ބެންޒެމާ ފަހު ވަގުތު ރެއާލް މޮޅުކޮށްދީފި

Feb 27, 2022, 2:44 AM
ލަނޑު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.

މެޑްރިޑް (ފެބްރުއަރީ 27) - ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ކަރިމް ބެންޒެމާ ޖެހި ގޯލުން 1-0 އިން ރެއާލް މެޑްރިޑުން ރަޔޯ ވަޔެކާނޯ އަތުން މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު ރެއާލުން ވަނީ ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ރެއާލަށް 26 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ވަނީ 25 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސްގެ އޮތީ 25 މެޗުން 46 ޕޮއިންޓެވެ. ރޭ ސެލްޓަ ވިގޯ އަތުން 2-0 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑަށް ވަނީ 26 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ ފަސް ވަނައިގައި އޮތީ 24 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.

މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި ރެއާލްގެ މާކޯ އަސެންސިއޯ ޖެހި ބޯޅަ ވަޔެކާނޯ ގޯލުގައި ހުރި ޒިނެދީން ޒިދާންގެ ދަރިފުޅު ލޫކަ ޒިދާން ވަނީ ދިފާއުކޮށްފަ އެވެ. ވަޔެކާނޯގެ ސާޖިއޯ ގާޑިއޯލާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު ތިބައު ކޯޓުއާ އަތަށެވެ. އޭގެ ފަހުން އަސެންސިއޯ ޖެހި ދެ ވަނަ ބޯޅަ ވެސް ލޫކަ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ކަސެމީރޯ ރެއާލަށް ގޯލެއް ޖަހައިދިން ނަމަވެސް ރެފްރީ އެ ގޯލު ބަލައިނުގަތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، އޮފްސައިޑް ކަމަށް ފެންނާތީ އެވެ. ދެ ވަނަ ހާފްގެ ފުރަތަމަ ހަމަލާ ފޮނުވާލީ ވަޔެކާނޯގެ މާރިއޯ ސުއާރޭޒް އެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއްގައި ސުއާރޭޒް ބޮލުން ޖެހި ބާރު ބޯޅަ ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 80 ވަނަ މިނިޓްގައި ވަޔެކާނޯގެ އަލްވާރޯ ގާސިއާ އޭރިއާތެރެއިން ޖެހި ބޯޅައެއް މެޗުގައި މޮޅަށް ކުޅުނު ކޯޓުއާ ވަނީ ހުއްޓުވައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން ރެއާލް މޮޅުވި ގޯލު ޖެހިއިރު، އޭގެއިން ފެނުނީ ބެންޒެމާ އާއި ވިނީޝިއުސް ޖޫނިއާގެ ކޮމްބިނޭޝަން އެވެ. އޭރިއާތެރެއިން ދެ ކުޅުންތެރިން ހެދި ވަންޓޫ އަކަށް ފަހު ބެންޒެމާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ސެލްޓަ ވީގޯ ކޮޅަށް އެތުލެޓިކޯގެ ދެ ގޯލު ޖެހީ ވެސް ބްރެޒިލްގެ ފުލްބެކް ރެނާން ލޯޑީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox