ޔޫކްރެއިން ހަނގުރާމަ ނިމުމަކާ ގާތްވެއްޖެ: ޕޫޓިން

May 11, 2026, 2:30 AM
ރަޝިޔާގެ ވެރިރަށް މޮސްކޯގެ މެދުތެރޭގައި ހުންނަ ކްރެމްލިން ފާރު ކައިރީގައި ހުރި "ޓޫމްބް އޮފް ދަ އަންނޯން ސޯލްޖާ" ނުވަތަ ނަން ނޭނގޭ ސިފައިންގެ މަގްބަރާއަށް މާބޮނޑި ބޭއްވުމުގެ ރަސްމިއްޔާތެއްގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ބައިވެރިވެވަޑައިގެންފި

ރަޝިޔާގެ ވެރިރަށް މޮސްކޯގެ މެދުތެރޭގައި ހުންނަ ކްރެމްލިން ފާރު ކައިރީގައި ހުރި "ޓޫމްބް އޮފް ދަ އަންނޯން ސޯލްޖާ" ނުވަތަ ނަން ނޭނގޭ ސިފައިންގެ މަގްބަރާއަށް މާބޮނޑި ބޭއްވުމުގެ ރަސްމިއްޔާތެއްގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ބައިވެރިވެވަޑައިގެންފި

ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކާ ގާތްވަމުންދާ ކަމަށް ގަބޫލުކުރައްވާ ކަމަށް ރަޝިއާގެ ރައީސް ލަޑީމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން މިހެން ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައިގައި ސޯވިއެޓް ޔޫނިއަނުން ނާޒީ ޖަރުމަނުގެ މައްޗަށް ހޯދި ކާމިޔާބީ ފާހަގަކުރުމަށް މޮސްކޯގައި ބޭއްވި ނަސްރުގެ ދުވަހުގެ ޕެރޭޑަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

ޔޫރަޕްގައި ދެވަނަ ބޮޑު ހަނގުރާމައަށްފަހު ހިނގި އެންމެ ނުރައްކާތެރި މި ކުރިމަތިލުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ، މި މައްސަލަ މިހާރު ނިމުމަކާ ގާތްވަމުންދާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ޔޫރަޕްގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އައު އެއްބަސްވުންތަކަކަށް މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށާއި، އެފަދަ މަޝްވަރާއެއްގައި ބައިވެރިވާން އެންމެ ބޭނުންފުޅުވާ ބޭފުޅަކީ ޖަރުމަނުގެ ކުރީގެ ޗާންސެލަރ ގާހާޑް ޝްރޯޑަރ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރަޝިއާއިން 2022 ވަނަ އަހަރު ޔޫކްރެއިންއަށް އެރުމާ ގުޅިގެން ހުޅަނގުގެ ގައުމުތަކާއި ރަޝިއާއާ ދެމެދު އޮތް ގުޅުން ވަނީ 1962 ވަނަ އަހަރުގެ ކިއުބާގެ މިސައިލް ކްރައިސިސްއަށްފަހު އެންމެ ބޮޑަށް ގޯސްވެފައެވެ. ރަޝިއާއިން މި ހަނގުރާމައަށް "ޚާއްސަ އަސްކަރީ އޮޕަރޭޝަނެއް" ގެ ނަން ދީފައިވާއިރު، މޮސްކޯއިން ބޭނުންވާ ހުރިހާ މަގްސަދުތަކެއް ހާސިލްވަންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް މީގެ ކުރިން ޕޫޓިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ.

ހަނގުރާމަ ފެށުމުގެ ޒިންމާ ހުޅަނގުގެ ލީޑަރުންގެ ބޮލުގައި އަޅުވަމުން ޕޫޓިން ވިދާޅުވީ، ބާލިން ފާރު ވެއްޓުމަށްފަހު ނޭޓޯ އިރުމައްޗަށް ފުޅާނުކުރާނެ ކަމަށް ވީ ވައުދާ ހުޅަނގުން ޚިލާފުވެފައިވާ ކަމަށެވެ. އަދި ޔޫކްރެއިން ޔޫރަޕިއަން ޔޫނިއަންގެ ނުފޫޒުގެ ދަށަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި އަހަރުގެ ނަސްރުގެ ދުވަހުގެ ޕެރޭޑް ފެނިގެންދިޔައީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ވަރަށް ކުޑަކޮށެވެ. އާންމުކޮށް ރެޑް ސްކޮޔަރގައި ދައްކާލާ ބޮޑެތި މިސައިލްތަކާއި ޓޭންކުތަކުގެ ބަދަލުގައި، މިފަހަރު ބޭނުންކޮށްފައިވަނީ ބޮޑެތި ސްކްރީންތަކުން ދެއްކި އަސްކަރީ ހަރަކާތްތަކުގެ ވީޑިއޯތަކެވެ. ރަޝިއާގެ ސިފައިން ޔޫކްރެއިންގައި ހަނގުރާމަ ކުރާތާ މިހާރު ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއީ ދެވަނަ ބޮޑު ހަނގުރާމައިގައި ސޯވިއެޓް ސިފައިން ހަނގުރާމަ ކުރި މުއްދަތަށްވުރެ ދިގު މުއްދަތެކެވެ.

މި ހަނގުރާމައިގެ ސަބަބުން ދެފަރާތުން އެތައް ލައްކަ ބަޔަކު މަރުވެ، ޔޫކްރެއިންގެ ބޮޑު ބައެއް ސުންނާފަތިވެފައިވާއިރު، ރަޝިއާގެ އިގްތިސާދަށްވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. ރަޝިއާގެ ސިފައިންނަށް ޔޫކްރެއިންގެ އިރުމަތީގެ ޑޮންބާސް ސަރަހައްދު އެއްކޮށް ހިފިފައި ނުވާއިރު، މިހާރު ރަޝިއާގެ ބާރުގެ ދަށުގައި އޮތީ ޔޫކްރެއިންގެ ފަސްބައިކުޅަ އެއްބަޔަށްވުރެ ކުޑަ ސަރަހައްދެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެވަޑައިގެން ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މޮސްކޯ އާއި ކީވްއިން ވަނީ ތާއީދުކޮށްފައެވެ. މީގެ އިތުރުން ދެގައުމުގެ ދެމެދުގައި 1000 އަސީރުން ބަދަލުކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox