ސްރީލަންކާގައި ބައެއް ދާއިރާތަކުގެ މުވައްޒަފުން އިހްތިޖާޖު ކުރުން މަނާކޮށްފި

ސްރީލަންކާގެ ސަރުކާރު ހޮސްޕިޓަލަކަށް ހިދުމަތް ހޯދަން ދިޔަ މީހަކު މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ ސަރުކާރު ހޮސްޕިޓަލަކަށް ހިދުމަތް ހޯދަން ދިޔަ މީހަކު މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީލަންކާ (ފެބްރުއަރީ 14) - ސްރީލަންކާގައި ސިއްހީ ދާއިރާ އާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ދާއިރާގެ މުވައްޒަފުން އިހްތިޖާޖު ކުރުން މަނާކޮށްފި އެވެ.

އެގޮތަށް ނިންމީ މަސައްކަތްތެރިންގެ ޖަމިއްޔާއަކުން އިސް ނަގައިގެން މިދިޔަ ހަފްތާގައި ފެށި އިހްތިޖާޖެއްގެ ސަބަބުން ސަރުކާރުގެ ހޮސްޕިޓަލްތައް ހުއްޓުމަކަށް އައިސްފައި ވާތީ އެވެ.

ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އޮފީހުން ބުނީ އެމަނިކުފާނު އެގޮތަށް ނިންމެވީ ދެ ދާއިރާގެ މަސައްކަތް ހުއްޓުމަކަށް އައުން މަނާކުރާ 1979 ވަނަ އަހަރުގެ ގާނޫނެއްގެ ދަށުން ކަމަށެވެ.

އެ ގާނޫނުގެ ދަށުން ސިއްހީ ދާއިރާ އާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ދާއިރާގެ މީހުން އިހްތިޖާޖު ކުރާ ނަމަ، ކުށްވެރިވެ ފަސް އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. އޭގެ އިތުރުން މަސައްކަތަށް ނުކުންނަން ދެކޮޅު ހަދާ މީހުންގެ މުދާ ދައުލަތަށް ނެގުމުގެ ބާރު ވެސް ލިބިދެ އެވެ.

ސިއްހީ މަސައްކަތްތެރިންގެ ޖަމިއްޔާއިން މިދިޔަ ހަފްތާގައި ފެށި އިހްތިޖާޖް ނިންމަން ބުރާސްފަތި ދުވަހު ކޯޓުން އަމުރު ކުރި ނަމަވެސް، އެ އަމުރާ އެއް ގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.

ބޭރު ފައިސާގެ ދަތިކަމާ ހެދި އިގްތިސާދީ ކާރިސާއެއް ކުރިމަތިވެފައިވާ ސްރީލަންކާގެ ސިއްހީ މަސައްކަތްތެރިން ޑިމާންޑު ކުރަނީ އެލަވަންސް އިތުރުކޮށް، މުސާރައިގެ އޮނިގަނޑު ބަދަލުކޮށް، ޕްރޮމޯޝަން ލިބޭނެ ގޮތްތައް މަގުފަހި ކުރުމަށެވެ.

ނަމަވެސް ސަރުކާރުން ބުނީ ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތުގެ ސަބަބުން މުސާރަ ބޮޑު ކުރެވެން ނެތް ކަމަށެވެ. ސަރުކާރު ހޮސްޕިޓަލްތަކުގެ އެތައް ހާސް މުވައްޒަފުން ދަނީ އިހްތިޖާޖު ކުރަމުންނެވެ.

ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުން އިހްތިޖާޖު ނުކުރި ނަމަވެސް، އެމެރިކާގެ ކުންފުންޏަކަށް ތާމަލް ޕަވާ ޕްލާންޓެއް ވިއްކާލަން އުޅޭ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފައިވެ އެވެ.

އެ ދެ ދާއިރާގެ މުވައްޒަފުން އިހްތިޖާޖު ކުރުން މަނާކުރި ނަމަވެސް، ސިއްހީ މަސައްކަތްތެރިން ދަނީ އިހްތިޖާޖް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިއަދު މިއީ އިހްތިޖާޖު ކުރާތާ އަށް ވަނަ ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox