ވޯޓު އެއްވަރުވުމުން އެމްޑީޕީގެ ޑެޕިޔުޓީ ޕީޖީ ލީޑަރަކު ހޮވުން އަންނަ ހޯމަ ދުވަހު

އެމްޑީޕީގެ ޑެޕިޔުޓީ ޕީޖީ ލީޑަރުކަމަށް ކުރިމަތިލެއްވި އިލްޔާސް ލަބީބް (ކ): އޭނާއާއެކު އެ މަގާމަށް ވާދަކުރެއްވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމްގެ ވޯޓު ވަނީ އެއްވަރުވެފައި. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ޑެޕިޔުޓީ ޕީޖީ ލީޑަރުކަމަށް ކުރިމަތިލެއްވި އިލްޔާސް ލަބީބް (ކ): އޭނާއާއެކު އެ މަގާމަށް ވާދަކުރެއްވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމްގެ ވޯޓު ވަނީ އެއްވަރުވެފައި. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގެ ޕާލަމެންޓަރީ ގުރޫޕުގެ ޑެޕިޔުޓީ ލީޑަރުކަމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓު އެއްވަރުވެފައިވާތީ، އެ މަގާމަށް މެމްބަރަކު ހޮވަން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.

ޖުމްލަ 65 މެމްބަރުން ތިބޭ އެމްޑީޕީ ޕީޖީ ގުރޫޕުގެ މަގާމުތަކަށް މެމްބަރުން ހޮވަން އިންތިހާބު ބޭއްވީ މިދިޔަ ހުކުރު ދުވަހު އެވެ.

ޑެޕިޔުޓީ ޕީޖީ ލީޑަރުކަމަށް ދެ ބޭފުޅުން އިންތިހާބުކުރަންޖެހޭއިރު، އެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ.

އޭގެ ތެރެއިން 49 މެމްބަރުންގެ ވޯޓާއެކު އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން އިންތިހާބުވެފައިވާއިރު، ދެން ތިއްބެވި ދެ ބޭފުޅުންގެ ވޯޓު ވަނީ އެއްވަރުވެފަ އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ވެސް ލިބިވަޑައިގެންނެވީ 34 ވޯޓެވެ.

އަންނަ ހޯމަ ދުވަހު އަލުން ވޯޓު ނަގަނީ ވޯޓު އެއްވަރުވި ދެ މެމްބަރުންގެ މެދުގައި އެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އިންތިހާބުގައި ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރުކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ އިންތިހާބުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަމަށް އަސްލަމާއެކު ވާދަކުރެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

ޕީޖީ ލީޑަރުކަމަށް އަސްލަމް ހޮވިވަޑައިގެންނެވީ 40 މެމްބަރުންގެ ވޯޓުންނެވެ.

އާޒިމަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ.

އިންތިހާބުގައި އަމީންއާންމުގެ މަގާމަށް ފުވައްމުލަކު މެދު ދާއިރާގެ ހުސެއިން މުހައްމަދު ދީދީ އާއި ޑެޕިޔުޓީ އަމީން އާންމުގެ މަގާމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވެސް ވަނީ އިންތިހާބުވެފަ އެވެ.

އެމްޑީޕީގެ ޗީފް ވިޕްގެ މަގާމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އިންތިހާބުވެފައިވަނީ 34 ވޯޓާއެކު އެވެ. އެ މަގާމަށް ދެން ވާދަކުރެއްވި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއަށް ލިބިވަޑައިގެންނެވީ 31 ވޯޓެވެ.

މީގެ އިތުރުން އެމްޑީޕީ ޕީޖީ ގުރޫޕުގެ ވިޕުންގެ ގޮތުގައި ފަސް މެމްބަރުން ތިބެންޖެހޭއިރު، އެ މަގާމަށް ކުރިމަތިލީ ހަތަރު މެމްބަރުންނެވެ.

އެހެންކަމުން، ވިޕްގެ މަގާމަށް ވާދަކުރަން ބޭނުންވާ މެމްބަރުން އަންނަ އާދީއްތަ ދުވަހުގެ ކުރިން ހުށަހަޅަން އެމްޑީޕީން ވަނީ ހުޅުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox