ކޮވިޑް ނިންމާލައި ސްކޫލްތައް އާއްމު ހާލަތަށް ގެނަން ޖެހޭ: އާޒިމް

ރައްުޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ކޮވިޑް ނިމިއްޖެ ކަމަށް ސަރުކާރަށް ދަންނަވަން ޖެހޭ ކަމަށް އޭނާ މިއަދު ވިދާޅުވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްުޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ކޮވިޑް ނިމިއްޖެ ކަމަށް ސަރުކާރަށް ދަންނަވަން ޖެހޭ ކަމަށް އޭނާ މިއަދު ވިދާޅުވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ކޮވިޑް ނިމިއްޖެ ކަމަށާއި ތައުލީމީ ނިޒާމު ކުރީގައި އޮތް ގޮތަށް އަނބުރާ ރުޖޫއަވާން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދަންނަވަން ޖެހޭ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް މިއަދު ވިދާލުޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރަކަށް ބަހުސްކުރައްވަމުން އާޒިމް ވިދާޅުވީ ތައުލީމީ ދާއިރާއަށް މިހާރު އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތައް ކަަމަށެވެ. ތައުލީމަށް ހުރަހެއް އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

"ތައުލިމަށް މިވަގުތު، އަޅުގަނޑު ދެކޭ ގޮތުގައި އެޅޭ އެންމެ ބޮޑު ހުރަކީ ކޮވިޑްގެ ހުރަސް. އަަޅުގަނޑުމެން އެ ހުރަހުން އަރައިގަންނަން އެބަ ޖެހޭ،" އާޒިމް ވިދާޅުވި އެވެ.

ކޮވިޑް ފެތުރެން ފެށުމާ އެކު ރާއްޖޭގައި އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް އުވައެއް ނުލަ އެވެ. އެއީ "ބޮޑް ޖޯކެއް" ކަމަށް އާޒިމް ސިފަކުރެއްވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އެތައް ގާނޫނުތަކެއް ސަސްޕެންޑްވެފައި އެބަހުރި ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވަމުން އާޒިމް ސުވާލުކުރެއްވީ މިހާ ދިގުމުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓި އެހެން ގައުމެއް އެބަ އޮތްތޯ އެވެ. ކޮވިޑް ކޮންޓްރޯލްކުރަން ރާއްޖޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ "މާފިޔާ ވިޔަފާރިއެއް" ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

"ކޮވިޑްގެ މި މާފިޔާ ވިޔަފާރީގެ ސަބަބުން އަޅުގަނޑުމެންގެ ދަރިވަރުންނަށް މި އެޅިފައިވާ ހުރަސް މިހާރު އެބަ ޖެހޭ ސަރުކާރުން ނައްތައިލަން،" އާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީގެ 80 ޕަސެންޓް މީހުންނަށް މިހާރު ކޮވިޑްގެ ވެކްސިނުގެ ދެޑޯޒް ދެވިއްޖެކަމަށާއި ބޫސްޓާ ޑޯޒް ވެސް (ގިނަ ބަޔަކަށް) ދެވިއްޖެ ކަމަށާއި އެހެންވީމާ މާސްކް އެެޅުން މިހާރު ހުއްޓައިލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ކޮވިޑަކީ އާދައިގެ ރޯގާއެއް ކަމަށް އިއުލާނުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މަޖިލީހުން އެބަ ޖެހޭ ސަރުކާރަށް ގޮވައިލަން، ސަރުކާރަށް ދަންނަވަން މިހާރު ދެން ކޮވިޑް ނިމިއްޖޭ،" އާޒިމް ވިދާޅުވި އެވެ.

ކުރީގެ ދިރިއުޅުމަށް އަނބުރާ ރުޖޫއަވާން ޖެހިއްޖެ ކަމަށާއި ތައުލީމީ ނިޒާމު ކުރީގެ ހާލަތަށް އިއާދަކުރަން ޖެހިއްޖެ ކަމަށް ވެސް މަޖިލީހުން ސަރުކާރަށް ދަންނަވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރަން ރާއްޖޭގައި ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ތެރެއިން ގިނަ ފިޔަވަޅުތަކެއް މިހާރު ވަނީ އުވައިލައިފަ އެވެ. އެހެން ނަމަވެސް އެބައްޔަށް މީހުން ޓެސްޓްކޮށް ޕޮޒިޓިވްވާ މީހުން ކަރަންޓީނު ކުރުމާއި މާސްކް އެޅުން ފަދަ ފިޔަވަޅުތައް އަދިވެސް އުވައިނުލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox