މީޑިއާނެޓުން ކުރު ފިލްމު މުބާރާތެއް، އެއްވަނަ އަށް 100،000ރ.

މީޑިއާނެޓުން ކުރު ފިލްމު މުބާރާތެއް، އެއްވަނަ އަށް 100،000ރ.

ކުރު ފިލްމު އުފެއްދުމަށް ޝައުގުވެރިކަން އެބަ ހުރި ހެއްޔެވެ؟ ޝައުގު ހުރި ނަމަ ހުނަރު ދައްކާލުމަށް، އަދި ފައިސާގެ ރަނގަޅު އިނާމުތަކެއް ހޯދަން މީޑިއާނެޓުން މި ވަނީ ރަނގަޅުގެ ފުރުސަތެއް ހުޅުވާލައިފަ އެވެ.

"އެމްއެސް ޝޯޓް މޫވީ ޗެލެންޖު" ގެ ނަމުގައި ތައާރަފުކުރި ކުރު ފިލްމު މުބާރާތުގެ އެއް ވަނަ އިނާމަކީ 100،000ރ. އެވެ. ދެ ވަނަ އަށް ހޮވޭ ފިލްމަކަށް 50،000ރ. އަދި ތިން ވަނަ އަށް 30،000ރ. އެވެ. މިއީ ރާއްޖޭގައި ކުރު ފިލްމު މުބާރާތަކަށް ހުށަހަޅާފައިވާ އެންމެ އަގުބޮޑު އިނާމެވެ.

މުބާރާތުގެ ގަދަ ތިނަކަށް ހޮވޭ ފިލްމުތައް އުފެއްދި ފަރާތްތަކަށް މީޑިއާނެޓާ ގުޅިގެން އިތުރު ފިލްމު، ސީރީޒް، އަދި އެކި ބާވަތުގެ ކޮންޓެންޓު އުފެއްދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މީޑިއާނެޓުން ބުނި ގޮތުގައި މި މުބާރާތުގެ މަގުސަދަކީ ޒުވާން ހުނަރުވެރިންނަށް ފިލްމު ހެދުމަށް ފުރުސަތު ދިނުމެވެ. އަދި އަމާޒަކީ މީޑިއާނެޓުގެ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހި އަމިއްލަ އުފެއްދުންތައް ބެލުންތެރިންނަށް ގެނެސްދިނުމެވެ.

މި މުބާރާތުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން މިއީ ދިވެހިންނަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމް ms@medianet.com.mv އަށް މެއިލްކުރުމުން މުބާރާތުގައި ބައިވެރިވެވޭނެ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަކީ މާޗު 3 ގެ 17:00 އެވެ. އަދި މާޗް 25 ވަނަ ދުވަހުގެ 17:00 ގެ ކުރިން ފިލްމާއި، އެއާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެ އެވެ.

ހުށަހަޅާ ފިލްމުތަކުގެ ޝަރުތު

  • 40 މިނެޓަށް ވުރެ ފިލްމް ދިގުނުވުން
  • ވީޑިއޯ 1080ޕީ 50އެފްޕީއެސް ގެ ރިޒޮލިއުޝަނަށްވުން
  • ސިޔާސީ ނުވަތަ ދީނާ ދެކޮޅު ނޫން ކޮންމެ ވައްތަރެއްގެ ފިލްމަކަށްވުން

މުބާރާތަށް ހުށަހަޅާ ފިލްމުތައް މީޑިއާނެޓުގެ ވީއޯޑީ ޕްލެޓްފޯމް، އެމްއެސް އަށް ލާނެ އެވެ. ވަނަ ހޮވާނީ ފަނޑިޔާރުންގެ މާކްސް އާއި އެމްއެސްއިން ބަލާ ޔުނީކް ވިއުސް ހިމަނައިގެންނެ އެވެ. މުބާރާތުގައި ބައިވެރިކުރާ ފިލްމުތައް އެމްއެސްއިން އިން ބަލާ މިންވަރު ގުނާނީ އޭޕްރީލް 2 އިން މެއި 2 ގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox