ހާލަތު ބިރުވެރި، ޔޫކްރެއިނުގައި ތިބި 21 ދިވެހިން އެއްތަނަކަށް އެއްވަނީ

ޔޫކްރެއިނަށް ރަޝިޔާއިން ހަމަލާދެނީ: އެ ގައުމުގައި ދިވެހި 21 މީހުން ތިބި ކަމަށް ފޮރިން މިނިސްޓްރީން ބުނޭ -- ފޮޓޯ:

ޔޫކްރެއިނަށް ރަޝިޔާއިން ހަމަލާދެނީ: އެ ގައުމުގައި ދިވެހި 21 މީހުން ތިބި ކަމަށް ފޮރިން މިނިސްޓްރީން ބުނޭ -- ފޮޓޯ:

ރަޝިޔާއިން ޔޫކްރެއިނުގެ ބޮޑެތި ސިޓީތަކަށް މިއަދު ފަތިހު ވަރުގަދަ ހަމަލާތަކެއް ދޭން ފެށިއިރު، އެ ގައުމުގެ ހާލަތު ބިރުވެރި ކަމަށާއި ޔޫކްރެއިނުގައި ތިބި ދިވެހިން މަސައްކަތް ކުރަނީ އެއްތަނަކަށް އެއްވުމަށް ކަމަށް އެ މީހުން ބުނެފި އެވެ.

ޔޫކްރެއިނުގެ އިވާނޯގައި 14 ދިވެހިން އެ ތިއްބެވެ. ހާރްކީވްގައި ފަސް ދިވެހިން އެބަ އުޅެ އެވެ. އިތުރު ދެ ސިޓީއެއްގައި އަދި އިތުރު ދެ ދިވެހިން އެބަތިއްބެވެ.

ހާރްކީވްގައި ހުރި ދިވެހި ދަރިވަރަކާ މިއަދު "އަދަދު" އިން ވާހަކަ ދެއްކިއިރު އޭނާ ބުނީ އޭނާ ހުރީ އެ ސިޓީގެ އެޕާޓްމަންޓެއްގައި ކަމަށާއި މަސައްކަތް ކުރަނީ ކޮންމެ ގޮތަކުން ނަމަވެސް އެ ގައުމުން ބޭރުވެވޭތޯ ކަމަށެވެ.

"ރޭ ދަންވަރު އެކެއް ޖަހާކަށްހާއިރު އެނގިއްޖެ މިކޮޅަށް އަރާ ހަމަލާދޭން ފަށާނެ ކަން. ދެން އޭރު އަޅުގަނޑުމެން ވެސް ނިދާފަ ތިބީ. ޓުވިޓާގަ ބޮޑަށް ހަބަރުތަކުން ވާނުވާ އެނގުނީ. ހަބަރު ކިޔަން ހުރެފަ ނިދުން ގަޑީގަ އެއްޗެއް ގޮވިއަޑު އިވިގެން ހޭލެވުނީ. ހޭލެވުނީމަ މިކޮޅުގަ ތިބި ކުދިންނަށް ފުރަތަމަ ވެސް ގުޅީ. އެގަޑީގަ މިކޮޅުގަ ވަރަށް ކައިރިން ގޮވާ އަޑުއިވޭ،" އޭނާ ކިޔައިދިނެވެ.

މި ނޫހުން ވާހަކަ ދެއްކި، ޔޫކްރެއިނުގައި ހުރި ދިވެހި ދަރިވަރު ބުނީ އެންމެން ވެސް މަސައްކަތް ކުރަނީ ހަމަލާ ލިބެމުން އަންނަ ސިޓީތަކުން ފޭބުމަށް ކަމަށްވާތީ ދަތުރުފަތުރަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން، ޔޫކްރެއިނުން ވަނީ މިހާރު އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ. އެހެންކަމުން އެ ގައުމުގައި ތިބި ދިވެހިން ގެންނާނީ ކިހިނެއް ކަމެއް ނޭނގެ އެވެ. ނަމަވެސް ޔޫކްރެއިނުގައި ތިބި ދިވެހިން އެގައުމުން ބޭލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގާރަ ދުވަހު ވަނީ އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox