ރަޝިޔާ-ޔޫކްރޭން ހަނގުރާމަ ތިން ދުވަހަށް މެދުކަނޑާލައި، އަސީރުން ބަދަލުކުރަން އެއްބަސްވެއްޖެ

May 9, 2026, 6:59 AM
ރަޝިޔާގެ ރައީސް ވްލަޑިމިއަރް ޕުޓިން (ކ)، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔޫކްރޭންގެ ރައީސް ވޮލޮޑިމިއަރް ޒެލެންސްކީ

ރަޝިޔާގެ ރައީސް ވްލަޑިމިއަރް ޕުޓިން (ކ)، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔޫކްރޭންގެ ރައީސް ވޮލޮޑިމިއަރް ޒެލެންސްކީ

ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރަމުންދާ ހަނގުރާމަ ތިން ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރުތްގައި ހުކުރު ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަހުގެ 9 އިން 11 އަށް ހަނގުރާމަ ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. 

މި ނިންމުމާ ގުޅިގެން ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ތިން ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ރަޝިޔާގެ ރައީސްގެ އެހީތެރިޔާ ޔޫރީ އުޝަކޯވް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަށް އާދެވުނީ އެމެރިކާގެ ސަރުކާރާއެކު ފޯނުން ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. އަދި މިކަމާ ގުޅޭގޮތުން ރައީސް ލަޑިމިއަރ ޕުޓިން އާއި ޓްރަމްޕް ފޯނުން ވާހަކަ ދައްކަވާފައިވާ ކަމަށާއި، ދެވަނަ ބޮޑު ހަނގުރާމައިގައި ދެ ގައުމަކީ ބައިވެރިންކަން ފާހަގަކޮށް، ރަޝިޔާގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހަނގުރާމަ މެދުކަނޑާލުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާއިން މީގެ ކުރިން ވެސް ވަނީ ނަސްރުގެ ދުވަހާ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް އެއްފަރާތުން ހަނގުރާމަ ހުއްޓާލާނެކަން އިއުލާންކޮށްފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މި ފަހަރުގެ ހަނގުރާމަ ހުއްޓާލުމަކީ ސީދާ އެމަނިކުފާނު އެދިވަޑައިގެންނެވި ކަމެކެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި ކޮންމެ ގައުމަކުން އެއްހާސް ހަނގުރާމަވެރިން ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ. މިކަން ރައީސް ޒެލެންސްކީ ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ކޮންމެ ދުވަހަކު ވެސް ހައްލަކާ ގާތްވަމުންދާ ކަމަށެވެ. އަދި މިއީ ވަރަށް ދިގުލައިގެން ގޮސްފައިވާ ނުރައްކާތެރި ހަނގުރާމައެއް ނިމުމަކަށް އައުމުގެ ފެށުން ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޓްރަމްޕްގެ ރިޔާސީ ކެމްޕޭނުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ވެރިކަމަށް ވަޑައިގަންނަވާތާ ސައުވީސް ގަޑިއިރު ތެރޭގައި މި ހަނގުރާމަ ހުއްޓުވާނެ ކަމަށެވެ. ނަމަވެސް، ވެރިކަމަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް މިކަމުގައި ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

މިހާރު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ ޔޫކްރޭނުގެ އިރުމަތީ ޑޮނެޓްސްކް ސަރަހައްދެވެ. އެ ސަރަހައްދުގެ ބޮޑު ބައެއް ރަޝިޔާގެ ބާރުގެ ދަށުގައި އޮތްއިރު، ރަޝިޔާއިން ބޭނުންވަނީ ޔޫކްރޭނުގެ ސިފައިން އެ ސަރަހައްދުން ފޭބުމަށެވެ. ނަމަވެސް ޒެލެންސްކީ ވަނީ ޔޫކްރޭނުގެ އެއްވެސް ބިމެއް ދޫކޮށްލުމަށް ތަކުރާރުކޮށް އިންކާރު ކުރައްވާފައެވެ. އެހެންނަމަވެސް، ހަނގުރާމަ ހުއްޓާލުމަށްޓަކައި ބައެއް ބިންތައް ދޫކޮށްލަން ޖެހިދާނެ ކަމަށް ޓްރަމްޕާއި ކިއީވްގެ މޭޔަރު ވިޓާލީ ކްލިޝްކޯ މީގެ ކުރިން ވަނީ އިޝާރާތް ކުރައްވާފައެވެ.

މި މަޝްވަރާތަކުގެ ތެރެއިން، ޔޫކްރޭނުގެ އިސް މަންދޫބު ރުސްތަމް އުމަރޯވް މިހާރު ހުންނެވީ އެމެރިކާގެ މިއާމީގައެވެ. އޭނާ އެމެރިކާގެ މަންދޫބުންނާ ބައްދަލުކުރައްވަމުން ގެންދަވަނީ ފާއިތުވި މަސްތަކުގައި ހުއްޓިފައިވާ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox