އަންނަ ސީޒަންގައި ކުޅޭނެ ޓީމެއް އަދި ނުނިންމަން: އެމްބާޕޭ

Feb 17, 2022, 8:34 AM
އަންނަ ސީޒަންގައި ކުޅޭނެ ޓީމެއް އަދި ނުނިންމަން: އެމްބާޕޭ

ޕެރިސް (ފެބްރުއަރީ 17) - އަންނަ ސީޒަންގައި ކުޅޭނެ ޓީމެއް އަދި ވެސް ނުނިންމާ ކަމަށާއި، މި ވަގުތު ހުރިހާ ވިސްނުމެއް ހުރީ މި ސީޒަންގައި ޕީއެސްޖީ އަށް ރަނގަޅު ކާމިޔާބެއް ހޯދައިދޭން ކަމަށް އެ ޓީމަށް ކުޅޭ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފި އެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، ޕީއެސްޖީން އުއްމީދުކޮށްގެން ހުރީ އާ ކޮންޓްރެކްޓެއްގައި އެމްބާޕޭ ސޮއިކުރާނެ ކަމަށެވެ. މިހާރު އޮތްގޮތުން އެމްބާޕޭ މި ސީޒަން ނިމުމުން ޕީއެސްޖީ ދޫކޮށްލައިފިނަމަ އެ ޓީމަށް އެއްވެސް ޓްރާންސްފާ ފީއެއް ނުލިބޭނެ އެވެ.

އަނެއްކޮޅުން، އެމްބާޕޭގެ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން އޮތީ ވިއްދައިފަ އެވެ. އެމްބާޕޭ، ޕީއެސްޖީއާ އެކު އާ ކޮންޓްރެކްޓަކާ ގުޅޭ މަޝްވަަރާތައް ނުކުރާ މައިގަނޑު ސަބަބަކީ ވެސް ރެއާލާ ގުޅެން ބޭނުންވުން ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.

އެމްބާޕޭ، 22، ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އެންމެ ފަހުން ރެއާލާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ފަހު ވަގުތު ގޯލް ޖަހައި 1-0 އިން ޕީއެސްޖީ މޮޅުކޮށްދީފަ އެވެ.

ކުރިމަގާ ބެހޭގޮތުން ސުވާލުކުރުމުން އެމްބާޕޭ ބުނީ މިވަގުތު ކުޅެމުން އަންނަނީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމަށް ކަމަށެވެ. އަދި މި ވަގުތު އެންމެ ރަނގަޅަށް ތައްޔާރުވެ، ހުރީ ޕީއެސްޖީ އަށް ކާމިޔާބު ސީޒަނެއް ނިންމާލައިދިނުމުގެ އަމާޒުގައި ކަމަށް ވަނީ ބުނެފަ އެވެ. .

"އަހަރެންގެ ހުރިހާ ވިސްނުމެއް މި ވަގުތު ހުރީ މިސީޒަންގައި ޕީއެސްޖީއާ އެކު ކާމިޔާބު ހޯދަން، ކުރިމަގާ މެދު ގޮތެއް ނިންމަން އަދި މާ އަވަސް، އެކަމާ އަހަރެން މި ވަގުތު ނުވިސްނަން" 2017 ވަނަ ފްރާންސްގެ މޮނާކޯ ވިދާލައި ފަހުން ޕީއެސްޖީ އަށް ބަދަލުވި އެމްބާޕޭ ބުންޏެވެ.

މުސާރައިގެ ގޮތުގައި 350،000 ޔޫރޯ ހަފްތާ އަކު އެމްބާޕޭ އަށް ލިބޭއިރު އޭނާގެ މުސާރަ ބޮޑުކޮށް އާ ކޮންޓްރެކްޓެއް ދޭން ޕީއެސްޖީ އޮތީ ތައްޔާރަށެވެ. އެކަމަކު، މުސާރަ އަށް ވުރެ ބޮޑަށް އެމްބާޕޭގެ ވިސްނުން ހުރީ ކެރިއަރުގައި އާ ޗެލެންޖެއް ނަގާށެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، އެ ކްލަބަށް ގެންނަން އެންމެ ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި އެމްބާޕޭ ހިމެނެ އެވެ. އަދި މި ސީޒަން ނިމުމުގެ ކުރިން އެމްބާޕޭ ލައްވައި ޕްރީ އެގްރީމެންޓެއް ހަދަން ރެއާލް އޮތީ ތައްޔާރަށެވެ.

ދާދި ފަހުން ސްޕެއިންގެ މެޑްރިޑާއި ފްރާންސްގެ ޕެރިހަށް ނިސްބަތްވާ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ ޖުލައި މަހު އެއް ވަނަ ދުވަހު ރެއާލާ ގުޅެން އެމްބާޕޭ ނިންމާފައިވަނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އަދި އެ ކޮންޓްރެކްޓްގައިވާ ގޮތުން އެމްބާޕޭ އަށް އަހަރަކު 41 މިލިއަން ޕައުންޑް (55 މިލިއަން ޑޮލަރު) ލިބޭނެ ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ގޮތަށް އެ ޑީލް ގޮސްފިނަމަ އެމްބާޕޭ އަށް ލިބޭ އާމްދަނީ ވެގެންދާނީ ކްލަބަކުން ރަސްމީކޮށް ކުޅުންތެރިއަކަށް ދޭނެ އެންމެ ބޮޑު މުސާރަ އަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox