ރަޝިއާ-ޔޫކްރޭން ބޯޑަރު ކައިރީގައި ތިބި ދިވެހި ދަރިވަރުން އެނބުރި ރާއްޖެއަށް އަންނަން ފަށައިފި

ރަޝިޔާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ހާރްކީވް: އެ ސިޓީގައި 35 ދިވެހި ދަރިވަރުން ތިބި ކަމަށް ފޮރިން މިނިސްޓްރީން ބުނޭ.

ރަޝިޔާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ހާރްކީވް: އެ ސިޓީގައި 35 ދިވެހި ދަރިވަރުން ތިބި ކަމަށް ފޮރިން މިނިސްޓްރީން ބުނޭ.

ހަނގުރާމައެއް ފެށުމަށް ތައްޔާރުވެ ހާލަތު ގޯސްވަމުންދާ ޔޫކްރޭންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތެރެއިން ރަޝިއާގެ ބޯޑަރާ އިންވެގެން އޮންނަ ހާރްކީވްގައި ތިބި ދަރިވަރުން އެނބުރި ރާއްޖެއަށް އަންނަން ފަށާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. އެއާއެކު، އެ ގައުމުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

ޔޫކްރެއިންގައި މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދެ އެވެ.

އެ ދަރިވަރުން އަނބުރާ ރާއްޖެއަށް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އަންގަވާފައިވާއިރު، ފޮރިން މިނިސްޓްރީން މިއަދު ބުނީ ރަޝިޔާގެ ބޯޑަރާ އެންމެ ކައިރި ސިޓީގައި ތިބި 35 ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރަކު މިހާރު ވެސް ރާއްޖެ އައިސްފައިވާ ކަމަށެވެ.

އަދި 25 ދަރިވަރަކު ރާއްޖެއަށް އައުމަށް މިއަދުގެ ވަގުތެއްގައި ޔޫކްރެއިނުން ފުރާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

"ހާރްކީވްގައި މިވަގުތު ބާކީ ތިބި ފަސް ދަރިވަރުން އެ ސިޓީ ދޫކޮށް ދިއުމަށް ދަނީ ތައްޔާރުވަމުން،" މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުންޏެވެ.

ޔޫކްރެއިން ސަރުކާރާ ވަކިވެގަނެގެން އުޅޭ ގްރޫޕްތަކުން ކޮންޓްރޯލް ކުރާ އެ ގައުމުގެ އިރުމަތީ ސަރަހައްދަށް ރަޝިއާ ސިފައިން އަރަން ރައީސް ލެޑިމިއަ ޕުޓިން ވަނީ އަމުރު ކުރައްވާފަ އެވެ.

ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ޕުޓިން ވަނީ އިރުމަތީ ޔޫކްރެއިންގެ ޑޮނެސްކް އަދި ލުހާންސްކް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަންނަން ނިންމަވާފަ އެވެ. ޕުޓިން ސޮއިކުރެއްވި ދެ ގަރާރެއްގެ ދަށުން އިރުމަތީ ޔޫކްރެއިންގެ އެ ދެ ސަރަހަދުގައި ރަޝިއާގެ ޑިފެންސް މިނިސްޓްރީން "ސުލްހަ ބެލެހެއްޓުމުގެ މަސައްކަތް" ކުރުމަށް އެންގެވި އެވެ.

ރަޝިއާގެ ނިންމުމާ އެކު ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އޭގެ އިތުރުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އަނެއްކާވެސް ވަނީ ދީފަ އެވެ.

އެގޮތުން އެންމެ ފުރަތަމަ އިއުލާނު ކުރީ އެމެރިކާ އިންނެވެ. ވައިޓް ހައުސް އިން ބުނީ ޑޮނެސްކް އާއި ލުހާންސްކްގައި އެއްވެސް އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއް ކުރުން އެމެރިކާގެ ރައްޔިތުންނަށް މަނާ ވާނެ ކަމަށެވެ.

ފްރާންސްގެ ރައީސް އޮފީހުން ބުނީ ދަތިކުރުމުގެ ފިޔަވަޅު އަމާޒު ކުރާނެ ރަޝިއާގެ ކުންފުނިތަކާއި ފަރުދުންގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކުރަމުންދާ ކަމަށެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ގައުމީ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އެމަނިކުފާނު ވަރަށް އަވަހަށް ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox