އެމްއެމްޕީއާރްސީ ތަހުގީގު ގްރާންޓް ތޯންޓަން އާ ހަވާލުނުކުރާތީ ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީޑިއާ ބްރީފިން އެއްގައި ވާހަކަދައްކަވަނީ. އެމްއެމްޕީއާރްސީގެ ހިޔާނާތް ތަހުގީގު ކުރަން ބޭރުގެ އޮޑިޓްފާމަކާ ހަވާލުނުކުރާތީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީޑިއާ ބްރީފިން އެއްގައި ވާހަކަދައްކަވަނީ. އެމްއެމްޕީއާރްސީގެ ހިޔާނާތް ތަހުގީގު ކުރަން ބޭރުގެ އޮޑިޓްފާމަކާ ހަވާލުނުކުރާތީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ތަހުގީގުކުރަން ގްރާންޓް ތޯންޓަން އިންޓަނޭޝަނަލް އާ ހަވާލުނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަތައް ތަހުގީގުކުރަން ބޭރުގެ ފޮރެންސިކް އޮޑިޓަރުންނާ ހަވާލުކުރަން އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.

މައްސަލަތައް ރަނގަޅަށް ތަހުގީގުކޮށް އެކަށީގެންވާ ދައުވާ ނުއުފުލޭ ނަމަ ދައުލަތް ފެއިލްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޓްވީޓްގައި ސީދާ ގްރާންޓް ތޯންޓަންގެ ނަން ނުގެންނެވިޔަސް، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބަލަން ހަވާލުކުރަންވީ ބޭރުގެ ފޮރެންސިކް އޮޑިޓަރުންގެ ގޮތުގައި އެމަނިކުފާނު މީގެ ކުރިން އެތައް ފަހަރަކު ދައްކަވާފައި ވަނީ ގްރާންޓް ތޯންޓަންގެ ވާހަކަ އެވެ.

މިދިޔަ އަހަރުގެ މޭމަހުގެ ހަވަނަ ދުވަހު، އެމަނިކުފާނު އަވަހާރަކޮށްލަން ހަމަލާ ދިނުމުގެ ކުރިން އެދުވަހު ބޭއްވި މީޑިއާ ބްރީފިން އެއްގައި ވިދާޅުވީ އެމްއެެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާތައް ހޯދައިދޭން ގްރާންޓް ތޯންޓަން އިން މިހާރުވެސް ބައެއް މަސައްކަތްތައް ކޮށްދީފައިވާ ކަމަށެވެ.

އެމްޑީޕީގެ އޮފީހުގައި އެދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ މައުލޫމާތުތައް އެ މަނިކުފާނަށް ލިބިވަޑައިގަންނަވަން ފެށުމުން ގްރާންޓް ތޯންޓަން އާ އެ މައުލޫމާތު ހިއްސާ ކުރައްވާފައިވާނެ ކަަމަށެވެ.

"އަދި އެ ކުންފުނިން އަޅުގަނޑަށް ކޮންމެވެސް ވަރަކަށް އެ މަަސައްކަތް ކޮށްދެއްވި. އެ ކޮށްދެއްވި މަސައްކަތް ވާނީ ބަންޑާރަ ނައިބު އޮފީހަށް އަޅުގަނޑު ފޮނުވާފައި،" އެ ނަޝީދު އެދުވަހު ވިދާޅުވި އެވެ.

ގްރާންޓް ތޯންޓަން އިންޓަނޭޝަނަލް އަކީ އިނގިރޭސިި ވިލާތުގައި މަރުކަޒު ކޮށްފައިވާ ބައިނަލްއަގުވާމީ އެކައުންޓިން އަދި ކޮންސަލްޓިން ފާމެކެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނަޝީދު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި އިރު، އޭގެ ކުރީގެ ސަރުކާރުގައި އެސްޓީއޯ އިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބަލަަން ހަވާލުކުރީ ވެސް އެކުންފުންޏާ އެވެ.

އެކަމުގައި ބޮޑު ތުހުމަތެއް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. ކުރީގެ ރައީސް މައުމޫނުގެ ދުވަސްވަރު ޓްރޭޑް މިނިސްޓަރަކަށް ހުންނެވީ ޔާމީނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox