ޔޫކްރެއިންގެ އިސްތިގްލާލަށް ހުރަސް އެޅޭ އެއްވެސް ކަމެއް ބަލައިނުގަންނާނަން: އުރުދުގާން

ތުރުކީގެ ރައީސް އުރުދުގާން އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އޭއޭ

ތުރުކީގެ ރައީސް އުރުދުގާން އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އޭއޭ

އިސްތަންބޫލް، ތުރުކީ (ފެބްރުއަރީ 23) - ޔޫކްރެއިންގެ އިސްތިގްލާލަށް ހުރަސް އެޅޭ ކަމަށް ބަލައިނުގަންނާނެ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން، ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއަށް ފޯނުން ގުޅުއްވައި ވިދާޅުވެއްޖެ އެވެ.

"ޔޫކްރެއިންގެ އިސްތިގްލާލާއި ސަރަހައްދީ ހަމަޖެހުން ގެއްލޭ ފަދަ އެއްވެސް ފިޔަވަޅެއް" ތުރުކީން ބަލައިނުގަންނާނެ ކަމަށް އުރުދުގާން ވިދާޅުވި އެވެ.

ޕުޓިން ވަނީ އިރުމަތީ ޔޫކްރެއިންގެ ދެ ސަރަހައްދެއް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި އިއުލާނު ކުރެއްވުމަށް ފަހު، ސުލްހަ ބެލެހެއްޓުމުގެ ނަމުގައި ރަޝިއާގެ ސިފައިން އެ ދެ ތަނަށް ފޮނުއްވާފަ އެވެ. ރައްދުގައި ހުޅަނގުން ވަނީ ގިނަ ފިޔަވަޅުތަކެއް ރަޝިއާއާ ދެކޮޅަށް އަޅާފަ އެވެ.

ތުރުކީއަކީ ވެސް އެމެރިކާ އިސްވެ ހިންގާ ނޭޓޯ އަސްކަރީ ކޯލިޝަނުގެ މެމްބަރެއް ނަމަވެސް، ތުރުކީއިން ގެންގުޅެނީ ޔޫކްރެއިނާއި ރަޝިއާއާ އެކު ވެސް ގާތް ގުޅުމެކެވެ. ތުރުކީން ބޭނުން ވަނީ މައްސަލަ ހައްލު ކުރަން އެހީވާ މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށެވެ.

ތުރުކީގެ ރައީސް އޮފީހުން ބުނީ އަސްކަރީ ހަމަނުޖެހުމެއް ފަށައިފި ނަމަ އެއްވެސް ބަޔަކަށް ފައިދާ ނުވާނެ ކަމަށް އުރުދުގާން، ޕުޓިންއަށް ދެންނެވި ކަމަށެވެ. ތުރުކީއިން ހިތްވަރު ދޭނީ ޑިޕްލޮމެސީ އާއި މަޝްވަރާ ކުރިއަށް ނެރުމަށް ކަމަށް ވެސް އުރުދުގާން ވިދާޅުވި އެވެ.

"ހަމަނުޖެހުން ކުޑަކޮށް، ސުލްހަ ދަމަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ތުރުކީން އޮތީ ތައްޔާރަށް" ކަމަށް އުރުދުގާން ވިދާޅުވި އެވެ.

ޔޫކްރެއިން މަޝްރަހް ގޯސްވުމުން އުރުދުގާން ވަނީ އެފްރިކާއަށް ކުރައްވަމުން ދިޔަ ދަތުރު ކުރު ކުރެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފަ އެވެ.

ގައުމަށް އެނބުރި ވަޑައިގަންނަވަމުން ފްލައިޓްގައި އުރުދުގާން ނޫސްވެރިންނަށް ވިދާޅުވީ މި ހަމަނުޖެހުމުގައި ވަކި ގައުމެއް އިހްތިޔާރު ކުރަން ބޭނުން ނުވާ ކަމަށެވެ.

"ރަޝިއާ އާއި އަޅުގަނޑުމެންނާ ދެމެދު ސިޔާސީ އަދި އަސްކަރީ ގުޅުން އެބަ އޮތް. ހަމަ އެގޮތަށް ޔޫކްރެއިން އާއި އަޅުގަނޑުމެންނާ ދެމެދު ވެސް ސިޔާސީ، އަސްކަރީ އަދި އިގްތިސާދީ ގުޅުން އެބަ އޮތް."

"އަޅުގަނޑުމެން އެދެނީ ވަކި ގައުމެއް އިހްތިޔާރު ކުރަން ނުޖެހި މި މައްސަލަ ހައްލުވުން."

އުރުދުގާން ވަނީ އެމަނިކުފާނާއި ޕުޓިން އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ބައިވެރިވެވަޑައިގަންނަވާ ސަމިޓެއް ތުރުކީގައި ބާއްވަން ހުށަހަޅުއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox