ހަމަލާ އަމާޒުވެފައިވާ ހާރްކީވްގައި ތިބި ފަސް ދިވެހިން ތިބީ ރައްކާތެރި ހިސާބެއްގައި: ފޮރިން

ކާކީވްގެ ބައެއް ސަރަހައްދުތަކަށް މިއަދުގެ ފަތިހު ރަޝިއާއިން ވަނީ ހަމަލާ އަމާޒުކޮށްފައި. މިހާތަނަށް މިކަމުގެ ސަބަބުން ލިބުނު ގެއްލުން އެނގިފައެއް ނުވޭ -- ފޮޓޯ: އަހްމަރު ޚާން/ޓްވިޓާ

ކާކީވްގެ ބައެއް ސަރަހައްދުތަކަށް މިއަދުގެ ފަތިހު ރަޝިއާއިން ވަނީ ހަމަލާ އަމާޒުކޮށްފައި. މިހާތަނަށް މިކަމުގެ ސަބަބުން ލިބުނު ގެއްލުން އެނގިފައެއް ނުވޭ -- ފޮޓޯ: އަހްމަރު ޚާން/ޓްވިޓާ

މިއަދުގެ ފަތިހުން ފެށިގެން ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދެމުން އަންނައިރު އެ ދެ ގައުމުގެ ބޯޑަރާ ކައިރީގައި އޮންނަ ޔޫކްރެއިންގެ ސިޓީއެއް ކަމަށްވާ ކާކީވްގައި މިވަގުތު ތިބީ ފަސް ދިވެހިން ކަމަށާއި އެ ދަރިވަރުން ތިބީ ރައްކާތެރި ހިސާބެއްގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ކިޔެވް އާއި އެހެން ސިޓީތަކުގައި ބޮޑެތި ގޮވުންތަކުގެ އަޑު އިވެމުންދާ އިރު، އޭގެ ކުޑައިރުކޮޅެއް ކުރިން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވަނީ ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަނެއް ފެށިކަން އިއުލާނު ކުރައްވައިފަ އެވެ.

ޔޫކްރެއިންގައި 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުން ދިޔައިރު އޭގެ ތެރެއިން ގިނަ ދަރިވަރުން ދިރުއުޅުނީ ކާކީވްގަ އެވެ. އެގޮތުން، 35 ދަރިވަރުން އެ ސިޓީގައި ދިރިއުޅެމުންދިޔައިރު ހަނގުރާމަ ފެށުމާ ހަމަޔަށް އެހެން ސަރަހައްދަކަށް ބަދަލުނުވެވުނީ ފަސް ދަރިވަރުންނަށެވެ.

އެ ފަސް ދަރިވަރުން ވެސް ތިބީ ރައްކާތެރި ހިސާބެއްގައި ކަމަށާޢި އެ މިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން އެ މީހުންނާ ވާހަކަ ދައްކަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި، އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ހަމއެހެންމެ، އިރުމަތީ ޔޫކްރެއިންގައި އޮންނަ އިވާނޯ-ފްރެންކްވިސްކް ސިޓީގައި ވެސް 14 ދަރިވަރުން ތިބި ކަމަށާއި އެ ދަރިވަރުން ވެސް ތިބީ ސަލާމަތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި، އިތުރު އެއް ދަރިވަރަކު އެހެން ސިޓީއެއްގައި ހުރި ކަމަށާއި އޭނާއާ ވެސް ވާހަކަ ދައްކަމުންދާ ކަމަށް އެ މިނިސްޓްރީން މިއަދު ހާމަކުރި އެވެ.

ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލައި އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރާނެ ކަމުގެ ޔަގީންކަން ވެސް ފޮރިން މިނިސްޓްރީން ވަނީ ދީފަ އެވެ.

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން އަނބުރާ ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޮތީ އަންގަވާފަ އެވެ.

ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއުވާން މުހައްމަދު "އަދަދު" އަށް ވިދާޅުވީ ޔޫކްރެއިނުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޔޫކްރެއިނުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު އާއްމު ދަތުރުތަކަށް ބަންދުކޮށްފަ އެވެ. ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުބެލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ކުރިމަތިވެފައި ވަނީ "އެންމެ ފުރިހަމަ ސްކޭލްގެ ހަމަލާއެއް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox