އަފްގާނިސްތާން: ވަޅެއްގައި ތާށިވެފައި ހުރި ކުއްޖަކު ސަލާމަތް ކުރަނީ

އަފްގާނިސްތާނުގެ ކުޑަ ފިރިހެން ކުއްޖެއް.

އަފްގާނިސްތާނުގެ ކުޑަ ފިރިހެން ކުއްޖެއް.

އަފްގާނިސްތާނުގެ ދެކުނު ޒަބުލް ޕްރޮވިންސްގައި މީގެ ދެ ދުވަސް ކުރިން ވަޅަކަށް ވެއްޓި، ތާށިވި ނުވަ އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތް ކުރުމުގެ މަސައްކަތް އެބަ ކުރެ އެވެ.

ޝޮކަކް އަވަށުގައި ރެސްކިއު އޮޕަރޭޝަން ފަށާފައިވާ އިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މޮރޮކޯގައި ވެސް ފަސް އަހަރުގެ ކުއްޖަކު ވަޅަކަށް ވެއްޓުނެވެ.

ރަޔަން ނަމަކަށް ކިޔާ އެ ކުއްޖާ ސަލާމަތް ކުރަން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ އިރު، އެކަމަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ. ނަމަވެސް އެ ކުއްޖާއާ ހަމައަށް ފޯރިއިރު އޮތީ މަރުވެފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ ހައިދަރް ނަމަކަށް ކިޔާ ކުއްޖަކު ވަޅެއްގައި ތާށިވެފައި ހުރި މަންޒަރެވެ.

އެ ކުއްޖާގެ ބައްޕަ ދަރިފުޅުގެ ހާލު ރަނގަޅުތޯ ސުވާލު ކުރާ އަޑު ވީޑިއޯއިން އިވެ އެވެ. އަދި ބައްޕައާ ވާހަކަ ދެއްކުމަށާއި، ސަލާމަތް ކުރަން އެބަ އުޅޭ ކަމަށާއި ނުރޮއެ ހުންނަން އެދޭ ކަމަށް އެ މީހާ ބުނެ އެވެ.

ޖަވާބުގައި އެ ކުއްޖާ ބުނީ ބައްޕައާ ވާހަކަ ދައްކަމުން ދާނެ ކަމަށެވެ. އެ ވީޑިއޯ ނެގީ ރެސްކިއު ޓީމުން ވަޅުގެ ތެރެއަށް ތިރި ކުރި ކެމެރާއަކުންނެވެ.

އަވަށުގެ އޮފިޝަލުން ބުނީ ހައިދަރް ތާށިވެފައި ހުރީ 10 މީޓަރު ފުން ހިސާބެއްގައި ކަމަށެވެ. އެ ސަރަހައްދުގައި އެމްބިއުލާންސާއި އެހެން ޓީމުތައް ވެސް އެބަ އުޅެ އެވެ.

ޑެޕިއުޓީ ބޮޑު ވަޒީރުގެ ސެކެޓްރީ އަބްދުﷲ އައްޒާމް ކުރި ޓްވީޓެއްގައި ބުނީ އެމްބިއުލާންސާއި އޮކްސިޖަން އަދި ބޭނުންވާ އެހެން ސާމާނު ވެސް ފޮނުވާފައިވާ ކަމަށެވެ.

ރެސްކިއު ޓީމުން ދަނީ ވަޅު ކައިރިން އަޑިއަށް ކޮނެ، ހޮރިޒޯންޓަލްކޮށް މަގެއް ކޮނެ، ހައިދަރް ހުރި ހިސާބަށް ދެވޭތޯ ބަލަމުންނެވެ. އެ ނޫން ގޮތަކަށް ސަލާމަތް ކުރަން މަސައްކަތްކޮށްފި ނަމަ، ވަޅުގެ ތެރެއަށް ފަސް އެޅި، ކުއްޖާ މަރުވުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox