ކެނެޑާގެ މުޒާހަރާ ކޮޕީކޮށް ނެދަލޭންޑްސްގައި ވެސް މަގުތައް ބަންދުކޮށްފި

ނެދަލޭންޑްސްގެ ދަ ހޭގްގެ މަގުތައް ބަންދު ކުރީ ކޮވިޑް ފިޔަވަޅުތަކާ ދެކޮޅު މީހުން. -- ފޮޓޯ: އޭއެފްޕީ

ނެދަލޭންޑްސްގެ ދަ ހޭގްގެ މަގުތައް ބަންދު ކުރީ ކޮވިޑް ފިޔަވަޅުތަކާ ދެކޮޅު މީހުން. -- ފޮޓޯ: އޭއެފްޕީ

ދަ ހޭގް، ނެދަލޭންޑްސް (ފެބްރުއަރީ 12) - ކެނެޑާގައި ކުރަމުންދާ "ފްރީޑަމް ކޮންވޯއި" މުޒާހަރާ ކޮޕީކޮށް، ނެދަލޭންޑްސްގެ ދަ ހޭގްގެ މައި މަގުތައް ވެސް ބަންދުކޮށްފި އެވެ.

ކެނެޑާގެ ވެރިރަށް އޮޓާވާގެ މަގުތައް ބަންދު ކުރީ ކޮވިޑް ފިޔަވަޅުތަކާ ދެކޮޅަށް ޓްރަކް ދުއްވާ މީހުންނެވެ. އެ މީހުންގެ އުޅަނދުތައް މަގުމަތީގައި ޕާކްކޮށް، މަގުތަކުން ނުގޮސް ތިބުމުން ސިޓީ ވަނީ ހުއްޓިފަ އެވެ.

އެ މުޒާހަރާ ނަމޫނާއަކަށް ބަލައި، ނެދަލޭންޑްސް ސަރުކާރުގެ މައި އޮފީސް ހުންނަ ސަރަހައްދަށް ދެވެން ހުރި ހުރިހާ މަގުތައް ވަނީ ބަންދުކޮށްފަ އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ޓްރަކުތަކާއި ކާރުތަކާއި ޓްރެކްޓަރުތަކުގައި މަގުމައްޗަށް ނުކުމެ ޕާކުކޮށްފައިވާ އިރު، އެތައް ސަތޭކަ އުޅަނދެއް ބައިވެރިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ ސަރަހައްދު ދޫކޮށް ދާން ފުލުހުން އިންޒާރު ދިން ނަމަވެސް، ގިނަ ބަޔަކު ތިބީ މަޑުކޮށްގެންނެވެ. މުޒާހަރާ އިންތިޒާމް ކުރި ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑްގެ ހުރިހާ ފިޔަވަޅެއް އުވާ ނުލަނީސް އެނބުރި ނުދާނެ ކަމަށެވެ.

ކެނެޑާގެ "ފްރީޑަމް ކޮންވޯއި" ކޮޕީކޮށް ނިއުޒީލޭންޑާއި ފްރާންސްގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. ނިއުޒީލޭންޑުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. އަދި ފްރާންސްގައި ފުލުހުން މުޒާހަރާ ރޫޅާލަން ބާރުގެ ބޭނުންކޮށް، ގިނަ ބަޔަކު ޖޫރިމަނާކޮށްފައިވެ އެވެ.

އެފަދަ މުޒާހަރާއެއް ނެދަލޭންޑްސްގައި ފަށާފައިވާ އިރު، މީގެ ކުރިން ވެސް އެ ގައުމުގައި ކޮވިޑްގެ ފިޔަވަޅުތަކާ ދެކޮޅަށް މުޒާހަރާކޮށްފައިވެ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި ނޮވެމްބަރު މަހު ބޭއްވި އެއްވުންތަކުގައި ބޮޑެތި ހަމަނުޖެހުން ހިނގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox