންޏާއި، ޕްލާސްޓިކް ކުނި ރިސައިކަލްކޮށް އަލުން ބޭނުންކުރެވޭނެ ނިޒާމެއް މި މަޝްރޫއުގެ ދަށުން އެކަށަ އެޅިގެން ދާނެ އެވެ.

އަދި އިންސިނަރޭޓަރުން ކުނި އެންދުމަށްފަހު ބާކީވާ، ބޮޓޮމް އޭޝް ނުވަތަ އަޅިތައް، މަގު ހެދުމާ، ގާއެޅުން ފަދަ މަޝްރޫއުތަކުގައި ބޭނުންކުރެވިގެން ދާނެ ކަމަށް އެންވަަޔަރެމެންޓް މިނިސްޓްރީއިން ބުނެ އެވެ.

އަދި ކުނިން ހަކަތަ އުފެއްދޭނެ ނިޒާމެއްވެސް މި މަޝްރޫއުގެ ތެރެއިން ގާއިމުވެގެން ދާނެކަން އެ މިނިސްޓްރީން ފާހަގަކުރެ އެވެ. އެ ނިޒާމު މެދުވެރިކޮށް ދުވާލަކު އަށް މެގަވޯޓު ކަރަންޓު އުފެއްދޭނެ ކަމަށާއި، އެ ކަރަންޓް ތިލަފުށީގެ މަސައްކަތަށާއި، ގްރޭޓާ މާލޭގެ ކަރަންޓުގެ މައި ވިއުގަ ތެރެއިން ބޭނުންކުރެވޭނެ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

ތިލަފުށި ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު --
ތިލަފުށި ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު --

ތިލަފުށި ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު --

ތިލަފުށީގެ ކެޕޭސިޓީ 15 އަހަރަށް އިތުރުކޮށްދޭނެ

ތިލަފުއްޓަށް ދުވާލަކު 500 ޓަނާއި 700 ޓަނާ ދެމެދުގެ އަދަދަކަށް ކުނި މާލެއާއި އެކި ސަރަހައްދުތަކުން ޖަމާކުރާއިރު، އެރަށުގެ ކެޕޭސިޓީ ކުރިއަށް އޮތް ތިން އަހަރެއްގެ ތެރޭގައި ފުރިގެންދާނެކަމަށް މިނިސްޓްރީއިން އަންދާޒާ ކުރެ އެވެ. އެހެންވެ އެކަމަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ބޭރުގެ މާލީ އެހީ ލިބޭ 211.13 މިލިއަން ޑޮލަރުގެ މަޝްރޫއު ޑިސެމްބަރު 15، 2021 ގައި ސަރުކާރުން ލޯންޗްކުރި އެވެ.

އެ މަޝްރޫއުގެ ތެރެއިން ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓަކާއި، ވެހިކަލް ޑިސްމެންޓްލިން ވާކްޝޮޕެއްގެ އިތުރުން، ދުވާލަކު 250 ޓަނުގެ ކުނި ނައްތާލުމުގެ ގާބިލުކަން ލިބިގެންވާ ދެ އިންސިނަރޭޝަން ޕްލާންޓް ތިލަފުށީގައި ބެހެއްޓިގެންދާނެ ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

އެއާއެކު ދުވާލަކު 500 ޓަނުގެ ކުނި ނައްތާލުމުގެ ކެޕޭސިޓީ ތިލަފުށީގައި ގާއިމުވެގެން ދާނެ އެވެ.

މިނިސްޓްރީއިން ބުނާ ގޮތުގައި އެ އިންސިނަރޭޓަރުތަކަކީ އީޔޫގެ ސްޓޭންޑެޑްތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ މެޝިންތަކެކެވެ. އަދި އެ މެޝިނުން ކުނި އަންދާއިރު، ޖައްވަށް ބޭރުވާ ވިހަ މާއްދާތައް ހުއްޓުވޭނެ ކަމަށް ވެއެވެ.

އެ ދެ އިންސިނަރޭޓަރު އޮޕަރޭޝަނަށް ގެނެވުމުން ކުރިއަށްއޮތް 15 އަހަރު މާލޭ ސަރަޙައްދުގައި ކުނި މެނޭޖްކުރުމުގެ ކަންކަން އެއްވެސް ދަތިކަމެއްނެތި، ކުރިއަށް ގެންދެވޭނެ ކަމަށާއ،ި ކެޕޭސިޓީ އިތުރުކުރަން ޖެހިއްޖެނަމަ 250 ޓަނުގެ ސިސްޓަމެއް އިތުރަށް ގާއިމުކުރެވޭނެ ޖާގަވަވެސް ތިލަފުށީގައި ކަނޑައަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox