ހުޅުމާލެ ކޯޓާ ގުޅޭ ގޮތުން ޖޭއެސްސީން ނެރުނު ބަޔާނުގެ އޮޅުންތަކެއް ސާފު ކުރަން ލިޔުން އިސްލާހުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނަން ބޯޑު. އިއްޔެ އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ހުރި ބައެއް ބައިތައް ބަދަލުކުރީ އެއީ އޮޅިގެން ޖެހުނު ބައިތަކެއް ކަމަށްވުމުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނަން ބޯޑު. އިއްޔެ އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ހުރި ބައެއް ބައިތައް ބަދަލުކުރީ އެއީ އޮޅިގެން ޖެހުނު ބައިތަކެއް ކަމަށްވުމުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުފައްދާފައި އޮތީ ގާނޫނާ އެއްގޮތަށް ކަމަށް ކުރީގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތް ނަމަވެސް އެ ހުކުމަށް ނުބަލައި، ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނަށް ބަދަލުތަކެއް ގެނައީ އޮޅުންތަކެއް އިސްލާހު ކުރަން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިއްޔެ މެންދުރު ނެރުނު ބަޔާނުގައި އޮތީ "ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރައްވާފައިވާ ނިޔާ މުރާޖައާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމި ނަމަވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މި ދަނީ ކުރަމުން" ކަމަށެވެ.

ނަމަވެސް، ޖޭއެސްސީން ވަނީ އެ ބަޔާނަށް މިހާރު ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން، މިހާރު އެ ބަޔާނުގައި އޮތީ "ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރައްވާފައިވާ ނިޔާ މުރާޖައާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމާފައިވާތީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމާމެދު އިތުރަށް ކުރަންޖެހޭ މަޝްވަރާތައް މި ދަނީ ކުރަމުން" ކަމަށެވެ.

ފުރަތަމަ ނެރުނު ބަޔާނުގައި އެގޮތަށް ޖެހިފައި އޮތީ "އޮޅުމަކުން" ކަމަށް ޖޭއެސްސީގެ މީޑިއާ އޮފިސަރު އިޒްމީރާ ޝިހާމް މި ނޫހުން ސުވާލު ކުރުމުން ވިދާޅުވި އެވެ. އަދި އެ އޮޅުންތައް އިސްލާހުކުރަން ބަދަލުތަކެއް ގެނައީ ކަމަށް ވެސް އޭނާ މައުލޫމާތު ދެއްވި އެވެ.

ހުޅުމާލެ ކޯޓު އުފެއްދީ ރަނގަޅަށް ކަމަށް ކުރީގެ ސުޕްރީމް ކޯޓުން ކަނޑައެޅީ ޑިސެމްބަރު 5، 2012 ގަ އެވެ. އެ ނިންމުން އެންމެ މަތީ ކޯޓުން އަލުން މުރާޖައާ ކުރުމަށް މިފަހުން ޖޭއެސްސީން އަލުން ހުށަހެޅި އެވެ. ނަމަވެސް މި ހިނގާ ފެބްރުއަރީ 8، ގައި ކޯޓުން ނިންމީ އެ މައްސަލަ ނުބެލުމަށެވެ.

ހުޅުމާލެ ކޯޓުގެ މައްސަލާގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް ވަނީ އެއީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް އުފެއްދި ކޯޓެއް ކަމަށް ވިދާޅުވެފަ އެވެ. އޭނާއަކީ ޖޭއެސްސީގެ މެމްބަރެކެވެ.

"ގާނޫނާ ހިލާފު އެ ނިންމުން ނަގަހައްޓާފައިވަނީ 2012/SC-S/31 ގަޒިއްޔާއިން. ގާނޫނުގައި ނެތް ކަމެއް ގާނޫނާ އެއްގޮތަށް ނުކުރެވޭނެ! ގާނޫނީ މިބޮޑު ފުށުއެރުން/ފާޅުކަން ބޮޑު ބޭއިންސާފު ރަނގަޅު ކުރުމަށް ގާނޫނު އިސްލާހު ކުރާނަން،" ރިފްއަތު އިއްޔެ ވިދާޅުވި އެވެ.

ހަމައެހެންމެ ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވެސް ވަނީ ސުޕްރީމް ކޯޓުން އެ ނިންމު ބަދަލު ނުކުރުމުން ގާނޫނަށް އިސްލާހު ގެނެސްގެން އެ ކޯޓު އުވާލުމަކީ ޝަރުއީ ކޯޓެއްގެ ނިންމުމަކަށް ގޮންޖެހުމެއް ނޫން ކަމަށާއި އަދި އެއީ އެ ހުކުމެއްގެ ހުރުމަތް ކަނޑާލުމެއްވެސް ނޫން ކަމަށް ވިދާޅުވެފަ އެވެ.

"މިސާލަކަށް އެއީ ސުޕްރިމް ކޯޓުގެ ނިންމުމަކުން ކަނޑައެޅޭ ޕޮލިސީއަކާ [އުސޫލަކާ] ޑީވިއޭޓް [ހިލާފު] ނުވެވޭނެ އެކޭ ނޫން، އެ ޕޮލިސީއަކަށް ބަދަލު ގެންނަން އެމީހުން [ސުޕްރީމް ކޯޓުން] ސެޓް ކުރި ޑައިރެކްޝަން ޗޭންޖް ކުރަން ބޭނުންވެއްޖިއްޔާ [އުސޫލު ބަދަލުކުރަން ބޭނުންނަމަ] ގާނޫނު ހަދައިގެން އެ [ބަދަލު] ކުރެވޭނެ،" ހިސާން ވިދާޅުވި އެވެ.

ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނެފައި އޮތީ މާލޭގައި އުފައްދޭނީ ސުޕީރިއާ ކޯޯޓުތައް ކަމަށެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން މާލެ ނޫން ރަށްރަށުގައި އުފެއްދޭނީ މެޖިސްޓްރޭޓް ކޯޓެވެ. ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި އޮތީ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox