މިއަދުން ފެށިގެން ހައިކޯޓުގެ އަޑުއެހުންތަކަށް ފޯނާއި ލެޕްޓޮޕް ވެއްދޭނެ

ހައި ކޯޓް: އެ ކޯޓުގެ އަޑުއެހުންތަކަށް އިލެކްޓްރޯނިކް ސަމާނު ވެއްދުމުގެ ހުއްދަ ދީފި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހައި ކޯޓް: އެ ކޯޓުގެ އަޑުއެހުންތަކަށް އިލެކްޓްރޯނިކް ސަމާނު ވެއްދުމުގެ ހުއްދަ ދީފި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މިއަދުން ފެށިގެން ހައިކޯޓުގައި ކުރިއަށްދާ އަޑުއެހުންތަކަށް ފޯނާއި ލެޕްޓޮޕްގެ އިތުރުން ޓެބްލެޓް ވެއްދޭނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.

އިލެކްޓްރޯނިކް ވަސީލަތްތައް ޝަރީއަތް ކުރާ މަޖިލީހަށް ވެއްދުމުގެ ހުއްދަ ދިނީ މިއަދު އަމަލު ކުރަން ފެށި "ޝަރީއަތުގެ މަޖިލީހަށް އިލެކްޓްރޯނިކް އާލާތްތައް ވެއްދުމާ ބެހޭ އުސޫލު" ގެ ދަށުންނެވެ. އެ އުސޫލު ފާސް ކުރީ ޖެނުއަރީ 30، ގައި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފީ އަޑުއެހުންތަކަށް އިލެކްޓްރޯނިކް އާލާތްތައް ވެއްދުމުގެ ހުއްދަ ދީފައި ވަނީ ހަމައެކަނި މައްސަލައިގެ ހަސްމުންނަށެވެ. އެއީ އެ މައްސަލައަކު ހިމެނޭ ދެ ފަރަތަށެވެ. އަޑުއެހުމަށް ވަންނަ ފަރާތްތަކަށް އެފަދަ އެއްވެސް އެއްޗެއް ނުވެއްދޭނެ އެވެ. ނަމަވެސް އޭގެތެރެއިން ހަބީރުންނާ، ހެކިވެރިން އިސްތިސްނާ ވާނެ އެވެ.

މައްސަލަތައް ހުށަހެޅުމާއި ޖަވާބުދާރީވުމުގައި ފަސޭހަވާނެ މަގެއް ފަހިކޮށްދިނުމަށްޓަކައި އެ ހުއްދަ ދިން ނަމަވެސް، ޝަރީއަތުގެ އަޑު ނުވަތަ މަންޒަރު ރިކޯޑްކޮށް، ބްރޯޑްކާސްޓް ކުރުން އަދިވެސް މަނާވާނެ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގެ ނިޒާމް ގެއްލޭ ގޮތަށް އެފަދަ އާލާތްތައް ވައްދައިގެން އަމަލު ނުކުރުމަށް ވެސް އުސޫލުގައި އިރުޝާދު ދީފައިވެ އެވެ.

ޝަރީއަތުގެ ނިޒާމު ގެއްލޭ ފަދަ ކަމެއް ކޮށްފި ނަމަ، އެ އެއްޗެއް މަޖިލީހުން ނެރުމުގެ ބާރާއި ކުރިއަށް އޮތް އަޑުއެހުންތަކުގައި އެ މީހަކަށް އެފަދަ އިލެކްޓްރޯނިކް އާލާތްތައް ވެއްދުމުގެ ހުއްދަ ނުދިނުމުގެ އިހްތިޔާރު ވެސް ކޯޓަށް އުސޫލުގެ ދަށުން ލިބެ އެވެ. އަދި ޝަރީއަތުގެ ހުރުމަތް ކަނޑައިލި ކަމަށް ނިންމާ ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު ވެސް ފަނޑިޔާރަށް ލިބިގެންވެ އެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން އަތުންއަތަށް ބަދަލުކުރެވޭ ލިޔެކިޔުންތައް ވީހާ ވެސް މަދުކުރުމަށްޓަކައި ސެޕްޓެމްބަރު 7، 2020 އިން ފެށިގެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކަށް ވެސް ސްމާޓް ވަސީލަތްތައް ވެއްދުމުގެ ހުއްދަ ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox