އިންޓަ އެއްވަރުވެ، މިލާނަށް އެއްވަނަ އަށް އެރުމުގެ ފުރުސަތު

Feb 13, 2022, 5:22 AM
އިންޓަ އެއްވަރުވެ، މިލާނަށް އެއްވަނަ އަށް އެރުމުގެ ފުރުސަތު

މިލާން (ފެބްރުއަރީ 13) - އިޓާލިއަން ލީގުގައި ރޭ ނަޕޯލީ އާއި އިންޓަ މިލާން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، އޭސީ މިލާނަށް ތާވަލްގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗުގެ ހަތް ވަނަ މިނިޓުގައި ނަޕޯލީ އިން ލީޑު ނެގީ ލޮރޮންޒޯ އިންސިންޔޭ ކާމިޔާބުކުރި ޕެނަލްޓީ އަކުންނެވެ. މިއީ އިންޓަގެ އޭރިއާތެރެއިން ނަޕޯލީގެ ފޯވާޑް ވިކްޓަ އޮސިމްހެއިން އަށް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ. ނަޕޯލީ އަށް ލީޑުފުޅާކޮށްދޭން ޕިއޮޓްރޭ ޒިއެލިންސްކީ ޖެހި ބޯޅައެއް ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު، އިންޓަ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފޯވަޑް އެޑިން ޖެކޯ ޖެހި ލަނޑުންނެވެ. ނަޕޯލީ އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް އެ ޓީމުގެ ޑިފެންޑަރުންނަށް ސަލާމަތްނުކުރެވި ޖެކޯ އަށް ލިބުމުން އޭނާ ވަނީ ހަނި އޭންގަލުން ގޯލުގެ ހުރަސްދަނޑީގައި ޖައްސާފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މި މެޗުގެ ނަތީޖާއާ އެކު، އެންމެ ފަހުގެ ޗެމްޕިއަން އިންޓާ ތާވަލްގެ އެއް ވަނައިގައި އޮތީ އެއް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އިންޓަ ތާވަލްގެ އެއް ވަނައިގައި 54 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި 53 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. މިލާން ތިންވަނައިގައި އޮތީ 52 ޕޮއިންޓާ އެކު އެވެ.

ލީގުގައި މިއަދު ސަމްޕްޑޯރިއާއާ ދެކޮޅަށް ކުޅޭ މެޗުން މިލާން މޮޅުވެއްޖެނަމަ، އެއް ޕޮއިންޓްގެ ލީޑަކާއެކު، އެ ޓީމު ތާވަލްގެ އެއް ވަނަ އަށް ޖެހިލާނެ އެވެ.

މެޗަށް ފަހު އިންޓަ މިލާންގެ އެސިސްޓަންޓް ކޯޗު މަސިމިިލިއާނޯ ފަރިސް ބުނީ މެޗުން މޮޅުނުވެވުމަކީ އިންޓަ އަށް ލިބުނު ދެރައެއް ކަމަށެވެ.

"މެޗުގެ ފަހުކޮޅަށް ދިޔައިރު، ނަޕޯލީ އަށްވުރެ ރަނގަޅަށް އޮތީ އިންޓަ. އެހެންވެ މި މެޗުން މޮޅުނުވެވުމަކީ އަހަރެމެންނަށް ލިބުނު ދެރައެއް،" އިންޓަގެ ކޯޗު ސިމޯނޭ އިންޒާގީ ސަސްޕެންޝަންގައި ހުރުމުން، މި މެޗުގައި ޓީމަށް އިރުޝާދު ދިން ފަރިސް ބުންޏެވެ.

އިޓާލިއަން ލީގުގައި އިއްޔެ ބޮލޯންޔުާ އަތުން ލާޒިއޯ ވަނީ 3-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ލާޒިއޯގެ މަޓިއާ ޒަކަގްނީ ދެ ލަނޑުޖެހިއިރު، ޗީރޯ އިމޯބިލޭ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ. -- އޭއެފްޕީ

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox