ޔުވެންޓަސް އެއްވަރު، ލިލް ބަލިކޮށް ޗެލްސީން ކޮންޓްރޯލް ނަގައިފި

Feb 23, 2022, 2:10 AM
ޗެލްސީގެ ޕުލިސިކް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ޕުލިސިކް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ފެބްރުއަރީ 23) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުގައި ޔުވެންޓަސް އާއި ވިޔަރެއާލް 1-1 އިން އެއްވަރުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން 2-0 އިން ލިލް ބަލިކޮށް މެޗުގެ ކޮންޓްރޯލް ނަގައިފި އެވެ.

ވިޔަރެއާލް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 32 ވަނަ ސިކުންތުގައި ޔުވެންޓަސްގެ ފޯވާޑް ޑޫސާން ވްލަހޯވިޗް ވަނީ އެ ޓީމަށް ލީޑުނަަގައިދީފަ އެވެ. މިއީ މިދިޔަ މަހު ބޮޑު އަގުގައި ޔުވެންޓަސްއާ ގުޅުނު ވްލަހޯވިޗް ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗެެވެ. އޭނާ މި ގޯލު ޖެހީ ޑަނީލޯ ނަގައިިދިން ބޯޅައެއް މެއިން ކޮންޓްރޯލް ކުރުމަށް ފަހު ތިރިތިރިން ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގެ 12 ވަނަ މިނިޓްގައި ވިޔަރެއާލަށް އެއްވަރުކޮށްދޭން ޖިއޮވާނީ ލޮ ސެލްސޯ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އޭގެ ތިން މިނިޓް ފަހުން ވިޔަރެއާލްގެ އާނޯޓް ޑަންޖޫމާ ޖެހި ބޯޅަ ޔުވެންޓަސް ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ޔުވެންޓަސްގެ ލީޑުފުޅާކޮށްދޭން އަލްވާރޯ މޮރާޓާ ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ.

ވްލަހޯވިޗް (ވ) ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލަނީ.

ވިޔަރެއާލަށް އެއްވަރުކޮށްދިނީ މެޗުގެ 65 ވަނަ މިނިޓްގައި ޑަނީ ޕަރޭހޯ އެވެ. އެޓިއެން ކަޕޫ ހުސްކޮށްލާފައި އޭރިއާތެރެއިން ޕަރޭހޯ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އަލުން ޔުވެންޓަސް އަށް ލީޑުނަގައިދޭން ވްލަހޯވިޗް ފޮނުވާލި ހަމަލާ ހުއްޓުވީ ވިޔަރެއާލް ކީޕަރު ޖެރޮނީމޯ ރޫލީ އެވެ.

ޗެލްސީން ރޭ އަމިއްލަ ދަނޑުގައި ކުޅުުނު މެޗުގެ އަށް ވަނަ މިނިޓްގައި ލީޑުނެގީ ކައި ހަވާޓްޒް ޖެހި ގޯލުންނެވެ. ރޮމެލޫ ލުކާކޫ ބެންޗުގައި ބައިންދައިގެން ފެށި މި މެޗުގައި ހަވާޓްޒް ލީޑުނަގައިދިން ލަނޑު ޖަހައިދިނީ ހަކީމް ޒިޔެޗް ނެގި ކޯނަރަކުން ބޮލުންނެވެ. މި ގޯލުގެ ކުރިން ހަވާޓްޒް އަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ. އެކަމަކު، ތިން ވަނަ ފަަހަރު ލިބުނު ބޯޅަ އޭނާ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގައި ލިލް އިން އެ ޓީމުގެ ކުރިއަށް ކުޅޭ ޖޮނަތަން ޑޭވިޑަށް ބޯޅަ ދީގެން އެޓޭކެއް ކުރެވޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވި އެވެ. ޗެލްސީ އަށް ފުރަތަމަ ހާފުގައި ލީޑުފުޅާކޮށްދޭން މާކޯސް އަލޮންސޯ އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ އަމާޒުވީ ލިލް ކީޕަރު ލެއޯ ޖާޑިމް އަތަށެވެ.

ޗެލްސީގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 63 ވަނަ މިނިޓްގައި ކްރިސްޓިއަން ޕުލިސިޗް އެވެ. ކައުންޓަ އެޓޭކެއްގައި އެންގޯލޯ ކާންޓޭ ހިފައިގެން އައި ބޯޅަ އޭރިއާތެރެއިން ހުސްކޮށްލާފައި ޕުލިސިޗަށް ދިނުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.

ޗެލްސީން ލިލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗާއި ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ވިޔަރެއާލާ ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox