ދުނިޔޭގައި ބޭނުންކުރާ ޕްލާސްޓިކްގެ 10 ޕަސެންޓް ވެސް ރީސައިކަލް ނުކުރެވޭ

ޕްލާސްޓިކް ފުޅިތަކެއް. -- ފޮޓޯ: އޭއެފްޕީ

ޕްލާސްޓިކް ފުޅިތަކެއް. -- ފޮޓޯ: އޭއެފްޕީ

ދުނިޔޭގައި ބޭނުން ކުރާ ޕްލާސްޓިކްގެ 10 ޕަސެންޓް ވެސް ރީސައިކަލް ނުކުރެވޭ ކަމަށް އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕޮރޭޝަން އެންޑް ޑެވެލޮޕްމަންޓްގެ ރިޕޯޓެއްގައި ބުނެފި އެވެ.

އެ ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރު 460 މިލިއަން ޓަނުގެ ޕްލާސްޓިކް ބޭނުންކޮށްފައިވެ އެވެ. އެއީ 2000 ވަނަ އަހަރާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ.

އެ މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކުނީގެ އަދަދު ދެ ގުނައަށް ވުރެ ވެސް މަތިވެ، 353 މިލިއަން ޓަނަށް އަރާފައިވާ ކަމަށް އޯއީސީޑީގެ ހޯދުންތަކުގެ މައްޗަށް ހެދި ރިޕޯޓުގައިވެ އެވެ.

Advertisement

"ޕްލާސްޓިކް ކުނީގެ ތެރެއިން ރީސައިކަލް ކުރަނީ އެންމެ ނުވަ ޕަސެންޓް. ނަވާރަ ޕަސެންޓް އިންސިނެރޭޓް ކުރާއިރު، 50 ޕަސެންޓް ކުނިގޮނޑުތަކަށް އުކާލަނީ،" ގްލޯބަލް ޕްލާސްޓިކްސް އައުޓްލުކް ރިޕޯޓުގައިވެ އެވެ.

"ބާކީ 22 ޕަސެންޓު އަންދަނީ ނުވަތަ ތިމާވެށީގެ ތެރެއަށް ލީކުވަނީ."

ކޮވިޑްގެ ބަލިމަޑުކަމާ ހެދި 2019 ވަނަ އަހަރާ އަޅާ ބަލާއިރު 2020 ވަނަ އަހަރު ބޭނުންކުރި ޕްލާސްޓިކްގެ އަދަދު 2.2 ޕަސެންޓު މަދުވި އެވެ. ނަމަވެސް އެއް ފަހަރު ބޭނުން ކުރާ ޒާތުގެ ޕްލާސްޓިކް އިތުރުވި އެވެ.

ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އޯއީސީޑީން ހުށަހަޅަނީ ރީސައިކަލް ކުރާ ޕްލާސްޓިކަށް އޮތް މާކެޓް ފުޅާ ކުރުމަށެވެ.

އޭގެ އިތުރުން ޕްލާސްޓިކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް އާ އީޖާދުތަކާއި ޓެކްނޮލޮޖީތައް މުހިއްމު ކަމަށާއި ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރުން ވެސް މުހިއްމު ކަމަށް ފާހަގަކުރި އެވެ.

ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ކުނި މެނޭޖު ކުރުމުގެ ނިޒާމު ވަރުގަދަ ކުރަން އަހަރަކު 28 ބިލިއަން ޑޮލަރު ހޭދަކުރަން އެ ޖަމިއްޔާއިން ގޮވާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox