މަސްތުވާތަކެއްޗާއެކު ސްރީ ލަންކާގައި ހައްޔަރުކުރި ދިވެއްސަކުު އުމުރަށް ޖަލަށްލުމަށް އެގައުމުގެ ވެރިރަށް ކޮލަމްބޯގެ ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ޖަލަށްލުމަށް ހުކުމް ކުރި މީހާގެ ނަން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ލަންކާގެ "ނިއުސް ފަސްޓު" ނޫހުގައި ބުނީ އެއީ މީގެ ހަ އަހަރު ކުރިން ގެ ހަ އަހަރު ކުރިން އޭޕްރިލް 22، 2016 ގައި ކޮލޮމްބޯއިން ހައްޔަރު ކުރި ދިވެއްސެއް ކަމަށެވެ.
ހައްޔަރު ކުރި ވަގުތު އޭނާގެ އަތުގައި 265 ގްރާމުގެ ހެރޮއިން ފެނުނެވެ. އޭނާ ހައްޔަރު ކުރީ އިތުރު ދިވެއްސަކާއެކު އެވެ. ހައްޔަރު ކުރީ ކޮލޮމްބޯ އެއާޕޯޓުގެ ބޭރުންނެވެ. އެއިރު ސްރީ ލަންކާގެ ފުލުހުން ބުނެފައި ވަނީ އެ ގައުމުގެ ބަމްބަލަޕިޓިޔާއިން ހައްޔަރުކުރީ އުމުރުން 28 އަހަރާއި 30 އަހަރުގެ ދިވެހި ފިރިހެނަކާއި އަންހެނެއް ކަމަށެވެ.
އެ ދެ މީހުން ހައްޔަރު ކުރުމަށްފަހު ލަންކާ ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމުން އިތުރު ދެ ދިވެއްސަކާއި ލަންކާ ދެ މީހުން ވެސް ހައްޔަރު ކުރި އެވެ. ލަންކާ ފުލުހުން ބުނެފައި ވަނީ އެއީ މަސްތުވާތަކެތި ވިއްކާ ބޮޑު ނެޓުވޯކެއްގައި ހިމެނޭ ބައެއް ކަމަށެވެ.












