ގައުމަށް ބޭނުންވާ ތެޔޮ ގަންނަން ފައިސާއެއް ނެތް: ލަންކާގެ އެނާޖީ މިނިސްޓަރު

ސްރީލަންކާގެ އެނާޖީ މިނިސްޓަރު އުދަޔަ ގައްމަންޕިލަ. -- ފޮޓޯ: ނިއުސް ފަސްޓް

ސްރީލަންކާގެ އެނާޖީ މިނިސްޓަރު އުދަޔަ ގައްމަންޕިލަ. -- ފޮޓޯ: ނިއުސް ފަސްޓް

ސްރީލަންކާގެ ދައުލަތުގެ ތެޔޮ ކުންފުނިން ފައިސާ ހުސްވެފައިވާ ކަމަށާއި ގައުމަށް ދިމާވެފައިވާ ތެލުގެ ދަތިކަމުގެ މައްސަލަ އިތުރަށް ގޯސްވެދާނެ ކަމަށް ހަކަތައާ ބެހޭ މިނިސްޓަރު ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

އުދަޔަ ގައްމަންޕިލަ ވިދާޅުވީ ދަރަނިވެރިފައިވާ ސިލޯން ޕެޓްރޯލިއަމް ކޯޕޮރޭޝަން (ސީޕީސީ) ގެ ދަރަނި ދަނީ އުފުލެމުން ކަމަށާއި ބޭރުން ތެލުގެ ސަޕްލައި ގެންނާނެ ފައިސާ ވެސް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި ޑީސެލް ވިއްކައިގެން ސީޕީސީއަށް 42 ޕަސެންޓުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

ލަންކާގެ ޕަބްލިކް ޓްރާންސްޕޯޓަށް އެންމެ ގިނައިން ބޭނުން ކުރަނީ ޑީސެލް އެވެ. ވެރިރަށް ކޮލޮމްބޯ ނޫން ތަންތަނުގައި ޑީސެލް ނުލިބޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

"ކުރިން އަޅުގަނޑުމެންނަށް ދަތިވީ ތެޔޮ އިމްޕޯޓް ކުރާނެ ޑޮލަރު ހޯދަން. މިހާރު ޑޮލަރު ގަންނަން ބޭނުންވާ ރުޕީޒްގެ ދަތިކަމެއް މި ކުރިމަތިވަނީ،" ގައްމަންޕިލަ ނޫސްވެރިންނަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2021 ވަނަ އަހަރު އެކަނިވެސް ސީޕީސީއަށް 415 މިލިއަން ޑޮލަރު ނުވަތަ 83 ބިލިއަން ރުޕީޒްގެ ގެއްލުމެއް ލިބުނު ކަމަށެވެ.

"ތެލުން ނަގާ ޓެކްސްތައް އުވާލި ނަމަވެސް، ލިބުނު ގެއްލުން ރިކަވާ ނުކުރެވޭނެ. ތެލުގެ އަގު މަތި ނުކުރާ ނަމަ ނުވަތަ ޓްރެޝަރީއިން ބެއިލްއައުޓެއް ނުދޭ ނަމަ، ތެލުގެ ބޮޑު ތަދަކާ ދިމާވާނެ."

އެކަމާ ގުޅޭ ގޮތުން ލަންކާގެ ފިނޭންސް މިނިސްޓްރީއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ލަންކާއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމުގެ ސަބަބުން ހަކަތައިގެ ސިނާއަތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އެ ސިނާއަތަށް ބޭނުންވާ ތެޔޮ ޖެހެނީ އިމްޕޯޓް ކުރާށެވެ.

ތެޔޮ ނުލިބޭތީ ތާމަލް ކަރަންޓު އުފައްދާ ޖެނެރޭޓަރުތައް ބަންދު ކުރުމާ އެކު، ލަންކާގެ އެކި ހިސާބުތަކުން ދަނީ ވަރަށް ގިނައިން ކަރަންޓު ކެނޑެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox