ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރުން: ޖޭއެސްސީއާ، ޕީޖީއާ، ޑީޖޭއޭއިން މާފުށި ޖަލަށް!

ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރުން: ޖޭއެސްސީއާ، ޕީޖީއާ، ޑީޖޭއޭއިން މާފުށި ޖަލަށް!

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމައި، ބެކްލޮގް ސާފުކުރުމުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ޖުޑީޝިއަލް ސާވިސް ކޮމިޝަނާ (ޖޭއެސްސީ)، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އިތުރުން ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) މިއަދު ހެނދުނު މާފުށީ ޖަލަށް ޒިޔާރާތްކޮށްފި އެވެ.

ޖޭއެސްސީގެ ތަރުޖަމާން އިޒްމީރާ ޝިހާމް މި ނޫހާ ވާހަކަދައްކަވަމުން ވަނީ އެ ދަތުރުގެ ތަފްސީލު ހިއްސާކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހުރިތޯ ބެލުމަށާއި، ޖަލު ބަންދުގައި ތިބި މީހުންގެ ޝަރީއަތްތައް ލަސްވާ ސަބަބު ދެނެގަތުމަށް ކުރާ ދަތުރެކެވެ. އެ ދަތުރުގެ ތެރެއިން މާފުށީ ޖަލުން އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވާ ކޯޓު ރޫމްއަށް ޒިޔާރާތްކޮށް އެތަން އިންސްޕެކްޓް ކުރިން ހިމެނެ އެވެ.

"މައިގަނޑު ގޮތެއްގައި މިއީ މާފުށި ޖަލުން ޝަރީއަތްތަކުގައި ބައިވެރިވުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ކުރި ދަތުރެއް، ޖަލު ކޯޓު ރޫމްގައި އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވުމުމުގައި ހުރި ގޮންޖެހުންތަކާއި، ވަސީލަތްތައް ހުރިތޯވެސް ބަލާނެ،" އިޒްމީރާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ދަތުރުގެ ތެރެއިން މާފުށި ކޯޓަށްވެސް ޒިިޔާރާތް ކުރާނެ އެވެ. އަދި އެ ކޯޓުގެ ޝަރީއަތް ކުރާ މާލަމެއް މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތަކަށް ހާއްސަކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރާނެ އެވެ.

މާފުށީ ކޯޓަށް ގިނަ ޖިނާއީ މައްސަލަތައް ހުށަހެޅި ފުނިޖެހެން ފެށުމާއެކު، މިދިޔަ އަހަރު ތެރޭގައި ޖޭއެސްސީއިން ވަނީ އެ ކޯޓަށް އިތުރު މެޖިސްޓްރޭޓެއް ފޮނުވާފަ އެވެ. އެހެންވެ މިހާރު އެ ކޯޓުގައި ދެ މެޖިސްޓްރޭޓުންގެ ކޮޓަރިކޮޅުގެ އިތުރުން، ދެ ޝަރީއަތް ކުރާ މާލަން ވަނީ ގާއިމުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރުމަށްޓަކައި މިހާރު ކަމާބެހޭ އިދާރާތަކުން ވިސްނަމުން ދަނީ އެ ކޯޓުގައި އިތުރު ޝަރީއަތް ކުރާ މާލަމެއް ގާއިމްކޮށް، ކްރިމިނަލް ކޯޓާ ގުޅާލެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. އެއާއެކު ޖަލުގައި ތިބި މީހުންގެ ގިނަ މައްސަލަތައް އެއްފަހަރާ ކުރިއަށް ގެންދެވޭނެ އެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް މިދިޔަ ހަފްތާ "އަދަދު"އަށް ވިދާޅުވި ގޮތުގައި މާލޭ ޖަލުތަކުގެ އިތުރުން މާފުށީ ޖަލުގައިވެސް މިހާރު ދަނީ ކޯޓް ރޫމްތައް ހަދަމުންނެވެ. އޮންލައިން އަޑުއެހުންތަކަށް ހާއްސަކޮށް ތަރައްގީކުރާ އެ ރޫމްތަކާއެކު ޝަރީއަތްތައް އަވަސްވެގެން ދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެތެރެ ފެންނަ ގޮތަށް ބިއްލޫރި ޖަހާފައި ހުރި ނަމަވެސް އަޑުއެހުންތަކަށް ހާއްސަކޮށްގެން ހަދާފައި ހުރި ހުރިހާ ރޫމެއްވެސް ސައުންޑް ޕްރޫފް ވާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ބަންދުގައި ތިބި މީހުން ސާފުކޮށް ފެންނާނެ ކެމެރާއަކާއެކު، ހައި ސްޕީޑް އިންޓަނެޓް ވެސް އެތަނަށް ގުޅާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލުމަށް:

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox