"ދުނިޔޭގެ އެންމެ ރީތި އިމާރާތް" ޑުބާއީގައި ހުޅުވައިފި

ޑުބާއީގެ މިޔުޒިއަމް އޮފް ދަ ފިޔުޒާ އިމާރާތް. -- ފޮޓޯ: އޭއެފްޕީ

ޑުބާއީގެ މިޔުޒިއަމް އޮފް ދަ ފިޔުޒާ އިމާރާތް. -- ފޮޓޯ: އޭއެފްޕީ

ދުނިޔޭގެ އެންމެ ރީތި އިމާރާތުގެ ގޮތުގައި އިޝްތިހާރު ކުރަމުންދާ ޑުބާއީގެ އާދަޔާ ހިލާފު މިޔުޒިއަމް އޮފް ދަ ފިޔުޗާ އަންގާރަ ދުވަހު އާއްމުކޮށް ހުޅުވާލައިފި އެވެ.

ހަތް ފަންގިފިލާއަށް އަދި ރިހި ކުލައިގެ ބިހެއްގެ ބައްޓަމަށް ހަދާފައިވާ އިމާރާތުގެ ބޭރު ޒީނަތްތެރިކޮށްފައި ވަނީ އަރަބި ކެލިގްރެފީންނެވެ. އެ ޑިޒައިނަށް މުޅިން ވެސް ބޭނުންކޮށްފައު ވަނީ ޑުބާއީގެ ވެރިޔާ ޝެއިހް މުހައްމަދު ބިން ރާޝިދް އަލް މަހްތޫމްގެ ކޯޓޭޝަންތަކެވެ.

އެ މިޔުޒިއަމްގައި އާއްމު ކުރާނެ ތަކެތި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ތަން އިންތިޒާމް ކުރާ ފަރާތުން ބުނީ އެގްޒިބިޓް ކުރާނީ މުސްތަގްބަކުގެ ޑިޒައިނާއި ޓެކްނޮލޮޖީގެ އާ އުފެއްދުންތަައް ކަމަށާއި ޒިޔާރަތް ކުރާ މީހުންނަށް "2071 ވަނަ އަހަރަށް ދަތުރު ކުރެވޭނެ" ކަމަށެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތް ބުރްޖް ހަލީފާ ކައިރީގައި ހުންނަ މިޔުޒިއަމް ޕްރޮމޯޓް ކުރަމުން ދަނީ "ދުނިޔޭގެ އެންމެ ރީތި އިމާރާތު"ގެ ގޮތުގަ އެވެ.

ޔޫއޭއީއިން ދަނީ ތެލަށް ބަރޯސާވެފައި އޮތް އިގްތިސާދު އެހެން ސިނާއަތްތަކުން ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ވިޔަފާރި އާއި ފަތުރުވެރިކަމަށް ބޮޑު އިސްކަމެއް ދެ އެވެ.

އޭގެ އިތުރުން ޖައްވީ ސިނާއަތް ވެސް ފުޅާކޮށް، 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް ވަނީ އެސްޓްރޮނޯޓަކު ޖައްވަށް ފޮނުވާފަ އެވެ.

އޭގެ ފަހުން 2021 ވަނަ އަހަރު "އާމަލް" ނުވަތަ އުއްމީދުގެ ނަން ދީފައިވާ ކުޑަ ޖައްވީ އުޅަނދެއް މާސްގެ އޯބިޓަށް ފޮނުވި އެވެ. ޔޫއޭއީއަކީ އެފަދަ ކަމެއް ހާސިލްކުރި ފުރަތަމަ އަރަބި ގައުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox