ކެނެޑާގެ މުޒާހަރާ: ފާޑުކިޔުންތަކާ ހެދި އޮޓާވާ ފުލުހުންގެ ވެރިޔާ އިސްތިއުފާ ދީފި

އޮޓާވާ ފުލުހުންގެ ވެރިޔާ ޕީޓާ ސްލޯލީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އޮޓާވާ ފުލުހުންގެ ވެރިޔާ ޕީޓާ ސްލޯލީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ މެދު އަމަލު ކުރެއްވި ގޮތަށް ފާޑުކިޔުން އަމާޒުވެފައި ވާތީ އޮޓާވާ ފުލުހުންގެ ވެރިޔާ ޕީޓާ ސްލޯލީ އިސްތިއުފާ ދެއްވައިފި އެވެ.

ކެނެޑާގެ ވެރިރަށް އޮޓާވާ ސިޓީގެ މަގުތައް ބަންދުކޮށް "ފްރީޑަމް ކޮންވޯއި" މުޒާހަރާ ކުރިއަށް ދާތާ 19 ދުވަސް ވެއްޖެ އެވެ. ސިޓީ ހުއްޓުމަކަށް އައިސްފައި ވާތީ އާއްމުންގެ ޝަކުވާ ބޮޑެވެ.

އޮޓާވާ ޕޮލިސް ސާވިސަސް ބޯޑުން ބުނީ ސްލޯލީ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ޓްވިޓާގައި އާއްމު ކުރެއްވި ބަޔާނެއްގައި ސްލޯލީ ވަނީ މަސައްކަތް ދިފާއު ކުރައްވާފަ އެވެ.

ސްލޯލީ އޮޓާވާ ފުލުހުންގެ ޗީފްގެ މަގާމާ ހަވާލުވެވަޑައިިގެންނެވީ 2019 ވަނަ އަހަރު އެވެ. އޭނާ ވަނީ ޓޮރޮންޓޯގެ ފުލުހުންނާ އެކު 30 އަހަރު ހިދުމަތް ކުރައްވާފަ އެވެ.

މުޒާހަރާތަކާ ގުޅިގެން އޮޓާވާގެ މޭޔަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވީ މީގެ ހަފްތާއެއް ކުރިންނެވެ. ހޯމަ ދުވަހު ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އެމެޖެންސީޒް ގާނޫނަށް އަމަލު ކުރަން ފައްޓަވާފަ އެވެ.

ޓްރޫޑޯ ވިދާޅުވީ ގާނޫނުގެ ދަށުން ފުލުހުންނަށް އިތުރު ބާރުތައް ލިބޭނެ ކަމަށާއި ރޯޔަލް ކެނޭޑިއަން މައުންޓަޑް ޕޮލިސް އަދި އޮންޓާރިއޯ ޕްރޮވިންޝަން ޕޮލިހުން ވެސް އޮޓާވާގެ ފުލުހުންނަށް އެހީވާނެ ކަމަށެވެ.

މުޒާހަރާއިން އަންގާރަ ދުވަހު ހައްޔަރު ކުރި 11 މީހުންގެ އަތުގައި ގިނަ އަދަދެއްގެ ހަތިޔާރު ހުއްޓެވެ. އެ މީހުންނަށް ތުހުމަތު ކުރެވެނީ ފުލުހުން މަރަން ރޭވި ކަމަށެވެ.

އޮޓާވާ ސިޓީގެ މެދުގައި މަގުތައް ބަންދުކޮށްގެން 400-500 ޓްރަކް އަދިވެސް ޕާކުކޮށްފައި އެބަ އޮތެވެ. އެ ސިޓީގެ އިތުރުން އެހެން ހިސާބުތަކުގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox