ލީޑްސް ބަލިކޮށް ޔުނައިޓެޑުން ހަތަރު ވަނައިގައި ލީޑުނަގައިފި

Feb 20, 2022, 4:32 PM
ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ މެގުއާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ މެގުއާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލީޑްސް (ފެބްރުއަރީ 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުންބޭރުގައި ލީޑްސް ޔުނައިޓެޑް އަތުން 4-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ހަަތަރު ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ 26 މެޗުން 46 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާއި ހަ ވަނައިގައި އޮތް އާސެނަލަށް ވަނީ 42 ޕޮއިންޓް ލިބިފަ އެވެ. ވެސްޓް ހޭމް ކުޅުނީ 26 މެޗެވެ. އާސެނަލުން އަދި ކުޅުނީ 23 މެޗެވެ. އަދި ހަތް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އިން 23 މެޗުން ވަނީ 39 ޕޮއިންޓް ހޯދައިފަ އެވެ.

ލީޑްސްގެ އެލަންޑް ރޯޑުގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ލީޑުނެގީ ކެޕްޓަން ހެރީ މެގުއާ 34 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. މިއީ ލޫކް ޝޯ ނެގި ކޯނަރަކުން މެގުއާ ބޮލުން ޖެހި ގޯލެކެވެ. މިއީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ބާންލީ ކޮޅަށް ކޯނަރަކުން ލަނޑެއް ޖެހި ފަހުން ލީގުގައި ޔުނައިޓެޑުން ކޯނަރަކުން ގޯލެއް ޖެހި ފުރަތަމަ ލަނޑެވެ. މިއީ ލީގުގައި ޔުނައިޓެޑަށް އެންމެ ފަހުން ލިބުނު 138 ކޯނަރުގެ ތެރެއިން ޔުނައިޓެޑްގެ ފުރަތަމަ ގޯލެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޭޑަން ސަންޗޯ ނަގައިދިން ހުރަހަކުން ބްރޫނޯ ފެނާންޑޭސް ބޮލުން ޖެހި ގޯލުން ޔުނައިޓެޑުން ލީޑުފުޅާކުރި އެވެ. ފެނާންޑޭސް އަކީ ޔުނައިޓެޑަށް ކުޅެމުން ލީގުގެ އެއް ސީޒަނެއްގައި ލީޑްސް ކޮޅަށް ހަތަރު ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ.

ޔުނައިޓެޑުން ދެ ގޯލު ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފް ފެށިގެން މާގިނައިރެއްނުވެ މެޗުގެ އޮއެވަރު ބަދަލުވި އެވެ. ލީޑްސް އިން ވަނީ ފުލުފުލުގައި ދެ ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ. ލީޑްސް އަށް 98 ސިކުންތު ތެރޭ ދެ ގޯލު ޖަހައިގެން އެއްވަރުކުރިއިރު، ގޯލުތައް ޖެހީ ރޮޑްރީގޯ އާއި ރަފީނިއާ އެވެ. ރަފީނިއާ ކުޅެން އެރީ ބަދަލެއްގެ ގޮތުގަ އެވެ.

ޔުނައިޓެޑް މޮޅުކޮށްދިނީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި ދެ ކުޅުންތެރިން ޖެހި ގޯލުތަކުންނެވެ. ޔުނައިޓެޑުން ލީޑުނެގީ 70 ވަނަ މިނިޓްގައި ސަންޗޯ ދިން ބޯޅައަކުން ފްރެޑް ޖެހި ގޯލުންނެވެ. އަދި މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޔުނައިޓެޑްގެ ހަތަރު ވަނަ ގޯލު ޖެހީ އެންތަނީ އެލަންގާ އެވެ. ފްރެޑާއި އެލަންގާ ކުޅެން އެރީ ނަތީޖާ އެއްވަރުވެފައި އޮއްވައި ބަދަލެއްގެ ގޮތުގަ އެވެ.

މި މެޗުގައި ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ފުރަަތަމަ ހާފުގައި ރޮނާލްޑޯ ހުސްކޮށް ހުރެފައި ޖެހި ބޯޅައެއް ލީޑްސް ކީޕަރު އިލާން މެލިއޭ ވަނީ ހުއްޓުވައިފަ އެވެ. މެޗުގެ ފަހު ކޮޅު ރޮނާލްޑޯގެ ބަދަލުގައި ރަފައެލް ވަރާން ކުޅެން އެރުވީ ނަތީޖާ ސަލާމަތްކުރަން ޑިފެންސްކުރާށެެވެ.

މިއީ 2003 ވަނަ އަހަރުގެ ފަހުން ލީޑްސް ދަނޑުގައި ސަޕޯޓަރުން ވައްދައިގެން ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox