މަގުމަތީ އުޅުނު ބިދޭސީން މިހާރު ތިބީ ރިސޯޓްތަކުގައި: އީސަ

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މެމްބަރު އަހުމަދު އީސާ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ މަގުމަތީ އުޅުނު ބިދޭސީން މިހާރު ތިބީ ރިސޯޓްތަކުގައި ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މެމްބަރު އަހުމަދު އީސާ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ މަގުމަތީ އުޅުނު ބިދޭސީން މިހާރު ތިބީ ރިސޯޓްތަކުގައި ކަމަށް.

ސައްހަ ލިޔެކިއުން ނެތި މާލޭގެ މަގުތަކުގައި މަސައްކަތް ހޯދަން އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ބައެއް ރިސޯޓްތަކަށް ގެންގޮސް، އެތަންތަނުން ދިވެހިން މަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ މިއަދު ތުހުމަތުު ކުރައްވައިފި އެވެ.

އަހުމަދު އީސާއަކީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ޔޫނިއަން، ޓޫރިޒަމް އެމްޕްލޯއީސް އޮފް މޯލްޑިވްސް (ޓީމް)ގެ ރައީސްކަން ވެސް ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސަ ވިދާޅުވީ ކެޝުއަލް މުވައްޒަފުންގެ ގޮތުގައި ގިނަ އަދަދެއްގެ ބޭރު މީހުން ގެންދިޔައީ ސާވިސްޗާޖް ދިނުމުގެ އުސޫލު ބަދަލުކޮށް، ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ކަމަށެވެ. އޭނާ އެ ވިދާޅުވި ގޮތުން ބައެއް ރިސޯޓްތަކުން އެގޮތަށް ކަންތައް ކޮށްފައި އެވަނީ ސާވިސްޖާޗް ލިބޭ މުވައްޒަފުންގެ އަދަދު މަދުކުރަން ކަމަށް ބެލެވެ އެވެ.

"ކުޑަ ކުންފުންޏަކުން މަގުމަތިން ބަންގާޅީންތަކެއް [ބަންގްލަދޭޝް މީހުންތަކެއް] ހޮވާލައިގެން ގެންގޮސް، މިހާރު މާލޭގެ މަގުމަތީގައި ގަވައިދާ ހިލާފަށް އުޅުނު [ސައްހަ ލިޔެކިއުންތައް ނެތް] ހުރިހާ ބަންގާޅީންތަކެއް މިހާރު ކެޝުއަލް މުވައްޒފުންގެ ގޮތުގައި އެތިބީ. އެހެންވެގެން އެމީހުން ނުފެންނަނީ،" އަހުމަދު އީސާ ވިދާޅުވި އެވެ.

އޭނާ މިމޭރުމުން ވާހަކަ ދެއްކެވީ ރާއްޖެއަށް އެންމެ ގިނައިން ލޭބަރުން ގެންނަ އެއް ގައުމުކަމަށްވާ ބަންގްލަދޭޝުން މީހުން އެތެރެކުރުމުގެ ފުރުސަތު މިހާރު ނޯންނާތީ ކުދިކުންފުނިތަކަށް ދަތިވާ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ވިދާޅުވުމުންނެވެ.

އެ ގައުމުން މީހުން ގެންނަން އަލުން ފުރުސަތު ދިނުމަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ އަދަދު އިތުރުކުރަންދޭ ހިތްވަރަކަށް ވާނެ ކަމަށް އީސަ ވިދާޅުވި އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ނ. އަތޮޅުގެ ބައެއް ލަގްޒަރީ ރިސޯޓްތަކުގައި ދާއިމީ މުވައްޒަފުންނަށް ވުރެ ދެގުނަ އިތުރަށް، ކެޝުއަލް މުވައްޒަފުންގެ ގޮތުގައި ގެންގުޅޭ ބިދޭސީން އެބަތިއްބެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.

"ހަތަރުސަތޭކަ ވަރަކަށް މުވައްޒަފުން ހިދުމަތްކުރާ ތަންތާނގައި ސަތޭކަވަރަކަށް މުވައްޒަފުން ތިބީ ދާއިމީ މުވައްޒަފުންގެ ގޮތުގައި. ދެން ބާކީ ތިބި ތިންސަތޭކަ މުވައްޒަފުންނަކީ އެގޮތް މިގޮތަށް، ކުދިކުދި ކުންފުނިތަކުގެ ނަމުގައި ކެޝުއަލް މުވައްޒަފުންގެ ގޮތުގައި އަރުވާފައި ތިބިމީހުން،" އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ ގަވައިދާ ހިލާފަށް އައިސްތިބި މީހުން ހިމެނޭ ގޮތުން ވިޔަސް، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ އަދަދު 100،000 އަށް އަރާފައިވާ ހާލަތެއްގައި އެގައުމުން އިތުރަށް މީހުން ގެންނަން ހުއްދަދޭން އޭނާ ދެކޮޅު ކަމަށެވެ. ބާރު އަޅަން ޖެހޭނީ ގާނޫނަށް އަމަލުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައްހަ ލިޔެކިއުން ނެތި ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިންނާ މެދު އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ވިދާޅުވެ، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވެސް މިއަދުގެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ ބަންގްލަދޭޝްގެ އެއް ލައްކަ މީހުން ރާއްޖޭގައި މަސައްކަތްކުރާ އިރު ސައްހަ ގޮތުގައި އައިސް ތިބީ އޭގެ ތެރެއިން 60،000 މީހުން ކަމަށެވެ.

"އަނެއް ސާޅީސްހާސް މީހުން ކީއްވެތޯ ގަވާއިދުގެ ތެރެއަށް ނުފެއްތިގެން މިއުޅެނީ؟," އަފީފް ސުވާލުކުރެއްވި އެވެ.

މިއަަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވި ގޮތުގައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ސައްހަ ލިޔެކިއުންތައް ނެތް މީހުންގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ ތަފްސީލް ރިޕޯޓެއް ކޮންމެ ތިން މަހަކުން އެއް ފަހަރު ހޯދަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އޮތީ ނިންމައިފަ އެވެ.

ކޮމިޓީގެ އެ ނިންމުމާ އެއްގޮތަށް އިދާރާތަކުން ފޮނުވި ފުރަތަމަ ރިޕޯޓް މިހާރު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮމިޓީން މިއަދު ނިންމީ އެ ރިޕޯޓް ރިވައިސްކުރުމަށް ފަހު އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންނާ އަންނަ ބުދަ ދުވަހު ބައްދަލުކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox