ތުރުކީގެ ނޫސްވެރިއެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

ތުރުކީގެ ނޫސްވެރިޔާ ގުންގޯރް އަރްސްލާން.

ތުރުކީގެ ނޫސްވެރިޔާ ގުންގޯރް އަރްސްލާން.

ތުރުކީގެ ހުޅަނގު އުތުރުގައި ނޫސްވެރިޔަކު މަސައްކަތް ކުރާ އޮފީހުގެ ދޮރު މަތީގައި އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

ގުންގޯރް އަރްސްލަން އަކީ ސެސް ކޮޗައެލި ނޫހުގެ ޑިރެކްޓަރު އަދި ޗީފް އެޑިޓަރެވެ. އޭނާގެ ގަޔަށް ބަޑި ޖެހުމުން މަރުވީ ހޮސްޕިޓަލުގައި ފަރުވާ ކުރަނިކޮށެވެ.

ފުލުހުން ބުނީ ޝައްކު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާއާ ގުޅޭ މައުލޫމާތެއް އަދި ހަމަލާއާ ގުޅޭ މައުލޫމާތެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ރިޕޯޓާޒް ވިތައުޓް ބޯޑާޒް (އާރްއެސްއެފް) ގެ ތުރުކީ މަންދޫބު އެރޮލް އޮންޑެރޮގްލޫ ވިދާޅުވީ އަރްސްލަން ދިޔައީ ކޮޗައެލި ސިޓީއާ ގުޅުން ހުރި ކޮރަޕްޝަންތަކެއް ތަހުގީގު ކުރަމުން ކަމަށެވެ.

އޭނާއަށް ހަމަލާދީ މަރާލުން ކުށްވެރި ކުރައްވަމުން އޮންޑެރޮގްލޫ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލެއްވީ ހަމަލާ ދިން މީހުން ދެނެގަނެ، އަދަބު ދިނުމަށެވެ.

ސެސް ކޮޗައެލި ނޫހުން އެންމެ ފަހުން ނެރުނު ދެ އަދަދުގައި ވެސް އެ ސިޓީގެ މޭޔަރަށް ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ވެރިކަން ކުރާ އޭކޭޕީ ޕާޓީއަށް ނިސްބަތްވާ މޭޔަރު ގިނަ ކޮންޓްރެކްޓުތަކެއް ދެނީ ޕާޓީއާ ގާތް މީހުންނަށް ކަމަށް އެ ނޫހުން ބުންޏެވެ.

މީގެ ކުރިން ވެސް އަރްސްލަން އަށް ހަމަލާއެއް ދޭން މަސައްކަތް ކޮށްފައިވެ އެވެ. އޭގެ އިތުރުން ލިޔުންތަކާ ހެދި އޭނާއާ ގުޅޭ ތަހުގީގެއް ވެސް ފުލުހުން ފެށި އެވެ.

އާރްއެސްއެފުން ނޫސްވެރިކަމުގެ މިނިވަންކަން ގިންތިކުރާ ލިސްޓުގައި ތުރުކީ ހިމެނެނީ 153 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox