ފޯނެއްގެ ޕާސްވޯޑް ހޯދަން އަމުރު ނެރެނުދިން ސަބަބު ބަޔާންނުކުރުމުން އެ ނިންމުން ހައިކޯޓުން ބާތިލްކޮށްފި

ފުލުހުންތަކެއް: ޑްރަގް އޮޕަރޭޝަނަކަށް ހޯދަން އެދުނު އަމުރެއް ނެރެެދެވެން ނެތް ސަބަބު ބަޔާންނުކުރުމުން އެ ނިންމުން ވަނީ ބާތިލްކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ފުލުހުންތަކެއް: ޑްރަގް އޮޕަރޭޝަނަކަށް ހޯދަން އެދުނު އަމުރެއް ނެރެެދެވެން ނެތް ސަބަބު ބަޔާންނުކުރުމުން އެ ނިންމުން ވަނީ ބާތިލްކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން މީހެއްގެ މޮބައިލް ފޯނުގެ ލޮކް ކޯޑާއި ޕާސްވޯޑް ހޯދުމަށް އަމުރަކަށް އެދުމުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

އޮޕަރޭޝަނުގައި އަލީ ޒުބައިރު, އަހުމަދު މުޖާހިދު އަދި އަހުމަދު ސުނައިދު ހައްޔަރަށް ގެންގޮސް އެމީހުންގެ ފޯނުގެ މައުލޫމާތު ދިނުމަށް އެންގުމުން އެކަމަށް އިންކާރުކުރި އެވެ. އެހެންވެ, ފުލުހުންގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެކަމުގެ އަމުރަކަށް އެދުނެވެ.

އެ އަމުރަށް އެދުމަށްފަހު, މައްސަލާގައި އަޑުއެހުމެއް ބާއްވައިދިނުމަށް ދައުލަތުން އެދުނެވެ. ނަމަވެސް, ކޯޓުން އެންގީ ލިޔުމުން މައުލޫމާތުތައް ހިއްސާކުރުމަށް ކަމަށްވީ ނަމަވެސް, ދައުލަތުން ބުނަމުން ދިޔައީ މައްސަލައިގެ ބާވަތުން ތަފްސީލް ދޭން ބޭނުން ވަނީ ކޯޓަށް ހާޒިރުވެގެން ކަމަށެވެ.

ދައުލަތުން އެދުނު ގޮތަށް އަޑުއެހުމެއް ބޭއްވުމަކާ ނުލައި ކުރިމިނަލް ކޯޓުން ނިންމީ މޮބައިލްގެ ޕާސްވޯޑް ދިނުމަށް އަންގައި އަމުރު ނެރޭނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް, އެގޮތަށް ގާޒީ ކަނޑައެޅުއްވި ވަކި ސަބަބެއް ބަޔާންކޮށްފައެއް ނެތެވެ.

އެހެންވެ, ދައުލަތުގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރީ, އަމުރާމެދު ގޮތެއް ނިންމުމުގެ ކުރިން އަޑުއެހުމެއް ބާއްވާފައިނުވާތީ އާއި އަމުރުގައި އެ އަމުރު ނެރެނުދޭ ވަކި ސަބަބެއް ބަޔާންކޮށްފައިނުވާތީ އެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސެއިން މަޒީދުގެ ރައުޔުގައި ނިންމެވީ ދައުލަތުގެ އިސްތިއުނާފީ ދެ ނުކުތާ ވެސް ބަލައިގަތުމަށެވެ.

އެގޮތުން, ފަނޑިޔާރު ވިދާޅުވި ގޮތުގައި, މޮބައިލްގެ ޕާސްވޯޑް ފަދަ ތަކެތި ހޯދުމުގެ އަމުރަށް އެދުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމާއި އެފަދަ އަމުރުތަކަށް އެހެނިހެން އަމުރުތަކަށް އެދޭ ފޯމްގައި އެދެވޭނެ އެވެ. އެހެންކަމަށްވާއިރު, އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައަޅާނަމަ, ގޯސްކޮށް ކަމުގައި ފަނޑިޔާރު ދެކެ އެވެ.

އޭގެއިތުރުން, މައްސަލާގައި އަޑުއެހުމެއް ބާއްވައިދިނުމަށް އެދިފައިވަނިކޮށް, އެކަން ނުކޮށް އަމުރު ނެރެދެވެން ނެތް ކަމަށް ކަނޑައެޅީ ވެސް ރަނގަޅަށް ނޫން ކަމަށް ސަބަބުތަކާ އެކު ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

ކޯޓު އަމުރަށް އެދި ހުށަހަޅާ ހުށަހެޅުމާ ގުޅޭގޮތުން ދައުލަތުން އަޑުއެހުމެއް ބާއްވައިދިނުމަށް އެދިއްޖެނަމަ، އެފަދައިން އަޑުއެހުމެއް ބާއްވަން ޖެހޭކަމަށް ބަޔާންކޮށްފައިވާ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ ގާނޫނީ އުސޫލެއް ރާއްޖޭގައި ނެތެވެ.

ނަމަވެސް, ފަނޑިޔާރު ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ކޯޓު އަމުރު ނެރެދޭންޖެހޭފަދަ އެކަށީގެންވާ ގާނޫނީ ސަބަބު ހުށަހެޅިފައިވާކަމަށް ފަނޑިޔާރަށް ގާބޫލުކުރެވޭނަމަ، އަޑުއެހުމެއް ބޭއްވުމަކާ ނުލައި ކޯޓު އަމުރު ނެރުމެވެ. އެފަދަ ގޮތަކަށް ފަނޑިޔާރަށް ގަބޫލު ނުކުރެވޭނަމަ, އަމުރަށް އެދުނު ފަރާތް ހާޒިރުކޮށް އަމުރު ނެރުމާމެދު ގޮތެއް ކަނޑައެޅުމެވެ.

ކޯޓު އަމުރު ނެރެދޭންޖެހޭފަދަ އެކަށީގެންވާ ގާނޫނީ ސަބަބު ހުށަހެޅިފައިވާ ކަމަށް ފަނޑިޔާރަށް ގަބޫލުނުކުރެވޭނަމަ އަދި ދެފަރާތް ހާޒިރުކޮށްގެން އަޑުއެހުމެއް ބާއްވައިދިނުމަށް އަމުރަށް އެދުނު ފަރާތުން އެދޭ ހާލަތުގައި، ދެފަރާތް ހާޒިރުކޮށްގެން އަޑުއެހުމެއް ބާއްވައި އަމުރު ނެރެދިނުމާމެދު ގޮތެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ފަނޑިޔާރު ލިޔުއްވި އެވެ.

ފަނޑިޔާރު މަޒީދާ އެއްގޮތަށް ދެން ބެންޗުގައި ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ފާތިމަތު ފަރްހީޒާ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވެސް ދެކޭ ގޮތުގައި އަމުރު ނެރެދެވެން ނެތް ކަމަށް ކަނޑައަޅައި ސީދާ ސަބަބު ބަޔާންކުރަން ޖެހޭނެ އެވެ. އެހެންވެ, އެ ދެ ފަނޑިޔާރުން ވެސް އިސްތިއުނާފީ ފުރަތަމަ ނުކުތާ ބަލައިގަތެވެ.

ނަމަވެސް, އިސްތިއުނާފީ ދެވަނަ ނުކުތާއާމެދު ދެ ފަނޑިޔާރުންގެ ރައުޔު ފަނޑިޔާރު މަޒީދުގެ ރައުޔާ ހިލާފެވެ.

އެގޮތުން, ދެ ފަނޑިޔާރުންގެ ރައުޔުގައިވާ ގޮތުން މިމައްސަލަތަކުގައި އަޑުއެހުމެއް ބާއްވައިދިނުމަށް އެދި ދައުލަތުން ފޮނުވި ސިޓީގައި، އެހެން މައްސަލަތަކާ ހިލާފަށް މި މައްސަލާގައި ވަކިން ހާއްސަކޮށް އަޑުއެހުމެއް ބޭއްވުން މުހިއްމުވާ ސަބަބެއް ބަޔާންކޮށްފައިނުވެ އެވެ.

ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން ލިބޭ ބާރެއް ތަންފީޒުކުރުމުގެ ގޮތުން ވަކި މައްސަލައެއްގައި އިސްތިސްނާއީ ގޮތެއްގައި އަޑުއެހުމެއް ބާއްވައިދިނުމަށް އެދޭނަމަ އެ މައްސަލައާ އެހެން މައްސަލަތަކާ ފަރަގު ކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ބުނެދޭންވާނެ ކަމުގައި ދެކޭ ކަމަށް ރައުޔުގައިވެ އެވެ.

"...އެހެންކަމުން، އާންމު އުސޫލުން މިބާވަތުގެ އަމުރު ނެރުމުގައި އަމަލު ކުރެވޭ އުސޫލާ އެއްގޮތަށް އަޑުއެހުމަކާ ނުލައި އަމުރާ މެދު ގޮތެއް ނިންމި ނިންމުމަކީ ގާނޫނު އަސާސީގެ 223 ވަނަ މާއްދާއާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 25 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމުގައި ނުދެކެމެވެ," ރައުޔުގައި ކަނޑައެޅި އެވެ.

އެކަމަކު, ކުރިމިނަލް ކޯޓުން ނިންމުން ބިނާ ކުރި ސަބަބު ސާފުކޮށް އެނގެން ނެތުމުން ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައިކޯޓުން ހުކުމްކުރީ ކުރިމިނަލް ކޯޓުގެ އެ ނިންމުން ބާތިލްކުރުމަށެވެ.

ދައުލަތުން ހައިކޯޓުގައި އެފަދަ އަމުރެއް ނެރެދިނުމަށް އެދިފައިވީ ނަމަވެސް, އެ ކޯޓުން ކަނޑައެޅީ އަމުރު ނުނެރުމަށް ނިންމުމުގައި ހެކި ގަރީނާ ވަޒަންކޮށް އަމުރު ނެރުމުގައި ރިއާޔަތްކުރަންޖެހޭ އެއްވެސް ކަމަކާ މެދު ދަށު ކޯޓުން ގޮތެއް ނިންމާފައި ނުވާތީ އަމުރު ނެރުމާ މެދު މިހިނދުގައި ހައިކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށެވެ. ނަމަވެސް, އެ އަމުރަށް އެދި ކުރިމިނަލް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ހައިކޯޓުގެ ހުކުމާ އެކު ދައުލަތަށް އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox