އަލަވޭސް ބަލިކޮށް ރެއާލަށް ހަތް ޕޮއިންޓުގެ ލީޑެއް

Feb 20, 2022, 1:41 AM
އަލަވޭސް ބަލިކޮށް ރެއާލަށް ހަތް ޕޮއިންޓުގެ ލީޑެއް

މެޑްރިޑް (ފެބްރުއަރީ 20) - ސްޕެނިޝް ލީގުގައި ރޭ ދެ ވަނަ ހާފުގެ ގޯލުތަކާ އެކު ޑިޕޯޓިވޯ އަލަވޭސް 3-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ރެއާލް އެއް ވަނައިގައި އޮތި 26 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް 24 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. ތިން ވަނައިގައި ރެއާލް ބެޓިސް އޮތީ 24 މެޗުން 43 ޕޮއިންޓާ އެކު އެވެ. އޮސަސޫނާ އަތުން ރޭ 3-0 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑް ވަނީ ހަތަރަކަަށް ޖެހިލައިފަ އެވެ. އެއީ 25 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.

ރޭ ގްރަނާޑާ އަތުން 4-1 އިން މޮޅުވި ވިޔަރެއާލް ވަނީ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަ ވަަނައިގައި އޮތް ބާސެލޯނާއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ވިޔަރެއާލުން 25 މެޗުން 39 ޕޮއިންޓް ހޯދިއިރު، ބާސެލޯނާ އެ އަދަދަށް ޕޮއިންޓް ހަމަކޮށްފައިވަނީ 23 މެޗުންނެވެ.

ފުރަތަަމަ ހާފުގައި ޑިޕޯޓިވޯ އަލަވޭސް އިން އެޓޭކްތަކެއް ކުރި ނަމަވެސް ރެއާލް ކީޕަރު ތިބައު ކޯޓުއާ ހާސްކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ. ރެއާލްގެ އެޓޭކް ވެސް މި ހާފުގައި ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. އެކަަމަކު، ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ.

މެޗުގެ 62 ވަނަ މިނިޓްގައި ރެއާލްގެ މާކޯ އަސެންސިއޯ އޭރިއާބޭރުން ޖެހި މޮޅު ގޯލުން ރެއާލް ލީޑުނެގި އެވެ. މި ގޯލު ޖެހުމުގެ ކުރިން އަސެންސިއޯ ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައި ޑިޕޯޓިވޯ އަލަވޭސް އިން ލީޑުނުނެގީ ކިރިޔާ އެވެ.

ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ މެޗުގެ 76 ވަނަ މިނިޓްގައި އޭރިއާތެރެއިން ޖެހި ބޯޅައެއް ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ. އޭގެ ތިން މިނިޓް ފަހުން އަސެންސިއޯ އާއި ބެންޒެމާ ގުޅިގެން އުފެއްދި އެޓޭކެއްގައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ވިނީޝިއުސް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭ ޕެނަލްޓީ އަކުން ރެއާލްގެ ތިން ވަނަ ގޯލު ޖެހީ ބެންޒެމާ އެވެ. މިއީ އޭރިއާތެެރެއިން ރެއާލްގެ ރޮޑްރީގޯ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އޮސަސޫނާ ކޮޅަށް އެތުލެޓިކޯގެ ގޯލުތައް ޖެހީ ޔާއޯ ފެލިކްސް، ލުއިސް ސުއަރޭޒް އަދި އެންހެލް ކޮރޭއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox