އޮސްޓްރޭލިއާގެ ރައްކާތެރިކަން ހޯދަން ދާ މީހުން 689 ދުވަސް ބަންދުގައި

އޮސްޓްރޭލިއާގެ ރައްކާތެރިކަން ހޯދަން ދިޔަ މީހުންގެ ތެރެއިން ބަންދުގައި އެންމެ ގިނަ ދުވަސްވެފައި ވަނީ މެހްދީ އަލީ (ވ) އަދި މުހައްމަދު. -- ފޮޓޯ: މެހްދީ އަލީ/ ޓްވިޓާ

އޮސްޓްރޭލިއާގެ ރައްކާތެރިކަން ހޯދަން ދިޔަ މީހުންގެ ތެރެއިން ބަންދުގައި އެންމެ ގިނަ ދުވަސްވެފައި ވަނީ މެހްދީ އަލީ (ވ) އަދި މުހައްމަދު. -- ފޮޓޯ: މެހްދީ އަލީ/ ޓްވިޓާ

އޮސްޓްރޭލިއާއިން ރައްކާތެރިކަން ހޯދަން އެދި، ހިޖުރަ ކުރާ މީހުން ބަންދުގައި އެވްރެޖުކޮށް 689 ދުވަސް ހޭދަކުރާ ކަމަށް ބުނެ، ހިޔުމަން ރައިޓްސް ވޮޗްއިން އެ ގައުމުގެ އިމިގްރޭޝަން ސިޔާސަތަށް ފާޑުކިޔައިފި އެވެ.

އެ ޖަމިއްޔާއިން އެގޮތަށް ބުނީ ކޮވިޑް ވެކްސިން މައްސަލައިގައި ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް އޮސްޓްރޭލިއާއަށް އެތެރެވިޔަ ނުދީ، ހޮޓަލެއްގައި ބަންދު ކުރިތާ މަހެއް ފުރުނު ދުވަހާ ދިމާކޮށެވެ.

ޖޮކޮވިޗް އޮސްޓްރޭލިއާއިން ޑީޕޯޓުކޮށްލާފައިވާ އިރު، އޭނާ ބަންދުގައި ހުންނަން ޖެހުމުން އޮސްޓްރޭލިއާއިން ގެންގުޅޭ "ހަރުކަށި އަދި ލާއިންސާނީ" އިމިގްރޭޝަން ސިޔާސަތުގެ ވާހަކަ ވަނީ ފެތުރެން ފަށާފަ އެވެ.

ޖޮކޮވިޗް ބަންދުކޮށްފައި ހުރި ޑިޓެންޝަން ހޮޓަލުގައި މި ވަގުތު ވެސް 32 ރެފިއުޖީން އެބަ ތިބި ކަމަށް އެކްޓިވިސްޓުން ބުނެ އެވެ.

ދުނިޔޭގެ އެއް ވަނަ ޓެނިސް ތަރީގެ ކުރު ބަންދާ ހިލާފަށް، އުމުރުން 24 އަހަރުގެ އިރާނުގެ ރެފިއުޖީ އަކު ހަމަ އެ ހޮޓަލުގައި ބަންދުކޮށްފައި ހުންނަތާ މިހާރު ދެ އަހަރު ވެއްޖެ އެވެ. އޭނާ ދޫކޮށްލާނެ ތާރީހެއް އަދިވެސް ނޭނގެ އެވެ.

"މި އިމާރާތުގައި ދިރިއުޅޭ މީހުން ތިބީ މިނިވަންކަން ހޯދަން ކެތްމަދުވެފައި،" މެހްދީ އަލީ ބުންޏެވެ. އޭނާ އަކީ އިރާނުގެ އަހްވާޒީ އަރަބް މައިނޯރިޓީ ދަރިކޮޅުގެ މީހެކެވެ.

މެހްދީ އަލީ އޮސްޓްރޭލިއާއަށް އެތެރެވީ އުމުރުން 15 އަހަރުގައި.
މެހްދީ އަލީ އޮސްޓްރޭލިއާއަށް އެތެރެވީ އުމުރުން 15 އަހަރުގައި.

މެހްދީ އަލީ އޮސްޓްރޭލިއާއަށް އެތެރެވީ އުމުރުން 15 އަހަރުގައި.

މެހްދީ އިރާނުން ފިލައިގެން އޮސްޓްރޭލިއާއަށް ދަތުރު ކުރީ އުމުރުން 15 އަހަރުގަ އެވެ. އޮސްޓްރޭލިއާގެ އިމިގްރޭޝަން އިދާރާތަކުން އޭނާ ބަންދުކޮށްގެން އުޅޭ ނުވަ އަހަރު ވެއްޖެ އެވެ.

އޮސްޓްރޭލިއާ ސަރުކާރުން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ރިޕޯޓަކާ ހަވާލަދީ ހިޔުމަން ރައިޓްސް ވޮޗްއިން ބުނީ އެވްރެޖުކޮށް 689 ދުވަސް ރެފިއުޖީން ބަންދުގައި ހޭދަކުރަން ޖެހޭ އިރު، އެއީ ރެކޯޑެއް ކަމަށެވެ.

ރައްކާތެރިކަމަށް އެދި އެތެރެވާ މީހުންނަށް ގިނަ ގައުމުތަކުގައި އާއްމުންގެ ތެރޭގައި ދިރިއުޅުމުގެ ފުރުސަތު ދެ އެވެ. ނަމަވެސް ކަނޑު މަގުން އޮސްޓްރޭލިއާއަށް އެތެރެވާ ހުރިހާ ރެފިއުޖީން ވެސް ކުރަނީ ބަންދެވެ.

މިހާރު ވެސް އެގޮތަށް 1،459 މީހުން ބަންދުގައި ތިބި އިރު އެ މީހުން ބަންދުގައި ބެހެއްޓޭނެ މުއްދަތެއް ވެސް ކަނޑައަޅާފައެއް ނޯވެ އެވެ.

"ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން، ހިޖުރަ ކުރާ މީހުން ބަންދު ކުރުމަކީ އަދަބެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ. އެ ފިޔަވަޅަކީ ގާނޫނީ މަގްސަދެއް ހާސިލް ކުރުމަށް އަޅަން ޖެހޭ އެންމެ ފަހު ފިޔަވަޅު،" އެ ޖަމިއްޔާއިން ބުންޏެވެ.

ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާއިން ދަނީ ކަނޑު މަގުން ބޯޓުގައި އެތެރެވާ ހުރިހާ ރެފިއުޖީން ހައްޔަރު ކުރަމުންނެވެ. އަދި އެ މީހުންނަށް ދާއިމީކޮށް އޮސްޓްރޭލިއާގައި ނޫޅެވޭނެ ކަމަށް ބުނެފައިވެ އެވެ.

އިމިގްރޭޝަން ސިޔާސަތު ދިފާއުކޮށް އޮސްޓްރޭލިއާ ސަރުކާރުން ބުނަނީ އެއީ އެ ގައުމުގެ ރައްކާތެރިކަން ހޯދަން މީހުން އައުން މަދު ކުރުމަށާއި ކަނޑު މަތީގައި މީހުން މަރުވުން މަދު ކުރުމަށް ރަނގަޅު ސިޔާސަތެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox