ސައުދީ އަރަބިއްޔާ: އަންހެން ރޭލު ޑްރައިވަރުންގެ 30 ސްލޮޓަށް 28،000 ފޯމު

މިއީ ސައުދީ އަރަބިއްޔާގައި އަންހެން ރޭލު ޑްރައިވަރުންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރު. -- ފޮޓޯ: ގެޓީ އިމޭޖާޒް

މިއީ ސައުދީ އަރަބިއްޔާގައި އަންހެން ރޭލު ޑްރައިވަރުންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރު. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސައުދީ އަރަބިއްޔާގައި އަންހެން ރޭލު ޑްރައިވަރުންގެ 30 ވަޒީފާއަށް ހުޅުވާލުމުން 28،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް ރޭލު ކުންފުނި، ރެންފޭއިން ބުނެފި އެވެ.

އެ ވަޒީފާއަށް ހޮވޭ ފަރާތްތަކުން އެއް އަހަރުގެ ތަމްރީނަށް ފަހު ހައި ސްޕީޑް ރޭލު ދުއްވާނީ މައްކާ އާއި މަދީނާއާ ދެމެދު އެވެ.

މިއީ ސައުދީ އަރަބިއްޔާގައި ރޭލު ޑްރައިވަރުންގެ ގޮތުގައި އަންހެނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ.

ގިނަ ޒަމާންތަކެއް ވަންދެން މަސައްކަތްތެރިންގެ އާބާދީގެ ތެރޭގައި އެންމެ މަދުން އަންހެނުން ހިމެނުނު ގައުމަކަށް އޮތީ ސައުދީ އަރަބިއްޔާ އެވެ.

ނަމަވެސް ފަހަކަށް އައިސް، ސަރުކާރުން ދަނީ މަސައްކަތުގެ މައިދާނުގައި އުޅޭ އަންހެނުންގެ އަދަދު އިތުރު ކުރަން ފިޔަވަޅުތަކެއް އަޅަމުންނެވެ.

އޭގެ އިތުރުން އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަދީ، އާއިލާގެ ފިރިހެން މެމްބަރަކާ ނުލައި ވެސް ދަތުރު ކުރެވޭ ގޮތަށް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ނަތީޖާއެއްގެ ގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވަޒީފާގެ މައިދާނުގައި އުޅޭ އަންހެނުންގެ އަދަދު ވަނީ ދެ ގުނަ އިތުރުވެ، 33 ޕަސެންޓަށް އަރާފަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގައި ވަޒީފާގެ މައިދާނަށް ވަތް ފިރިހެނުންނަށް ވުރެ އަންހެނުން ގިނަ ކަމަށް ވެސް ތަފާސްހިސާބުން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox