ޔޫކްރެއިނަށް ދިވެހިން ދަތުރު ނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި

ކިޔެވް، ޔޫކްރެއިން (ފެބްރުއަރީ 12) - ގައުމީ ދިދަ ހިފައިގެން، ގައުމީ ސަލާން ކިޔަމުން ޔޫކްރެއިންގެ އެތައް ހާސް ރައްޔިތުން ރަޝިއާއާ ދެކޮޅަށް އަޑު އުފުލަނީ -- ފޮޓޯ: ރޮއިޓާސް

ކިޔެވް، ޔޫކްރެއިން (ފެބްރުއަރީ 12) - ގައުމީ ދިދަ ހިފައިގެން، ގައުމީ ސަލާން ކިޔަމުން ޔޫކްރެއިންގެ އެތައް ހާސް ރައްޔިތުން ރަޝިއާއާ ދެކޮޅަށް އަޑު އުފުލަނީ -- ފޮޓޯ: ރޮއިޓާސް

ހަނގުރާމައެއް ބޯމަތިވެފައިވާ ޔޫކްރެއިން އަށް ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީން ދިވެހި ރައްޔިތުންނަށް އިލްތިމާސް ކޮށްފި އެވެ.

މި ހަފްތާގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. އެއާއެކު، އެ ގައުމުގެ މަޝްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

"ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ގައުމަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރަން،" ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ.

ޔޫކްރެއިންގައި މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދެ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

"...ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެ ގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސް ކުރަމެވެ،" ފޮރިން މިނިސްޓްރީން މިއަދު ބުނެފައިވެ އެވެ.

ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، އެ މިނިސްޓްރީ އާއި އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން ކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓްރީވުމަށް ވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރި އެވެ.

ޔޫކްރެއިން އަކީ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ގައުމެކެވެ. އޭގެ ތެރެއިން ވެސް ގިނައީ ސިއްހީ ދާއިރާއިން، ޑޮކްޓަރުކަން ކިޔެވުމަށް ގޮސް އުޅޭ ދިވެހިންނެވެ.

ރަޝިއާ - ޔޫކްރެއިން މައްސަލަ

ރަޝިއާއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޔޫކްރެއިނާ އެ ގައުމާ ގުޅޭ ބޯޑަރަށް 100،000 ސިފައިން ޖަމާކުރި އެވެ. އަދި ޖެހިގެން އައި ޑިސެމްބަރު މަހުގެ ތެރޭގައި ހުޅަނގުގެ ގައުމުތަކަށް ރަޝިއާއިން ޑިމާންޑްތަކެއް ހުށަހެޅި އެވެ.

ޔޫކްރެއިންގެ އިތުރުން އުވިފައިވާ ސޯވިއެޓް ޔޫނިއަންގައި ހިމެނުނު ގައުމުތަކަށް ނޭޓޯގެ މެމްބަރުކަން ނުދިނުމަށާއި އިރުމަތީ ޔޫރަޕުގައި ނޭޓޯއިން ކުރިޔަށްގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓާލުން މި ޑިމާންޑް ތަކުގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން، 1997 ގެ ފަހުން ނޭޓޯއާ ގުޅުނު ގައުމުތަކުގައި ތިބި އެ ޖަމާއަތުގެ ސިފައިން އެ ގައުމުތަކުން ބޭލުމަށް ރަޝިއާއިން ޑިމާންޑް ކުރެ އެވެ.

ޖެނުއަރީ 3، 2022 ގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަށް ގުޅުއްވައި ރަޝިއާއިން ހަމަލާ ދީފިނަމަ ޔޫކްރެއިންގެ ދިފާއުގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެމެރިކާ އާއި ރަޝިއާގެ އޮފިޝަލުން ބައްދަލުކުރެއްވުމަށްފަހު ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް ރަޝިއާގެ ޑިމާންޑްތައް ގަބޫލުކުރެވެން ނެތް ކަމަށް އެމެރިކާއިން ހާމަކުރީ ޖެނުއަރީ 10، 2022 ގަ އެވެ.

ފެބްރުއަރީ 1، ގައި ރަޝިއާގެ ރައީސް ވްލަޑްމިއާ ޕޫޓިން ވަނީ ރަޝިއާއަށް ހަމަލާ ދޭން އުޅޭ ކަމަށް ބުނެ ހުޅަނގުން ކުރާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

ރައީސް ބައިޑެން އަދި ރައީސް ޕޫޓިން އާ ދެ ބޭފުޅުން ފެބްރުއަރީ 12، ގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރެއްވި އެވެ. ހުޅަނގުގެ ގައުމުތަކުން ޑިޕްލޮމެސީ އިހުތިޔާރު ކުރާނެ ކަމުގެ ޔަގީންކަން ބައިޑެން ދެއްވި ނަމަވެސް ޕޫޓިން ވަނީ ރަޝިއާގެ ޑިމާންޑްތަކަށް އިޖާބަ ދީފައި ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި، ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ބައިޑެން ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox