އަފްގާނިސްތާނުގެ ހިންދޫންނާ މޯދީ ބައްދަލުކުރައްވައިފި

އަފްގާނިސްތާނުގެ ހިންދޫންނާއި ސިކް ދީނުގެ މީހުންނާ އެކު މޯދީ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: މޯދީ/ ޓްވިޓާ

އަފްގާނިސްތާނުގެ ހިންދޫންނާއި ސިކް ދީނުގެ މީހުންނާ އެކު މޯދީ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: މޯދީ/ ޓްވިޓާ

އަފްގާނިސްތާނުގެ މައިނޯރިޓީ ކަމުގައިވާ ހިންދޫންނާއި ސިކް ދީނުގެ ވަފުދެއް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުވުން އޮތީ ހޮނިހިރު ދުވަހު މޯދީގެ ރަސްމީ ގެކޮޅުގަ އެވެ. އަފްގާނިސްތާނުގެ ގިނަ އަދަދެއްގެ ހިންދޫންނާއި ސިކް މީހުން ދިރިއުޅެނީ އިންޑިއާގަ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު ތާލިބާނުން ވެރިކަމަށް އައުމާ އެކު އިންޑިއާ ސަރުކާރުން އިސް ނަގައިގެން ވަނީ އަފްގާނިސްތާނުގެ ގިނަ އަދަދެއްގެ ހިންދޫންނާއި ސިކް މީހުން އިވެކުއޭޓް ކޮށްފަ އެވެ.

ހޮނިހިރު ދުވަހުގެ ބައްދަލުވުމުގައި މޯދީ ވިދާޅުވީ އެ މީހުންނަކީ މެހެމާނުން ނޫން ކަމަށާއި އިންޑިއާއަކީ އެ މީހުންގެ އަމިއްލަ ގެކަމުގައި ދެކެން އެދިވަޑައިގަންނަވާ ކަމަށެވެ.

އަފްގާނިސްތާނުގެ ހިންދޫންނާއި ސިކް މީހުންގެ ވަފުދަކާ މޯދީ ބައްދަލުކުރެއްވި އިރު، އިންޑިއާގެ ޕަންޖާބް ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ ވޯޓުލުން އާދީއްތަ ދުވަހު ފަށާނެ އެވެ. އެ ސްޓޭޓަކީ ގިނަ އަދަދެއްގެ ސިކް ދީނުގެ މީހުން ދިރިއުޅޭ ސްޓޭޓެކެވެ.

މޯދީއާ ބައްދަލުކުރި ވަފުދުން ބުނީ އެމަނިކުފާނަކީ ހަމައެކަނި އިންޑިއާގެ ބޮޑު ވަޒީރު ނޫން ކަމަށާއި އެއީ "މުޅި ދުނިޔޭގެ ވެސް ބޮޑު ވަޒީރު" ކަމަށެވެ.

ވަފުދުން މޯދީއަށް ހަދިޔާއަކަށް އެރުއްވީ އަފްގާނިސްތާނުގެ ސަގާފީ ހެދުންކޮޅެކެވެ. ބައްދަލުވުމުގެ ތެރެއިން މޯދީ ވަނީ އެ ހެދުންކޮޅު ތުރުކުރައްވައި، ފޮޓޯ ނަންގަވާފަ އެވެ.

މޯދީގެ ސަރުކާރުން 2019 ވަނަ އަހަރު ފާސްކުރި ސިޓިޒެންޝިޕް ގާނޫނުގެ ދަށުން ޕާކިސްތާނާއި ބަންގްލަދޭޝް އަދި އަފްގާނިސްތާނުގެ މުސްލިމް ނޫން މައިނޯރިޓީ މީހުންނަށް އިންޑިއާގެ ރައްޔިތުކަން ލިބުމަށް މަގުފަހިވެ އެވެ.

އެ ގާނޫނަކީ މުސްލިމުންނާ މެދު ތަފާތު ކުރާ ގާނޫނެއް ކަމަށް ބުނެ، ގިނަ ބަޔެއްގެ ކަންބޮޑުވުންތައް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ފާޅުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox