އެމްޑީޕީގެ ޓިކެޓުގައި ނަސީމް ކުރެންދޫ ރައީސަކަށް ވާދަކުރަނީ

ކުރެންދޫ ކައުންސިލް ރައީސް ކަމަށް އެމްޑީޕީއިން ނެރޭ ކެންޑިޑޭޓް --

ކުރެންދޫ ކައުންސިލް ރައީސް ކަމަށް އެމްޑީޕީއިން ނެރޭ ކެންޑިޑޭޓް --

މިދިޔަ މަހުުގެ 10 ވަނަ ދުވަހު ޅ. ކުރެންދޫ ކައުންސިލް ރައީސްގެ މަގާމާއި، އެ އަތޮޅު ކައުންސިލްގެ ނައިބުކަން ކުރައްވަމުން ގެންދެވި އިބްރާހީމް ސިމާއު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމްޑީޕީގެ ޓިކެޓުގައި އެ ރަށު ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓަކު ނެރެފި އެވެ.

އަންނަ މަހުގެ 26 ގައި ބޭއްވުމަށް ނިންމާފައިވާ އެ އިންތިހާބަށް ޝައުގުވެރިވާ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމަށް ވަގުތު ހުޅުވާލާފައި ވަނީ މާދަމާގެ ތިނެއް ޖެހުމާ ހަމައަށެވެ.

އެހެންވެ އެ މަގާމަށް އެމްޑީޕީއިން ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށް އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ނަން ހުށަހެޅުމަށް ހުޅުވައިލި އެވެ. ނަމަވެސް ސުންގަނޑި ހަމަވުމާ ހަމައަށް އިތުރު ފަރާތެއް ކުރިމަތިލާފައި ނުވާތީ އެޕާޓީގެ ފަރާތުން އެ ރަށު ކަައުންސިލް ރައީސްގެ މަގާމަށް ވާދަކުރުމުގެ ޓިކެޓް ލިބިފައި ވަނީ އަލީ ނަސީމް އަށެވެ.

މިހާރު ކުރެންދޫ ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރުކަން ކުރައްވަމުން ގެންދަވާ ނަސީމް ވަނީ މީގެ ކުރިން ވިލިމާލެއާ، ދަރުމަވަންތަ ހޮސްޕިޓަލުގެ ސެކްޝަނެއްގެ އެޗްއޯޑީއެއްގެ މަގާމުވެސް ފުރުއްވާފަ އެވެ. 2002 ވަނަ އަހަރު އައިޖީއެމްއެޗްއަށް އިލެކްޝަން ޓްރެއިނީއަކަށް ވަދުނު ނަސީމްއަށް އެހާ ހިސާބަށް ދެވުނީ މަގާމުގެ ކުރިއެރުންތަކުގެ ސަބަބުންނެވެ. އޭނާ އެ ހޮސްޕިޓަލުން ވަކިވުމަށްފަހު ރަށަށް ދިރިއުޅުން ބަދަލުވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ނަސީމްގެ އިތުރުން އެހެން ޕާޓީގެ ކެންޑިޑޭޓެއް އެ ދާއިރާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމެއް އަދި އެނގިފައި ނުވެ އެވެ. އެއީ އެއްވެސް މީހަކު މީހަތަނަށް އެ މަގާމަށް ވާދަކުރަން އީސީއަށްވެސް ފޯމުލާފައި ނުވާތީ އެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ މާޗު 26 ވާ ހޮނިހިރު ދުވަހުގެ 8 އިން 3 އަށެވެ. އިންތިހާބަށް ފަހު، ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގަ އެވެ.

އީސީއިން މައުލޫމާތު ދޭ ގޮތުގައި އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައި ވަނީ މާޗު 28 ވާ ހޯމަ ދުވަހު އެވެ.

ކުރެންދޫ ކައުންސިލްގައި ހިމެނެނީ މުޅީންވެސް އެމްޑީޕީގެ މެންބަރުންނެވެ. އެ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް މެންބަރުން ނިސްބަތް ވަނީ ވެސް އެމްޑީޕީއަށެވެ.

އަމިއްލަ ސަބަބުތަކަށްޓަކައި، މާލެއަށް ދިރިއުޅުން ބަދަލު ކުރަން ޖެހުމާއި ގުޅިގެން ސިމާއު އެ މަގާމުން އިސްތިއުފާ ދެއްވިއިރު، އޭނާ ވަނީ މިދިޔަ ދައުރުގައި ވެސް އެ މަގާމު ފުރުއްވާފަ އެވެ. އަދި ނިމިދިޔަ ދައުރުގައި އޭނާއަކީ ޅ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ފާހަގަކޮށްލެ ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox