ޔުނައިޓެޑުން އެޅީ ފަހަތަށް ފިޔަވަޅެއް، އެއް ވަނައިގައި ސިޓީން ލީޑުފުޅާކޮށްފި

Feb 26, 2022, 7:50 PM
ސިޓީގެ ފޯޑެން އެވަޓަންގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ފޯޑެން އެވަޓަންގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ފެބްރުއަރީ 27) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރެލިގޭޝަނުގައި އޮތް ވަޓްފޯޑާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ގަދަ ހަތަރެއްގެ ރޭހުގައި މެންޗެސްޓާ ޔުނައިޓެޑުން ފަހަތަށް ފިޔަަވަޅެއް އެޅިއިރު، ރަށުންބޭރުގައި އެވަޓަން 1-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 27 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް ދެ ވަނައިގައި އޮތީ 26 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 25 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޔުނައިޓެޑަށް 27 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. ޔުނައިޓެޑް ފަހަތުގައި އޮތް ދެ ޓީމަކަށް މެޗު ހަމަކުރާއިރު، މައްޗަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ފަސް ވަނައިގައި އޮތް އާސެނަލަށް 24 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ 26 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ. މިއަދު ލީޑްސް ޔުނައިޓެޑް އަތުން 4-0 އިން މޮޅުވި ޓޮޓެންހަމް ހަތް ވަނައިގައި އޮތީ 25 މެޗުން 42 ޕޮއިންޓް ހަމަކޮށްގެންނެވެ.

ރެފްރީގެ ނިންމުމަކާ މެދު ރޮނާލްޑޯ ހިތްހަމަނުޖެހުންފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލީގުގެ 19 ވަނައިގައި އޮތް ވަޓްފޯޑާ ދެކޮޅަށް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅައެއް ގޯލަށް ވަންނަން ދަނިކޮށް މަޑުޖެހުނީ އޮފްސައިޑްގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ ގައިގައި ޖެހިފަ އެވެ. ރޮނާލްޑޯ ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމި މި މެޗުގައި، ޔުނައިޓެޑުން ފޮނުވާލި ގިނަ ބޯޅަތަކެއް ހުއްޓުވުމުގައި ވަޓްފޯޑްގެ ގޯލުގައި ހުރި ބެން ފޮސްޓާ މޮޅު ކުޅުމެއް ދެއްކި އެވެ.

އެވަޓަން ދަނޑުގައި ސިޓީ މޮޅުވި ގޯލު ޖެހީ މެޗުގެ 82 ވަނަ މިނިޓްގަ އެވެ. އެވަޓަންގެ ޑިފެންޑަރު މައިކަލް ކީން ހެދި ގޯހެއްގެ ފައިދާނަގައި މި ލަނޑު ޖެހީ ފިލް ފޯޑެން އެވެ. އެކަމަކު، ސިޓީން އެއްވަރުކުރިތާ ތިން މިނިޓް ފަހުން އެވަޓަން އިން ވަރަށް ބޮޑަށް ޕެނަލްޓީ އަކަށް އެޕީލްކުރި އެވެ.

ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އަތުން ކޮންޓްރޯލްކުރި ބޯޅައެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ވެސް ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ. އެ ނިންމުމާ މެދު އެވަޓަން އިން ވަރަށް ބޮޑަށް ނުރުހުނެވެ.

ޓޮޓެންހަމްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލީޑްސް ކޮޅަށް ޓޮޓެންހަމްގެ ފުރަތަމަ ދެ ގޯލު ޖެހީ މެޓް ޑޮހަޓީ އާއި ޑޭޖާން ކުސުލެވްސްކީ އެވެ. އަނެއް ދެ ގޯލު ކާމިޔާބުކުރީ ސޮން ހެއުން މިން އާއި ހެރީ ކޭން އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލީޑްސް އަށް ވެސް ލިބުނު މި މެޗުގައި އެ ޓީމުގެ ރަފީނިއާ ޖެހި ހިލޭ ޖެހުމެއް ހުރަސްދަނޑިއަށް އަމާޒުވި އެވެ. އަދި ސްޓުއާޓް ޑަލާސް އަށް ލިބުނު ހުސް ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުނެވެ.

މި މެޗުގައި ކޭން އާއި ސޮންގެ ކޮމްބިނޭޝަނުން ގޯލެއް ފެނުނުއިރު، އެ ދެ ކުޅުންތެރިން ވަނީ ޖުމްލަ އެކު އެ ކޮމްބިނޭޝަނުން 37 ގޯލު ހަމަކޮށް ލީގުގައި ރެކޯޑެއް ހަދައިފަ އެވެ. ސޮން އާއި ކޭންގެ ފަހަތުން ދެ ވަނައިގައި އޮތީ ޗެލްސީގެ ފްރޭންކް ލަމްޕާޑާއި ޑިޑިއޭ ޑްރޮގްބާގެ ކޮމްބިނޭޝަން އެވެ. އެ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަނުން ލީގުގައި 36 ގޯލު ވަނީ ފެނިފަ އެވެ.

ރަނގަޅު ފޯމެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑުން ވަނީ 2-0 އިން އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ބްރެންޓްފޯޑް ބަލިކޮށްފަ އެވެ. ނިއުކާސަލްގެ ގޯލުތައް ޖެހީ ޖޮއެލިންޓަން އާއި ޖޯ ވިލޮކް އެވެ. ބްރެންޓްފޯޑްގެ ޕަލެންޑާ ޑަ ސިލްވާ އަށް ރަތް ކާޑެއް ދެއްކީ މެޗުގެ 11 ވަނަ މިނިޓްގައި ނިއުކާސަލްގެ މެޓް ޓާގެޓަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.

ނިއުކާސަލްގެ ވިލޮކް (ވ) ކައިރިން ބްރެންޓްފޯޑްގެ އެރިކްސަން ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗުގައި ބްރެންޓްފޯޑްގެ ކްރިސްޓިއަން އެެރިކްސަން ވަނީ ބަދަލެއްގެ ގޮތުގައި ކުޅެން އަރައިފަ އެވެ. މިއީ މިދިޔަ ޔޫރޯގެ ތެރެއިން ހިތުގެ މައްސަލައެއްގައި ކުޅުމަށް ދިޔަ އެރިކްސަން އެނބުރި އައިސް ރަަސްމީ މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. މި މެޗުގައި ކުޅުމުގެ ކުރިން އެރިކްސަން ވަނީ ބްރެންޓްފޯޑުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ގަޑިއިރެއްހާއިރު ކުޅެފަ އެވެ.

ކްރިސްޓަލް ޕެލަސް އާއި ބާންލީގެ މެޗު 1-1 އިން އެއްވަރުވިއިރު، އެސްޓަން ވިލާ އިން ވަނީ ރަށުންބޭރުގައި 2-0 އިން ބްރައިޓަން ބަލިކޮށް ހަމަޖެހުމެއް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox