ފަނޑިޔާރުންގެ އުދާސްތައް ހުކުމަށް ގެނައުމަކީ ރަނގަޅު ގޮތެއް ނޫން: ޖޭއެސްސީ

ޖޭއެސްސީގެ ރައީސާ ހިސާން: ފަނޑިޔާރުންގެ އަމިއްލަ އިސްނެގުމުން ފާހަގަވާ ކަންކަން ހުކުމަށް ގެނައުމާ އެ ކޮމިޝަނުން ދެކޮޅު -- ފޮޓޯ: ރައްޔިތުން މަޖިލީސް

ޖޭއެސްސީގެ ރައީސާ ހިސާން: ފަނޑިޔާރުންގެ އަމިއްލަ އިސްނެގުމުން ފާހަގަވާ ކަންކަން ހުކުމަށް ގެނައުމާ އެ ކޮމިޝަނުން ދެކޮޅު -- ފޮޓޯ: ރައްޔިތުން މަޖިލީސް

މައްސަލަތައް ނިންމުމަށްފަހު ނެރޭ ހުކުމްތަކަށް ފަނޑިޔާރުންގެ އުދާސްތައް ތިރިކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، އެކަމަށް އެއްވެސް ވަރަކަށް ތަރުހީބު ނުދޭނެ ކަމަށް ޝަރުއީ ބާރަށް ފާރަވެރިވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީއަށް ރައްޔިތުން މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު، އަދި އެ ކޮމިޝަންގެ ރައީސް، ހިސާން ހުސައިން އިއްޔެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ ކޯޓުތަކާއި ފަނޑިޔާރުންނާ ގުޅޭ ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ.

އެގޮތުން, މައްސަލައާ ގުޅުން ނެތް ބައެއް ވާހަކަތައް ފަނޑިޔާރުންގެ އަމިއްލަ އިސް ނެގުމުގެ ދަށުން ބެލުމަށްފަހު، އެކަންކަން ހުކުމުގައި ލިޔުއްވާތީ އެކަމަށް އޭނާ ފާޑު ވިދާޅުވި އެވެ.

"އެންމެ ރަނގަޅު ގޮތެއް ނޫން އެއީ މައްސަލައާ ގުޅުން ނެތް ބައިވަރު އެހެން ވާކަތަކެއް، ފަނޑިޔާރުގެ އުދާސް ފިލުވާލުމުގެ ގޮތުން ހުކުމަށް ގެނައުމަކީ," ރައްޔިތުން މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި "ޖުޑީޝިއަލް އެކްޓިވިޒަމް" (މައްސަލައިގެ ބޭރުން ފަނޑިޔާރުން ދެކޭ ގޮތް / ހިޔާލު) ފާޅުކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި އެކަމާއި ޖޭއެސްސީގައި ބާކީ ތިއްބެވި ނުވަ މެމްބަރުންވެސް ދެކޮޅު ހައްދަވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"ޖުޑީޝިއަލް އެކްޓިވިޒަމްއަށް ދިއުން، އެއީ ރަނގަޅު ގޮތް ކަމަށް ހަމަ ގައިމު އަޅުގަނޑު ގަބޫލެއް ނުކުރަން، އަދި އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑު ހިތުން އެހެން ގަބޫލުކުރާ ބޭފުޅެއް ނެތް،" ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކުރެއްވުމަށްފަހު، ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ހިސާން ވިދާޅުވި އެވެ.

ނަމަވެސް އެގޮތަށް ހުކުމްތައް ނުކުރައްވަން ފަނޑިޔާރުންނަށް އެންގުމަކީ ޖޭއެސްސީއަށް ލިބިފައިވާ ގާނޫނީ ބާރުވެރިކަމުގެ ދަށުނުން ކުރެވޭނެ ކަމެއް ނޫން ކަން ހިސާން ދެކިވަޑައިގަނެ އެވެ.

"އަޅުގަނޑުމެންނަކަށް ފަނޑިޔާރުންނަކަށް ހުކުމަކަށް މިވެނި އެއްޗެއް ނުލިޔާށޭ، މިވެނިހެން ލިޔުނީމަ ގޯހޭ، އެހެން ބުނުމަށް ގާނޫނީ ގޮތުން ފުރުސަތު އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ހިސާން ވިދާޅުވިއެވެ.

އެކަމަކު ފަނޑިޔާރުން ނެރޭ ހުކުމްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސިލްސިލާ ގޮތެއްގައި ތަމްރީމް ޕްރޮގްރާމްތަކެއް ބާއްވާކަން ހިސާން ފާހަގަކުރެއްވި އެވެ. އެ ސެޝަންތަކުގައި ހުކުމުގައި ކޮންމެހެން ހިމަނަން ޖެހޭ ބައިތައް ކިޔައިދެ އެވެ.

މިވީ ތިން އަހަރު ތެރޭ ސުޕްރީމް ކޯޓަށް ބޮޑެތި ބަދަލުތަކެއް އައިސްފިކަން ގިނަ ވަކީލުން ފާހަގަކުރެ އެވެ. ކުރިން އެއް ޖުމްލައިން ބޮޑެތި ހުކުމްތައް އެއްވެސް ތަރުތީބެއް ނެތި ނެރިފައި ހުއްޓަސް މިހާރު ސުޕްރީމް ކޯޓުގެ ހުކުމްތައް ކިޔާލަން ފަސޭހަވެފައި ތަފްސީލެވެ.

މައްސަލައިގެ ފަސް ފަހަތާއި އިސްތިއުނާފީ ނުގުތާތަކާއި ކޯޓުގައި ދެއްކި ވާހަކަތަކައިގެ އިތުރުން ޝަރީއަތަށް ފާހަގަކުރެވުނު ނުގުތާތަކާއި ހުކުމާ ހަމައަށް ވާސިލްވި ގޮތް ވަކި ތަރުތީބަކުން އާންމު މީހާއަށް ވެސް ވިސްނޭނެ ގޮތަށް ތިލަ އިބާރާތަކުން މިހާރު ސުޕްރީމް ކޯޓުގެ ގަޒިއްޔާތައް ލިޔެފައި ހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox