ވްލަހޯވިޗް ހިފެހެއްޓޭ ގޮތެއްނުވި، ޔުވެންޓަސް އަށް މޮޅެއް

Feb 27, 2022, 3:24 AM
ލަނޑު ޖެހުމަށް ފަހު ވްލަހޯވިޗް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ވްލަހޯވިޗް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޓިއުރިން (ފެބްރުއަރީ 27) - އިޓާލިއަން ލީގުގައި ރޭ ޑޫސާން ވްލަހޯވިޗްގެ ދެ ގޯލާ އެކު ޔުވެންޓަސް އިން 3-2 އިން އެމްޕޮލީ ބަލިކޮށް ގަދަ ހަތަރެއްގެ ރޭހުގައި ހަމަޖެހިލައިފި އެވެ.

ރޭގެ މޮޅާ އެކު ޔުވެންޓަސް އިން ވަނީ ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާނާ ހަތް ޕޮއިންޓަށް ގާތަށް ޖެހިލައި، ހަތަރު ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އެއް ވަނައިގައި އޮތް މިލާނަށް ވަނީ 27 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އިންޓަ މިލާނަށް 26 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނަޕޯލީ އަށް 26 މެޗުން ވަނީ 54 ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓަސް ހަތަރެއްގައި އޮތީ 27 މެޗުން 50 ޕޮއިންޓް ހޯދައިފަ އެވެ. ފަހެއްގައި އޮތް އެޓަލަންޓާ އަށް 25 މެޗުން ވަނީ 44 ޕޮއިންޓް ލިބިފަ އެެވެ.

ޔުވެންޓަސް އަށް ލީޑުނަގައިދޭން ޑެނިސް ޒަކާރިއާ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. ޔުވެންޓަސް އިން ލީޑުނެގީ މެޗުގެ 32 ވަނަ މިނިޓްގައި އޭޑްރިއަން ރަބިއޯ ނެގި ހުރަހަކުން މޮއީސޭ ކީން ބޮލުން ޖެހި ގޯލުންނެވެ. އޭގެ ހަ މިނިޓް ފަހުން އެމްޕޮލީން އެއްވަރުކުރީ ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ޔުވެންޓަސް ޑިފެންޑަރުންނަށް ސަލާމަތްނުކުރެވިގެން އުޅެނިކޮށް ޒީމަން ޒުރްކޯސްކީ ޖެހި ގޯލުންނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުވެންޓަސް އަށް ލީޑުނަގައިދިނީ ވްލަހޯވިޗް އެވެ. ހުއާން ކުއަޑްރާޑޯ ޖައްސާލި ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ހަމަޖެހިލާފައި ވްލަހޯވިޗް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ 66 ވަނަ މިނިޓްގައި ވްލަހޯވިޗް އޭނާގެ ދެ ވަނަ ގޯލު ޖެހީ އަލްވާރޯ މޮރާޓާ ދިން ބޯޅައަކުންނެވެ.

ޖެނުއަރީ މަހުގެ ޓްރާންސްފާގައި 70 މިލިއަން ޑޮލަރަށް ޔުވެންޓަސް އަށް ބަދަލުވި ވްލަހޯވިޗް ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން ހަ މެޗުން ހަތަރު ގޯލު ޖަހައިފަ އެވެ.

މެޗުގެ 76 ވަނަ މިނިޓްގައި އެމްޕޮލީގެ އަންދްރެއާ ލަ މަންޓީއާ ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގޯލެއް ޖަހައިފަ އެވެ. އެކަަމަކު، ނަތީޖާ ހަމަހަަމަކުރަން ލިބުނުއިރު، ލަ މަންޓީއާ އަށް ރަނގަޅަށް ބޯޅަ ފޮނުވާނުލެވި ފުރުސަތު ގެއްލުނީ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox