ލަންކާގެ އީސްޓާ ހަމަލާ: އިހުމާލުގެ ތުހުމަތުވި ދެ އޮފިޝަލުންގެ ކުށެއް ނެތް ކަމަށް ނިންމައިފި

ނަސާރާއިން ފާހަގަކުރާ އީސްޓާއާ ދިމާކޮށް ލަންކާގެ ފައްޅިތަކަށް ދިން ބޮމުގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވި. -- ފޮޓޯ: އޭއެފްޕީ

ނަސާރާއިން ފާހަގަކުރާ އީސްޓާއާ ދިމާކޮށް ލަންކާގެ ފައްޅިތަކަށް ދިން ބޮމުގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވި. -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގައި 2019 ވަނަ އަހަރު ދިން އީސްޓާ ހަމަލާ ހުއްޓުވުމުގައި އިހުމާލުވި ކަމަށް ތުހުމަތުވި ދެ އިސް އޮފިޝަލުންގެ ކުށެއް ނެތް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ އޭޕްރިލް މަހު ބަޔަކު ހަމަލާތަކެއް ދޭން އުޅޭ ކަމަށް ބުނެ، އިންޑިއާގެ ޖާސޫސީ އެޖެންސީއިން ސްރީލަންކާއަށް އިންޒާރު ދިނެވެ.

މިދިޔަ ނޮވެމްބަރު މަހު ދެ އޮފިޝަލުންނަށް ދައުވާ ކުރީ އިންޒާރަށް އަމަލު ކުރުމުގައި ފެއިލްވި ކަމަށް ބުނެ އެވެ. ނަމަވެސް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ހުކުރު ދުވަހު ކަނޑައެޅީ 855 ދައުވާ ވެސް ބާތިލް ކަމަށެވެ.

ތުހުމަތުވި ދެ މީހުންނަކީ ޑިފެންސް މިނިސްޓަރުގެ ކުރީގެ ސެކެޓްރީ ހެމަސިރީ ފެނަންޑޯ އާއި ކުރީގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޕުޖިތް ޖަޔަސުންދަރަ އެވެ.

ހައި ކޯޓުގެ އޮފިޝަލަކު ބުނީ ތިން ފަނޑިޔާރުން ވެސް އެއްބަސްވީ އެ މީހުންނަކީ ކުށެއް ނެތް ބަޔަކަށް ވާތީ ދިފާއީ ހެކިން ހާޒިރު ނުކޮށް މައްސަލަ ނިންމާލަން ކަމަށެވެ.

ސްރީލަންކާގެ އިސްލާމީ ހަރުކަށި ފިކުރުގެ ގްރޫޕަކުން ކޮލޮމްބޯގެ ތިން ފައްޅި އާއި ތިން ހޮޓަލުގައި ދިން ބޮމުގެ ހަމަލާތަކުގައި 279 މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

ފެނަންޑޯ އާއި ޖަޔަންސުންދުރަ ހައްޔަރު ކުރީ 2019 ވަނަ އަހަރު އެވެ. ހަތަރު މަސް ވަންދެން ބަންދުގައި ބޭތިއްބުމަށް ފަހު ކަފާލާތުގެ ދަށުން އެ މީހުން ދޫކޮށްލި އެވެ.

ޖަޔަސުންދުރަ އަކީ ލަންކާގެ ފުލުހުންގެ ހިދުމަތުގެ 155 އަހަރުވީ ތާރީހުގައި ހައްޔަރު ކުރި އެންމެ އިސް ފުލުހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox