އެމްބާޕޭ އާއި މެސީގެ ކޮމްބިނޭޝަނާ އެކު ޕީއެސްޖީ އަށް މޮޅެއް

Feb 27, 2022, 3:01 AM
އެމްބާޕޭ އާއި މެސީގެ ކޮމްބިނޭޝަނާ އެކު ޕީއެސްޖީ އަށް މޮޅެއް

ޕެރިސް (ފެބްރުއަރީ 27) - ފްރެންޗް ލީގުގައި ރޭ ކީލިއަން އެމްބާޕޭ އާއި ލިއޮނަލް މެސީގެ ކޮމްބިނޭޝަންގެ ބޭނުންހިފައި ޕީއެސްޖީން ފަހަތުން އަރައި 3-1 އިން ސެއިން އެޓިއެން ބަލިކޮށްފި އެވެ.

މި މޮޅާ އެކު ޕީއެސްޖީ ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ 26 މެޗުން 62 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނީސް އަށް 26 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. ނީސް އާއި ސްޓްރާސްބޯ ރޭ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

މެޗު ފަށައިގެން ޕީއެސްޖީން ފުލުފުލުގައި އެޓޭކްތަކެއް ކުރެވޭތޯ ބެލި ނަމަވެސް ފުރަތަމަ ލީޑުނެގީ ސެއިން އެޓިއެން އިންނެވެ. މެޗުގެ 16 ވަނަ މިނިޓްގައި ޕީއެސްޖީގެ ޕޯޗުގީސް މިޑްފީލްޑަރު ޑަނީލޯ ޕެރޭރާ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ސެއިން އެޓިއެންގެ ޑެނިސް ބޮއާންގާ ވަނީ ތިރިތިރިން ގޯލުގެ ދުރުު ކަނަށް ފޮނުވާލައިފަ އެވެ. ޕީއެސްޖީގެ ގޯލުގައި ހުރި ޖިއަންލުއީޖީ ޑޮންނަރުންމާ އަށް އެ ބޯޅަ ހުއްޓުވޭ ގޮތެއްނުވި އެވެ.

ނަތީޖާ ހަމަހަމަ ކުރަން ޕީއެސްޖީން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 42 ވަނަ މިނިޓްގަ އެވެ. މެސީ އޭރިއާތެރެއިން އެމްބާޕޭ އަށް ހުސްކޮށްލާފައި ދިން ބޯޅަ އޭނާ ވަނީ ސެއިން އެޓިއެންގެ ކީޕަރު ޕޯލް ބެރްނަޑޯނީ އަތުގައި ޖައްސާފައި ގޯލަށް ވައްދާލައިފަ އެވެ. ދެ ވަަނަ ހާފްގެ ކުޅުން ފަށައިގެން ދެ މިނިޓް ތެރޭ ސެއިން އެޓިއެންގެ ތިން ކުޅުންތެރިންގެ ތެރެއިން އެމްބާޕޭ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައި ޕީއެސްޖީ އަށް ލީޑުނަގައިދީފަ އެވެ.

ޕީއެސްޖީގެ ލީޑުފުޅާކުރި ގޯލު ޖެހީ މެޗުގެ 52 ވަނަ މިނިޓްގައި ޑަނީލޯ ޕެރޭރާ އެވެ. އެމްބާޕޭ ދިން ހިތްގައިމު ޕާހަކުން ޑަނީލޯ ޕެރޭރާ މި ގޯލު ޖެހީ ބޮލުންނެވެ.

މި މެޗުގައި ޖެހި ގޯލުތަކާ އެކު އެމްބާޕޭ ވަނީ ޕީއެސްޖީ އަށް 156 ގޯލު ޖަހައިދީފަ އެވެ. އެމްބާޕޭ އާއި ޒްލަޓާން އިބްރަހިމޮވިޗަކީ ޕީއެސްޖީ އަށް ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިންނެވެ. ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތީ 200 ގޯލު ހަމަކޮށްފައި، އެ ކްލަބް ދޫކޮށްލި އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އަތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox