ހުލާސާކޮށް އިއްޔެ: ތައިރޮއިޑްގެ ފަރުވާއަކަށް ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެބިނެޓް ބައްދަލުވުމަކަށް ވަދެވަޑައިގަންނަވަނީ. އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭ މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެބިނެޓް ބައްދަލުވުމަކަށް ވަދެވަޑައިގަންނަވަނީ. އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭ މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް

ތައިރޮއިޑްގެ ފަރުވާއަކަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ އިއްޔެ އެވެ.

އިއްޔެގެ ވަގުތެއްގައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މާތް ﷲ ގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ" ކަމަށެވެ.

ނަމަވެސް, ރައީސްގެ ސިއްހީ ހާލުކޮޅާއި ސިންގަޕޫރުގައި ހޯއްދަވާ ފަރުވާއާ ގުޅޭ މައުލޫމާތު ރައީސް އޮފީހުން މީޑިއާ ހިއްސާއެއް ނުކުރެ އެވެ. އެ އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު އިއްޔެ ވިދާޅުވީ, އެކަން ހާމަކުރެވެން ނެތް ކަމަށެވެ.

ރައީސްގެ އާއިލާ ބޭފުޅަކު އިއްޔެ މި ނޫހަށް ވިދާޅުވި ގޮތުގައި, އެމަނިކުފާނުގެ ފަރުވާއާ ގުޅޭ މައުލޫމާތު ކުރިއަށް އޮތް ތަނުގައި ފަރުވާ ކުރިއަށްދާ މިންވަރަކުން ހާމަކުރައްވަމުން ގެންދަވާނެ އެވެ.

ރައީސް ވަނީ މި މަހު ކުރީކޮޅު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ދިހަ ދުވަހުގެ އެ ދަތުރުފުޅަކީ ވެސް ސިއްހީ ފަރުވާއަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.

ތައިރޮއިޑް މައްސަލަތަކަކީ ކޮބާ؟

މިއީ، ފަރުވާއެއް ހޯއްދެވުމަށް އުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު މިފަހުގެ ތާރީހެއްގައި ހާމަ ކުރެއްވި ފުރަތަމަ ފަހަރެވެ. ތައިރޮއިޑަށް ފަރުވާ ހޯއްދަވާނެ ކަމަށް ރައީސް އިއުލާން ކުރައްވާފައިވާއިރު އެކަމާ ގުޅޭ ބައެއް މައުލޫމާތުތައް ތިރީގައި ހިއްސާކޮށްލާނަމެވެ.

ތައިރޯޑު މައްސަލަތައް މުޅި ދުނިޔޭގައި ވެސް ވަރަށް ގިނަ މީހުންނަށް ކުރިމަތިވެ އެވެ. ދުނިޔޭގެ ކޮންމެ 20 މީހުންގެ ތެރެއިން އެކަކަށް ތައިރޯޑުގެ ކޮންމެވެސް މައްސަލައެއް ކުރިމަތިވެ އެވެ. ތައިރޯޑުގެ މައްސަލަތައް ވަރަށް ގިނަ ގޮތް ގޮތުން ދިމާވެ އެވެ.

އެގޮތުން، ތައިރޯޑަށް ޖެހޭ އެންމެ އާންމު ބައްޔަކީ އޮޓޯއިމިއުން ތައިރޮއިޑް ޑިޒީސް އެވެ. އެ ބަލި ޖެހުމުން ތައިރޯޑް ސެލްތަކަކީ ހަށިގަނޑަށް އޮތް ނުރައްކަލެއް ކަމަށް ދިފާއީ ނިޒާމަށް ހީވެ، އެ ސެލްތަކަށް ހަމަލާދޭން ފަށަ އެވެ. އޭގެ ސަބަބުން ތައިރޯޑް ގްލޭންޑުގެ މަސައްކަތް އަވަސް ނުވަތަ ބަރުހެލިވެ އެވެ.

ތައިރޮއިޑް ގްލޭންޑުގެ މަސައްކަތް އަވަސްވުމުން ކުރިމަތިވަނީ ހައިޕާތައިރޯޑިޒަމް އެވެ. ބަރުހެލިވުމުން ދިމާވާ މައްސަލައަކީ ހައިޕޯތައިރޯޑިޒަމް އެވެ.

ހައިޕާތައިރޯޑިޒަމްގެ މައްސަލަތައް ކުރިމަތިވުމުން ހަށިގަނޑުގެ ސެލްތައް މަސައްކަތް ކުރަނީ ހަގީގަތުގައި ކުރަންޖެހޭ ސްޕީޑަށްވުރެ މާ ބާރަށެވެ. މިހެންވުމުން ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ މަސައްކަތް ވެސް އާދައަށްވުރެ ބާރުވެ އެވެ. ހައިޕާތައިރޮޑިޒަމްގެ މައްސަލަތައް ކުރިމަތިވާ މީހުންނަށް އާންމުކޮށް ދިމާވާ މައްސަލަތަކުގެ ތެރޭގައި، ހިކުން، ހޫނަށް ކެތްނުވުން، ހާސްކަން އަދި ލޯ ދުޅަވުން ހިމެނެ އެވެ.

ހައިޕޯތައިރޮޑިޒަމްގެ މައްސަލަތައް ކުރިމަތިވުމުން ހަށިގަނޑުގެ ސެލްތަކަށް ހޯމޯން ލިބޭ މިންވަރު މަދުވެ އެވެ. އޭގެ ސަބަބުން ހައިޕާތައިރޯޑިޒަމްއާ ހިލާފަށް، ހިތުގެ ވިންދު ޖެހުން އާދައަށްވުރެ ލަސްވެދާނެ އެވެ. އަދި ގޮހޮރު މަސައްކަތް ކުރާ ރޭޓު ވެސް ވެއްޓި، ބޮޑުކަމުދިޔުމަށް އުނދަގޫތަކެއް ކުރިމަތިވެދާނެ އެވެ.

ހައިޕޯތައިރޮޑިޒަމްގެ މައްސަލަތައް ދިމާވާ މީހުންނަށް އާންމުކޮށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ވަރުބަލިވުމާއި ފިނިކަން އިހްސާސްވުމާއި ބަރުވުމާއި ކަންކަމަށް ސަމާލުކަން ނުދެވުމާއި މާޔޫސްވުން ހިމެނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުއްވީ އިއްޔެ އެވެ.
  • ހަނގުރާމައެއް ފެށުމަށް ތައްޔާރުވެ ހާލަތު ގޯސްވަމުންދާ ޔޫކްރޭންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތެރެއިން ރަޝިއާގެ ބޯޑަރާ އިންވެގެން އޮންނަ ހާރްކީވްގައި ތިބި ދަރިވަރުން އެނބުރި ރާއްޖެއަށް އަންނަން ފަށާފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކުރީ އިއްޔެ އެވެ.
  • ހައްޔަރުކުރުމާއި ބަލާފާސްކުރުމުގެ އަމުރު ނެރުމުގެ އިހްތިސޯސް ލިބިގެން ނުވާ ކޯޓަކުން ނެރުނު އަމުރެއްގެ މައްޗަށް ބިނާކޮށް ހޯދި ހެކިތައް ގާނޫނާ ހިލާފު ވިނަމަވެސް، އެ ހެކިތައް ބަލައިގަނެވޭނެ އިސްތިސްނާ ހާލަތްތަކެއް ސުޕްރީމް ކޯޓުން ކަނޑައެޅީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހޮސްޕިޓަލު އެޅުމަށް ބާރުއަޅުއްވަމުން އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ:

"އަޅުގަނޑުގެ އެއްވެސް ކަހަލަ ރެސްޓްރިކްޝަނެއް ނޯންނާނެ ރާއްޖޭގެ އެއްވެސް ދިމާލެއްގައި ޕްރައިވެޓް ހޮސްޕިޓަލު ހެދުމުގައި. އަޅުގަނޑު ވަރަށް ހިތާމަކުރަން ރާއްޖޭގެ ރަށެއްގައި، ބޮޑެތި އާބާދީތައް އޮންނަ ތަންތަނުގައި ޕްރައިވެޓް ހޮސްޕިޓަލެއް ނެތީމަ ވެސް. އެހެންވީމަ އެކަމަށް ދެވެން އޮތް އެއްބާރުލުމެއް ދޭނަން އަޅުގަނޑުމެން،"

ދުވަހުގެ ފޮޓޯ

ހ. ނޫއަލިގޭގައި އިއްޔެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމްގެ މެމްބަރަކު ހަރަކާތްތެރިވަނީ. އެ ހާދިސާގައި 10 މީހަކަށް ދުމުގެ އަސަރު ކޮށްގެން ފަރުވާ ހޯދުމަށް ސެނަހިޔާއަށް ގެންދިޔަ. އިއްޔެ ހެނދުނު 8:55 ގައި ރޯވި އަލިފާންގަނޑު ނިއްވާލީ 09:25 ގައި --ފޮޓޯ: އެމްއެންޑީއެފް
ހ. ނޫއަލިގޭގައި އިއްޔެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމްގެ މެމްބަރަކު ހަރަކާތްތެރިވަނީ. އެ ހާދިސާގައި 10 މީހަކަށް ދުމުގެ އަސަރު ކޮށްގެން ފަރުވާ ހޯދުމަށް ސެނަހިޔާއަށް ގެންދިޔަ. އިއްޔެ ހެނދުނު 8:55 ގައި ރޯވި އަލިފާންގަނޑު ނިއްވާލީ 09:25 ގައި --ފޮޓޯ: އެމްއެންޑީއެފް

ހ. ނޫއަލިގޭގައި އިއްޔެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމްގެ މެމްބަރަކު ހަރަކާތްތެރިވަނީ. އެ ހާދިސާގައި 10 މީހަކަށް ދުމުގެ އަސަރު ކޮށްގެން ފަރުވާ ހޯދުމަށް ސެނަހިޔާއަށް ގެންދިޔަ. އިއްޔެ ހެނދުނު 8:55 ގައި ރޯވި އަލިފާންގަނޑު ނިއްވާލީ 09:25 ގައި --ފޮޓޯ: އެމްއެންޑީއެފް

ދިރާސާތަކުން ކިޔާލުމަށް

"ސްމޯލް އައިލެންޑްސް އެންޑް ގްލޯބަލް އެކްޝަން: ކަމިން އޮފް އޭޖް އިން ގްލޯބަލް ޗޭންޖް"

މިއީ ބައިނަލްއަގްވާމީ މަޝްރަހުގައި ކުދި ގައުމުތަކުން އަދާކުރަމުންދާ ދައުރަށް އަންނަމުންދާ ބަދަލާ ގުޅޭގޮތުން ނިއުޒީލެންޑްގެ ޔުނިވާސިޓީ އޮފް ވައިކަޓޯގައި ތައުލީމް ހާސިލްކުރި ދިވެހި ދަރިވަރު އަލީ ޝަމީމް 2005 ވަނަ އަހަރު ލިޔުއްވާފައިވާ ތީސިސްއެކެވެ. އދ. ގެ ފްރޭމްވޯކްގެ ދަށުން ކުދި ގައުމުތަކުގެ ބައިވެރިވުން އޮތް މިންވަރު މި ދިރާސާގައި ދެނެގަނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox