ޑްރަގް އޮޕްރޭޝަނެއްގައި ގޯސްތަކެއް ފާހަގަވުމުން ސީޕީ ޕޮލިސް ބޯޑަށް ހާޒިރުކުރަނީ

ސީޕީ މުހައްމަދު ހަމީދު: ސީޕީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންނަށްވެސް ގޯސް ހެދޭ ނަމަވެސް ކޮންމެ ފަހަރަކު އެއީ ފުލުހުންގެ އިހުމާލުންވާ ކަންކަން ނޫން ކަމަށް، ނިޒާމުގެ ތެރޭގައި ހަރުދަނާ ކުރަން ޖެހޭ ކަންކަންވެސް ހުރި ކަމަށް-- ފޮޓޯ: އާއިމް ޒަމީރު / އަދަދު

ސީޕީ މުހައްމަދު ހަމީދު: ސީޕީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންނަށްވެސް ގޯސް ހެދޭ ނަމަވެސް ކޮންމެ ފަހަރަކު އެއީ ފުލުހުންގެ އިހުމާލުންވާ ކަންކަން ނޫން ކަމަށް، ނިޒާމުގެ ތެރޭގައި ހަރުދަނާ ކުރަން ޖެހޭ ކަންކަންވެސް ހުރި ކަމަށް-- ފޮޓޯ: އާއިމް ޒަމީރު / އަދަދު

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގޯސްތަކެއް ހިނގައިފައިވާ ކަމަށް ބުނެ، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، ޕޮލިސް ބޯޑަށް މާދަމާ ހާޒިރުވާން އަންގައިފި އެވެ.

މިއީ، 2020ގެ ޑިސެމްބަރު މަހު އަމަލުކުރަން ފެށި ފުލުހުންގެ އާ ގާނޫނުގެ ދަށުން، ސީޕީ ޕޮލިސް ބޯޑަށް ގެންދާ ފުރަތަމަ ފަހަރެވެ. ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތައް ބަލާނީ ޕޮލިސް ބޯޑުންނެވެ.

ނޫސްވެރިންނާއެކު މިއަދު ބޭއްވި ހާއްސަ ބައްދަލުވުމެއްގައި، ސީޕީ ވިދާޅުވީ މާދަމާ 2:00ގައި ޕޮލިސް ބޯޑަށް ހާޒިރުވާން އަންގައިފައިވާ ކަމަށެވެ.

"އެއީ ދާދި ފަހަކުން މާލެ ސަރަހައްދުގަ އާއި މިތާ ކައިރި އަތޮޅެއްގަ ހިނގައިދިޔަ އޮޕަރޭޝަނެއްގައި، ފުލުހަކު ހިންގި އިޖުރާއަތެއް، ގޯސްކޮށް ހިންގީ ނުރަނގަޅު ނިޔަތެއްގައި ކަމަށް އަޅުގަނޑުމެންގެ ދައުލަތުގެ ތެރެއިން ބައެއް މުވައްސަސާތަކަށް ގަބޫލުކުރެވިގެން ހާޒިރުކުރަނީ," ސީޕީ ވިދާޅުވި އެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންނަށް ވެސް ގޯސް ހެދޭ ނަމަވެސް ކޮންމެ ފަހަރަކު އެއީ ފުލުހުންގެ އިހުމާލުންވާ ކަންކަން ނޫން ކަމަށެވެ. އެކަމުގައި ނިޒާމުގެ ތެރޭގައި ހަރުދަނާ ކުރަން ޖެހޭ ގިނަ ކަންކަން ހުރި ކަން ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox