ޖޭއެސްސީ ބަަދަލުކުރަން ހުށަހެޅި ބިލު މިފަހަރު ވެސް ބަލައެއްނުގަތް

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން އޭނާ ދެވަނަ ފަހަރަށް ހުށަހެޅުއްވުމުން ވެސް މަޖިލީހަށް އެ ބިލް ބަލައިގަންނަން ފާހެއް ނުވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން އޭނާ ދެވަނަ ފަހަރަށް ހުށަހެޅުއްވުމުން ވެސް މަޖިލީހަށް އެ ބިލް ބަލައިގަންނަން ފާހެއް ނުވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ސިޔާސީ މީހުން ނުތިބޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އެކުލެވުން ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީއަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި ދެވަނަ ބިލުވެސް މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށް ވިޔަސް، ތޯރިގު ހުށަހެޅުއްވި ބިލަށް ތާއީދު ނުކުރައްވައި މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ގިނަ ބަދަލުތަކެއް ހުރި އިރު، އެ ބަދަލުތައް ގެންނާނީ އެއްފަހަރާ ކަމަށެވެ. ޖޭއެސްސީ އިސްލާހުކުރުމަކީ އެމްޑީޕީން ކުރާނެ ކަމެއް ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

ތޯރިގު ހުށަހެޅުއްވި ބިލުގެ ބަހުސް ނިމުން މިއަދުގެ ޖަލްސާގައި އެ ބިލަށް ނެގި ވޯޓުގައި ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ. އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 46 މެމްބަރަކު ވޯޓް ދެއްވި އިރު ވަކި ގޮތަކަށް ވޯޓް ނުދެއްވައި އެއް މެމްބަރަކު އިންނެވި އެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން ތޯރިގު މީގެ ކުރިން ވެސް އެއް ފަަހަރު ހުށަހެޅުއްވި އެވެ. އެ ފަހަރުވެސް މަޖިލީހުން ފާސްކުރީ އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށެވެ.

ޖޭއެސްސީ ގައި ހިމަނަން ތޯރިގު ހުށަހެޅުއްވި މެމްބަރުން:

  1. އުއްތަމަފަނޑިޔާރު
  2. ހައި ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް
  3. ދަށު ކޯޓްތަކުން އިންތިހާބުކުރާ ފަނޑިޔާރެއް
  4. ވަކީލުން އިންތިހާބުކުރާ ވަކީލެއް
  5. ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންްގެ ތެރެއިން އިންތިހާބުކުރާ ލެކްޗަރާ އެއް.
  6. ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި، މަޖިލީހުން ރުހުންދޭ ތަޖުރިބާ ކާރެއް.

ސިޔާސީ އެއްވެސް އެއްވެސް ފަރާތެއް ޖޭއެސްސީގައި ނުހިމެނޭ ގޮތަށް އޮތް އެ ބިލުގެ ބަހުސް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހު ބިލުގެ ތައާރަފްގައި ތޯރިގު ދެެއްކެވި ވާހަަކައަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު އިއްވެވި ލިޔެފައިވާ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ސިޔާސީ މީހުންނަކީ ސީދާ ރައްޔިތުން އިންތިހާބުކުރާ ބައެއް ކަމަށެވެ. އެ އިރެއްގައި ރައްޔިތުންގެ ވިންދު ހުރިގޮތް ތަމްސީލުކުރަން މަޖިލީހުގެ މެމްބަރުން ނޫން ބައެއް ނެތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox