ނޭމާ އަތުން ޕެނަލްޓީ ނާކާމިޔާބު، ނޯންޓުން ޕީއެސްޖީ ބަލިކޮށްފި

Feb 20, 2022, 2:02 AM
ނޭމާ އަތުން ޕެނަލްޓީ ނާކާމިޔާބު، ނޯންޓުން ޕީއެސްޖީ ބަލިކޮށްފި

ޕެރިސް (ފެބްރުއަރީ 20) - ފްރެންޗް ލީގުގައި ރޭ ނޯންޓުން ފުރަތަމަ ހާފުގައި ޖެހި ގޯލުތަކާ އެކު 3-1 އިން ޗެމްޕިއަން ޕީއެސްޖީ ބަލިކޮށްފި އެވެ.

މި މެޗުގައި ޕީއެސްޖީގެ ތަރި ނޭމާ އަތުން ވަނީ މުހިންމު ވަގުތެއްގައި ޕެނަލްޓީ އެއް ނާކާމިޔާބުވެފަ އެވެ.

ފްރެންޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 25 މެޗުން 59 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާސޭ އަށް ވަނީ 24 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނީސް އަށް ވަނީ 24 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ.

ނޯންޓުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ޕީއެސްޖީ ކައިރީގައި މޮޅު ކުޅުމެއް ދެއްކި އެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ނޯންޓްގެ ސިމޯން މޮސެސް ހުސްކޮށްލާފައި އޭރިއާތެރެއަށް ދިން ބޯޅަ ކޯލޯ މުއާނީ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި ނޯންޓްގެ ލީޑުފުޅާކޮށްދިނީ އޭރިއާތެރެއިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ކުއެންޓިން މާލިން އެވެ.

ފުރަތަމަ ހާފުގައި ޕީއެސްޖީގެ ގިނަ ހަމަލާތަކެއް ނޯންޓްގެ ކީޕަރު އަލްބާން ލަފޯންޓް ވަނީ މަތަކޮށްފަ އެވެ. އޭގެ ތެރޭގައި ނޭމާ އާއި ކީލިއަން އެމްބާޕޭ ފޮނުވާލި ހަަމަލާތައް ހިމެނެ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނޯންޓުން ތިން ވަނަ ގޯލެއް ޖެހި އެވެ. މިއީ ޕީއެސްޖީގެ ޖިއޮޖީނިއޯ ވައިނަލްޑަމް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކުރީ ލުޑޯވިކް ބްލާސް އެވެ.

ރޭގެ މެޗަކީ ޕީއެސްޖީގެ ލިއޮނަލް މެސީ، ކްލަބް ކެރިއަރުގައި ކުޅުނު 800 ވަނަ މެޗެެވެ. ޕީއެސްޖީން ދެ ވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓްގައި އެ ޓީމުގެ ހަމައެކަނި ގޯލު ޖެހީ މެސީ ދިން ބޯޅައަކުން ނޭމާ އެވެ. އެކަމަކު، އޭގެ އިރުކޮޅެއް ފަހުން ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީން ނޭމާ ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު ލަފޯންޓް އަތަށެވެ.

މި މޮޅާ އެކު ނޯންޓުން ވަނީ 25 މެޗުން 38 ޕޮއިންޓް ހޯދައި، ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ނޯންޓުން މަސައްކަތް ކުރަމުންދަނީ 2004 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވުމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox