އެމްޑީޕީ މެމްބަރުންގެ ހިޔާލުތަފާތުވެ، "އިންޑިއާ އައުޓް" ހުއްޓުވާ ބިލު ޕާކްކޮށްފި

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް، މަޖިލީހުގެ ޖަލްސާއެއްގައި އެހެން މެމްބަރަކާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ހާރިޖީ ގުޅުންތަކަށް އަސަރުކުރާ ކަންތައްތައް ހުއްޓުވާ ބިލާ މެދު ބައެއް މެމްބަރުންގެ ހިޔާލުތަފާތުކަަމަށް.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް، މަޖިލީހުގެ ޖަލްސާއެއްގައި އެހެން މެމްބަރަކާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ހާރިޖީ ގުޅުންތަކަށް އަސަރުކުރާ ކަންތައްތައް ހުއްޓުވާ ބިލާ މެދު ބައެއް މެމްބަރުންގެ ހިޔާލުތަފާތުކަަމަށް.

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން އަމާޒުކޮށް، ހުށަހަޅަން އުޅުނު ބިލާ މެދު އެމްޑީޕީން އަލުން ގޮތެއް ނިންމުމަށްޓަކައި ބިލު ހުށަނާޅައި ބާއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަަސަރުކުރާ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލު މަޖިލީހަށް މިހަފްތާގައި ހުުށަހަޅަން ކުުރިން ނިންމާފައި އޮތް ނަމަވެސް އެ ބިލު ހުށަނޭޅުނީ ވަގުތުގެ ގޮތުން ކަމަށެވެ. އޭނާ އެވިދާޅުވީ ބެލެވޭ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަޝިޕްގެ އިންތިހާބުގެ ވާހަކަ އެވެ.

"އަދި އެކަމުގައި ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވެސް ހުރުމުގެ ސަބަބުން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ ބިލާ މެދު ހިޔާލުތާފާތުވުން އޮތީ ހާއްސަކޮށް، އެކިއެކި ކަންކަމުގައި ސަރުކާރުގެ އެހީތެރިކަަމަށް ބޭނުންވާ މެމްބަރުންގެ ކަމަށެވެ. އެފަދަ މެމްބަރުންނަށް އެ ބިލު "ހިތްގައިމު ނުވި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަލަށް އެކުލަވައިލެވުނު އަަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕުން މި ބިލާ މެދު ގޮތެއް ނިންމައި ސަރުކާރާ މަޝްވަރާ ކުރުމަށް ފަހު ހުށަހަޅާނެ،" އާޒިމް ވިދާޅުވި އެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕޭނާއި ފަހުން ވެސް ހިންގައިފާނެ އެފަދަ އެހެން ކެމްޕޭންތައް ވެސް ގާނޫނީ ކުށަކަށް ހެދޭ ފަދަ ބިލު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާސްކުރީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.

"ދޭދޭ ދެ ގައުމުގެ މެދުގައި އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް ހަރަކާތްތައް ހިންގުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން" ބިލު ހުށަހަޅާ ސަބަބު ބަޔާން ކޮށްދެއްވަމުން އާޒިމް "އަދަދު" އަށް ކުރިން ވިދާޅުވި އެވެ.

އެމްޑީޕީން އެކުލަވައިލި ޑްރާފްޓްގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމަށްފަހު، ރާއްޖެއާ އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށްފާނެ ފަދަ އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ. ބިލުގައިވާ ގޮތުން، ރާއްޖެއާ ގުޅުން ގާއިމްކޮށްފައިވާ ގައުމެއްގެ އިއްޒަތާއި ގަދަރަށް ބުރޫ އަރާ ފަދަ އަމަލެއް ކުރުމަކީ ވެސް ކުށެކެވެ.

ބިލްގެ (6) ވަނަ މާއްދާގެ (ހ) ގައި އެގޮތަށް ހިމަނަން ޑްރާފްޓްގައި އޮތް އިރު އެ މާއްދާގެ (ށ)ގައި އޮތީ އެ ކުށަށް ދޭނެ އަދަބެވެ.

"...މި މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި ގިނަވެގެން 20،000 ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ އެއް އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭބަންދުކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ،" އެމްޑީޕީން ތައްޔާރު ކުރި ޑްރާފްޓުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox