ތިން ހަފްތާ ފަހުން ކެނެޑާގެ މުޒާހަރާ ރޫޅާލައި ގިނަ ބަޔަކު ހައްޔަރުކޮށްފި

ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަނީ. -- ފޮޓޯ: ރޮއިޓާޒް

ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަނީ. -- ފޮޓޯ: ރޮއިޓާޒް

ކެނެޑާގެ ވެރިރަށް އޮޓާވާގެ ޕާލިމެންޓު ކުރިމަތީގައި ތިން ހަފްތާ ވަންދެން ކުރި މުޒާހަރާ ރޫޅާލައި، ގިނަ ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 170 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، 38 އުޅަނދެއް ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ހޮނިހިރު ދުވަހު ވެސް މުޒާހަރާ ރޫޅާލަން މަސައްކަތް ކުރި އެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހުން ގަދަކަމުން ބިން މައްޗަށް ތިރިކޮށް، ފަހަތަށް ބިޑި އެޅުވި މަންޒަރު ނޫސްވެރިންނަށް ފެނުނެވެ.

ފުލުހުން ބުނީ މުޒާހަރާ ރޫޅާލުމަށް ހިންގާ އޮޕަރޭޝަން އަދިވެސް ނުނިމޭ ކަމަށެވެ. އެގޮތުން މުޒާހަރާގެ ބައެއް ބައިވެރިން ޕާލިމެންޓް އިމާރާތާ ދުރަށް އެއްވާން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިއީ ކެނެޑާގެ ފުލުހުންގެ ތާރީހުގައި ހިންގާ އެންމެ ބޮޑު އެއް އޮޕަރޭޝަނެވެ. ހުކުރު ދުވަހު މުޒާހަރާގެ ބައިވެރިން ފޮނުވާލަން މަސައްކަތް ކުރުމުން އެ މީހުން އެކަމަށް އިޖާބަ ދީފައެއް ނުވެ އެވެ.

ފުލުހުން ކުރި ޓްވީޓުތަކެއްގައި ބުނީ މުޒާހަރާގެ ބައިވެރިންނާއި ނަސޭހަތާއި ވަގުތު ދީގެން ވެސް އަމުރަށް ކިޔަމަންތެރި ނުވި ކަމަށާއި ފުލުހުންނަށް އަނިޔާވާ ފަދަ އަމަލު ކުރާތީ ޕެޕާ ސްޕްރޭ ބޭނުން ކުރަން ޖެހިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކުރި ބަޔެއް މީހުން ތިބީ ބޮޑީ އާމާ ހެދުން އަޅައިގެން ކަމަށާއި ބަޑި ބޭހާއި ދުން އަރުވާ ގްރެނޭޑް ވެސް ގެންގުޅުނު ކަމަށެވެ. އޭގެ އިތުރުން މުޒާހަރާއަށް ކުޑަކުދިން ގެނެސްފައި ވާތީ އެކަން ކުށްވެރިކުރި އެވެ.

"ފްރީޑަމް ކޮންވޯއި" މުޒާހަރާ ފެށީ ކެނެޑާގެ ޓްރަކު ޑްރައިވަރުން ކޮވިޑް ވެކްސިން ޖަހަން އެންގުމުން އެކަމާ ދެކޮޅަށެވެ. އެ މުޒާހަރާ ކޮޕީކޮށް ބައެއް އެހެން ގައުމުތަކުގައި ވެސް ކޮވިޑްގެ ފިޔަވަޅުތަކާ ދެކޮޅަށް މީހުން އެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox