އެމްޔޫ މަނިކުގެ ކަންބޮޑުވުމަށް ރައީސްގެ ސާފު ޖަވާބެއް

 ޅ. މަޑިވަރު އެއާޕޯޓު ހުލުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައިސް އޮފީސް

ޅ. މަޑިވަރު އެއާޕޯޓު ހުލުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައިސް އޮފީސް

ވިޔަފާރިކުރާ ފަރާތްތަކާ އެކު ސަރުކާރުން އޮންނަން ޖެހޭނެ ގުޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ދެއްވި ހިޔާލަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވާ ސާފު ޖަވާބެއް ދެއްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިންތިޒާމު ކޮށްގެން ބުރާސްފަތި ދުވަހު ބޭއްވި އަޕްބީޓް ޓޯކް ޝޯގައި، ސަރުކާރުން ޓޫރިޒަމްގަ ބައިވެރިވުން އޮންނަން ޖެހޭ ގޮތާ މެދު ދެކިވަޑައިގަންނަވަނީ ކިހިނެތްތޯ ޓޫރިޒަމް މިނިސްޓަރު ޑރ، އަބްދުއްﷲ މައުސޫމް އެމްޔޫ މަނިކަށް ސުވާލު ކުރެއްވި އެވެ.

އެ ސުވާލުގެ ޖަވާބުގައި އެމްޔޫ މަނިކު ވިދާޅުވީ، ޓޫރިޒަމް ކާމިޔާބުވީ އަމިއްލަ ފާރްތަކުން ޓޫރިޒަމް ކުރިއެރުމަށް ކުރި މަސައްކަތާ ސަރުކާރުން ނުބެހި އޮތުމުން ކަމަށާއި، އަމިއްލަ ފަރާތްތަކުން ޓޫރިޒަމް ތަރައްގީ ކުރުމަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. އެނާ ވިދާޅުވި ގޮގުގައި ސަރުކާރުގެ ދައުރަކަށް ވާން ޖެހޭނީ ރެގިޔުލޭޓް ކުރުމާއި ޓެކްސް ނެގުމުގެ ކަންކަން ބެލެހެއްޓުމެވެ.

"ސަރުކާރު ވާންޖެހޭނީ ރެގިޔުލޭޓު ކުރާ ބަޔަކަށް، ތަރައްގީ ކުރުން ދޫކޮށްލާފައި އޮންނަން ޖެހޭނީ އަމިއްލަ ފަރާތްތަކަށް، ސަރުކާރަށް ބުނަން އޮތް ވާހަކަ އަކީ ކަންކަން ކުރެވޭނެ ގޮތަށް ފަސޭހަ ކޮށްދޭށޭ، ތަރައްގީ އައީ ކަންކަން ފަސޭހަކޮށް ކުރެވޭ ގޮތަށް އޮތީމަ،" މަނިކު އެމަނިކުފާނުގެ ދެކިވަޑައިގަންނަވާ ގޮތް ހާމަ ކުރައްވަމުން ވިދާޅުވި އެވެ.

އެމްޔޫ މަނިކު މި ހިޔާލު ފާޅުކުރައްވާފައި ވަނިކޮށް، ޅ. މަޑިވަރު އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު އިއްޔެ ވިދާޅުވީ "ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް ވީހާވެސް ފަސޭހަ ގޮތްތައް ހޯދައިދިނުން" ކަމަށެވެ.

ގައުމު ތަރައްގީވެގެން ދާނީ، ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިން ގުޅިގެން އެކުގައި މަސައްކަތް ކޮށްގެން ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަމުން ގެންދަނީ، އަމިއްލަ ވިޔަފާރިވެރިންނަށް ކުރިމަތިވެފައި ހުރި ދަތިތައް ނައްތާލައި، ފަސޭހަ ގޮތްތައް ގާނޫނާއި ގަވާއިދުގެ ތެރެއިން ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަމުގައި އަޅުގަނޑުމެން ކުރިއަށްދާނެކަމުގެ ޔަގީން ކަން، މިތާ މިތިއްބެވި ވިޔަފާރިވެރިންނަށް އަޅުގަނޑު މިއަދުވެސް އަރުވަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މަޑިވަރު އެއާޕޯޓަކީ ވެސް އަމިއްލަ ފަރާތެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އިންވެސްޓުކޮށް ތަރައްގީކުރި އެއާޕޯޓެކެވެ. ރޭގަނޑާއި ދުވާލު ފްލައިޓް ޖެއްސޭ ގޮތަށް ހަދާފައިވާ އެ އެއާޕޯޓުގެ ފުރިހަމަކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox